Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސްގެ މުސާރައަށް ބަދަލުގެނައުން

ރައީސްގެ މުސާރައަށް ބަދަލުގެނައުމަށް ގާނޫނު އިސްލާހު ނުކުރީ ވަގުތީކަމަކަށް ވާތީ: ނާޝިޒް

21 މެއި 2020 | ބުރާސްފަތި 22:08

ރައިސުލްޖުމްހޫރިއްޔާގެ މުސާރަ ވަނީ އެއް ލައްކަ ރުފިޔާއިން 65000 ރުފިޔާއަށް ކުޑަކުރުމަށް ނިންމިފަ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 21 މެއި 2020 | ބުރާސްފަތި 22:08
މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރުކަން ކުރައްވާ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް: ކޮމެޓީ ބައްދަލުވުމެއްގައި

މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރުކަން ކުރައްވާ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް: ކޮމެޓީ ބައްދަލުވުމެއްގައި

ކޮވިޑް-19 އާއި ގުޅިގެން، ދައުލަތުގެ ޚަރަދުކުޑަކުރުމުގެ ގޮތުން ރައިސުލްޖުމްހޫރިއްޔާގެ މަހު މުސާރަ އިން %35 ކުޑަ ކުރުމަށް ގާނޫނަށް އިސްލާހު ނުގެނައީ، ވަގުތީ ބަދަލަކަށް ވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒް ވިދާޅުވެއްޖެ އެވެ.

ރައީސާއި ނައިބު ރައީސްގެ މުސާރަ ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމުގެ ސައްހަކަމާ މެދު ގިނަ ބަޔަކު ސުވާލުއުފައްދަމުންދާއިރު، ރާއްޖެއެމްވީ އިން ސުވާލުކުރުމުން ނާޝިޒް ވިދާޅުވީ މުސާރައަށް ގެނެވުނީ ވަގުތީ ބަދަލެއް ކަމަށެވެ.

Advertisement - newsAdvertisement

މި ނިންމެވުމަކީ ރައްޔިތުންގެ މަޖިލީހުގެ ކައުންސެލަރ ޖެނެރަލް، ފާތިމަތު ފިލްޒާ، ގެ ލަފައަކަށް އެދުމުން، ދެއްވި ލަފާގެ މަތިން ނިންމެވި ނިންމެވުމެއް ކަމަށް ނާޝިޒް ވިދާޅުވި އެވެ. ކައުންސެލަރ ޖެނެރަލް ލަފާދެއްވީ ގާނޫނު އިސްލާހުކުރަން ނުޖެހޭނެކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ރައީސާއި ނައިބު ރައީސާއި މަޖިލީހުގެ މެމްބަރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ ތިން މަހަށް ކުޑަކުރަން މަޖިލީހުން ފާސްކޮށްފައިވާއިރު، ނާޝިޒް ވިދާޅުވީ ގާނޫނެއްގައި މުސާރަ ކަނޑައަޅާފައިވާ ފަރާތްތަކުގެ މުސާރަ ފިޔަވާ އެހެން ހުރިހާ ފަރާތްތަކެއްގެ މުސާރަ އަށް 'އޮޓޮމެޓިކުން' ބަދަލު އަންނާނެ ކަމަށެވެ.

ރައީސް އަދި ނައިބު ރައީސްގެ މުސާރަ ގާނޫނަކުން ކަނޑައަޅާފައި އޮތް ނަމަވެސް، މުސާރައަށް ބަދަލު ގެނައުމަށް ފިނޭންސް މިނިސްޓަރ މަޖިލީހަށް ހުށަހެޅުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމުގެ މަތިންނެވެ. ރައީސް އެކަމަށް އިއުތިރާޒް ނުކުރައްވާނަމަ، ގާނޫނަށް ބަދަލު ގެންނަން ނުޖެހޭނެ އެވެ. ނާޝިޒް ވިދާޅުވީ އެ ގާނޫނަށް ބަދަލު ގެންނަން ޖެހޭނަމަ، އެ އިސްލާހު ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މެމްބަރެއްގެ ސްޕޮންސަރޝިޕްގެ ދަށުން މަޖިލީހަށް ހުށަހަޅުއްވަން ޖެހޭނެ ކަމަށެވެ.

މެއި މަހުގެ މުސާރަ ކުޑަކުރަން ހުށައެޅުއްވީ، މެއި މަހުގައި ކަން ފާހަގަކުރައްވާ ނާޝިޒް ވަނީ އެއީ އެންމެ ރަނގަޅުގޮތް ނޫން ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން އޮގަސްޓް މަހުގެ މުސާރައަށް ބަދަލުގެންނަން ޖެހޭނަމަ، އަންނަ މަހުން ފެށިގެން ކޮމެޓީން އެކަން ދިރާސާ ކުރަން ފަށާނެ ކަމަށެވެ.

ރައިސުލްޖުމްހޫރިއްޔާއާއި ރައިސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާއި ބެހޭ ޤާނޫނުގައި ބުނާގޮތުން ރައިސުލްޖުމްހޫރިއްޔާގެ މުސާރައަކީ އެއްލައްކަ ރުފިޔާ އެވެ. އަދި ރައިސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައަކީ 75،000 ރުފިޔާ އެވެ.

މަޖިލީހުން ބުދަ ދުވަހު ފާސްކުރި މާލިއްޔަތު ކޮމެޓީ ރިޕޯޓުގައި ވަނީ ރައިސުލްޖުމްހޫރިއްޔާގެ މުސާރަ 100،000ރ. އިން 65،000ރ. އަށް ކުޑަކުރުމަށެވެ. އަދި ރައިސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ 75,000ރ. އިން 48,750 ރުފިޔާއަށް ކުޑަކުރުމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
07 ފެބުރުއަރީ 2017

ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

07 ފެބުރުއަރީ 2017
ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް