Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިތުރު ޒަކާތް ބެހުން

ފިތުރު ޒަކާތް ބަހަމުން ގެންދަނީ މި ހާލަތަށް ރިޢާޔަތްކޮށެއް ނޫން: އިސްލާމިކް މިނިސްޓަރ

ޒަކާރުގެ ގޮތުގައި 6 މިލިއަނެއްހާ ރުފިޔާ ލިބިފައިވޭ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 22 މެއި 2020 | ހުކުރު 20:19
ފާިތުވި އަހަރެއްގައި ޒަކާތް ބެހުން ކުރިއަށް ދަނީ

ފާިތުވި އަހަރެއްގައި ޒަކާތް ބެހުން ކުރިއަށް ދަނީ

ފިތުރު ޒަކާތް ބެހުމަށްޓަކައި ފަޤީރުންގެ ލިސްޓު ތައްޔާރު ކޮށްފައިވާނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ދިމާވެފައިވާ ޙާލަތަށް ރިޢާޔަތްކޮށް ނޫން ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ޓީވީން ގެނެސްދިން ޚާއްޞަ ކަވަރޭޖަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ފިޠުރު ޒަކާތް ބަހަމުން ގެންދަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ތައްޔާރު ކޮށްފައިވާ ލިސްޓަކަށް ރިޢާޔަތްކޮށް ކަމަށެވެ.

Advertisement - newsAdvertisement

ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ މި ޙާލަތަށް ރިޢާޔަތްކޮށް ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ދަނީ ސަރުކާރުގެ އެހެނިހެން މުއައްސަސާ ތަކާއި ގުޅިގެން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ މި އަހަރުގެ ފިޠުރު ޒަކާތް ދެއްކުމުގެ އިންތިޒާމުތައް ހަމަޖައްސާފައި ވާނީ ބޭންކުތައް މެދުވެރިކޮށާއި، ދިރާގާއި، އުރީދޫ މެދުވެރިކޮށް އެސްއެމްއެސްގެ ޒަރީއާއިން ކަމަށެވެ. މާލޭ ޞަރަޙައްދުގައި ފަޤީރުންގެ ގޮތުގައި ނަން ނޯޓުކޮށްފައިވާ ފަރާތްތަކުގެ އެކައުންޓްތައް ވެރިފައިކޮށް އެ އެކައުންޓްތަކަށް ފައިސާ ޖަމާކޮށް ދީފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އަދި އެކައުންޓްތައް ވެރިފައި ނުވާ ފަރާތްތަކުގެ ފައިސާ ޙަވާލު ކުރުންވެސް ހުކުރު ދުވަހުގެ ރެއާއި ހަމައަށް ބޮޑުބައެއް ނިންމާލެވި ފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އަތޮޅު ތެރޭގައި ތިބި ޒަކާތް ޙައްޤުވާ ފަރާތްތަކުގެ ބޭންކް އެކަންއުންޓްތައް ހޯދާ އެ ފައިސާ ރައްދު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ މި އަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި 6 މިލިއަނެއްހާ ރުފިޔާ ލިބިފައިވާ ކަމަށާއި އެފައިސާ ޙައްޤުވާ ފަރާތްތަކަށް ޢީދު ނަމާދުގެ ކުރިން އެއްކޮށް ބަހާ ނިންމާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

06 ޖޫން 2017

ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހާއި ހަމައަށް 15000 މީހުން ޒަކާތް ދައްކައިފި

06 ޖޫން 2017
ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހާއި ހަމައަށް 15000 މީހުން ޒަކާތް ދައްކައިފި
30 މެއި 2017

ތައުލީމީ ނިޒާމުން ފެނިގެންދަނީ ތަފާތުކުރުން، އެކަމުގެ އަސަރު ހިތިވާނެ: މުސްތަފާ

30 މެއި 2017
ތައުލީމީ ނިޒާމުން ފެނިގެންދަނީ ތަފާތުކުރުން، އެކަމުގެ އަސަރު ހިތިވާނެ: މުސްތަފާ
29 މެއި 2017

ފުރަތަމަ ދުވަހު ޒަކާތް ދެއްކީ 1300 މީހުން: އިސްލާމިކް މިނިސްޓްރީ

29 މެއި 2017
 ފުރަތަމަ ދުވަހު ޒަކާތް ދެއްކީ 1300 މީހުން: އިސްލާމިކް މިނިސްޓްރީ
29 މެއި 2017

މިއަހަރު ފިތުރު ޒަކާތް ބަލައިގަތުމުގެ ކަންކަން ކުރިއަށް ގެންދެވޭކަށް ނެތް: އައްޑޫ ސިޓީ ކައުންސިލް

29 މެއި 2017
މިއަހަރު ފިތުރު ޒަކާތް ބަލައިގަތުމުގެ ކަންކަން ކުރިއަށް ގެންދެވޭކަށް ނެތް: އައްޑޫ ސިޓީ ކައުންސިލް
28 މެއި 2017

ފިތުރު ޒަކާތް ބަލާއިފަތުން ފަށައިފި

28 މެއި 2017
ފިތުރު ޒަކާތް ބަލާއިފަތުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު