Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19: ރާއްޖެ

ލޮކްޑައުން އިން ނުކުންނަ ވަގުތަކީ ވަރަށްބޮޑަށް ސަމާލުވާންޖެހޭ ވަގުތެއް!

21 މެއި 2020 | ބުރާސްފަތި 19:46

ސަރުކާރުން ދޭ ލުއިތަކާއި އެކުގައި ވައިރަސްގެ ބިރުވެރިކަން ކެނޑިގެން ދިޔަކަށް ދެކިގެން ނުވާނެ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 21 މެއި 2020 | ބުރާސްފަތި 19:46
މާލޭ މަގުމަތި ލޮކްޑައުން އާ ގުޅިގެން ފެންނަނީ ވަރަށް ހަމަ ހިމޭން ކޮށް

މާލޭ މަގުމަތި ލޮކްޑައުން އާ ގުޅިގެން ފެންނަނީ ވަރަށް ހަމަ ހިމޭން ކޮށް

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން ގްރޭޓާ މާލެ ސަރަހައްދު އިއުލާން ކޮށްފައިވާ ލޮކްޑައުން އުވާލާ ވަގުތަކީ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ވަގުތެއް ކަމަށް ނެޝަނަލް އިމްޖެންސީ އޮޕަރޭޝަން ސެންޓަރ ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ލޮކްޑައުން އިން ނުކުތުމަށްފަހު އަނބުރާ ލޮކްޑައުންއަށް ގޮސްފައި ހުރި ޤައުތައް މަދު ނޫން ކަމަށެވެ. އަދި އެހެން އެކަން ދިމާވަނީ އިޖުތިމާއީ ގައިދުރުކުރުމާއި، ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އަމަލު ކުރެވުން މަދު ވުމުން ކަމަށެވެ.

Advertisement - newsAdvertisement

ސަރުކާރުން ދޭ ލުއިތަކާއި އެކުގައި ވައިރަސްގެ ބިރުވެރިކަން ކެނޑިގެން ދިޔަކަށް ދެކިގެން ނުވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދިވެސް އޮޕަރޭޓް ކުރަން ވާނީ މި ވައިރަސް އަކީ ރާއްޖޭގައި އުޅޭ ވައިރަސްއެއްކަން ދެނެ ތިބެގެން ކަމަށާއި އަދި އެކަމަށް ސަމާލުވެ މަސައްކަތް ނުކުރެވިއްޖެ ނަމަ ވައިރަސް ޖެހޭ މިންވަރުން ޖެހެމުންދާނެ ކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ.

މަބްރޫކް ވިދާޅުވީ ލޮކްޑައުން އަށް ތައްޔާރު ވުމަށްޓަކައި މިވަގުތު ގޭގައި ތިއްބަވައިގެން މާސްކު ފެހުމަށް މިއީ ރަނގަޅު ވަގުތެއް ކަމަށެވެ. އަދި އާއިލާގެ މީހުންނަށާއި އަވަށްޓެރިންނަށް މާސްކު ހަދިޔާ ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ. ކޮންމެ މީހެއްގެ އަތުގައި ވެސް އެއްމާސްކަށް ވުރެ ގިނަ މާސްކް އޮންނަންޖޭހޭނެ ކަމަށާއި ކޮންމެ ދުވަހަކުވެސް މާސްކު ބޭނުން ކުރުމަށްފަހު ދޮންނަން ޖެހޭނެ ކަމަށެވެ.

އަމިއްލަ ވިޔަފާރިތަކުންވެސް މިކަމަށް ތައްޔާރުވުގެ ގޮތުން ކުރިއަށް އޮތް ދުވަސް ތަކުގައިވެސް "ވޯރކް ފްރޮމް ހޯމް" ވީހާވެސް ބޮޑަކަށް ހެދޭތޯ މަސައްކަތް ކުރަންވާނެ ކަމަށެވެ. އެއީ އެންމެން އެކުގައި އެއް އޮފީހެއްގައި މަސައްކަތް ކުރަން ޖެހުމުން ވައިރަސް ފެތުރުމުގެ ޖާގަ ބެޑުވެދާނެތީ ކަމަށެވެ. ވީހާވެސް ބޮޑަށް ގޭގައި މަސައްކަތް ކުރުމުގެ އިންތިޒާމް ރޭވުމާއި އޮފީހުގައި ވެސް ގިނަ ޝިފްޓް ތަކަކަށް ބަހާލައިގެން އެކިމީހުން އެކި ގަޑީގައި އޮހީހަށް ގޮސް ގައިދުރުކޮށް މަސައްކަތް ކުރެވޭމނެ ގޮތް ރާވަން ޖެހޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އޮފީހަށް ދާއިރު މާސްކް އެޅުމާއި ސެނިޓައިޒާ ބޭނުން ކުރުމާއި އަދި ފާޚާނަ ފަދަ ތަންތަން ޑިސްއިންފެކްޓް ކުރުމުން މިހިއްމު ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

އަދި ގެއިން ބޭރަށް ނުކުންނައިރު "ޓްރޭސް އެކީ" އެޕްލިކެޝަން ފޯނަށް އަޅާ ބްލޫޓޫތް އޮންކޮށް ފޯން ހިފައިގެން އުޅުމުން އެކަމުގެ ސަބަބުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތަކަށް އިންތިހާއަށް ފަސޭހަވެގެންދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ފިހާރަތަކުންވެސް ކަސްޓަމަރުންނާއި ފިހާރައިގެ މުވައްޒފުންގެ ރައްކައުތެރި ކަމަށްޓަކައި އެފިހާރައަކަށް އެއްފަހަރާ ވައްދާނެ ކަސްޓަމަރުންގެ އަދަދު ކަނޑައަޅަން ޖެހޭ ކަމަށެވެ. ފިހާރައިގައި ތިބޭ މުވައްޒފުންނާއި ކަސްޓަމަުރުންވެސް ތިބެން ޖެހޭނީ މާސްކް އަޅއިގެން ކަމަށާއި ސެނިޓައިޒާ ބޭނުން ކުރުން މުހިއްމު ކަމަށާއި ނޫޓް ފައިސާ ގެންގުޅުން މަދުކޮށް ވީހާވެސް ގިނައިން ކާޑު ބޭނުން ކުރުން މުހިއްމު ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެންމެ ރަނގަޅު ގޮތަކީ ޑިޖިޓަލް ކާޑު ބޭނުން ކުރުން ނުވަތަ އޮންލައިންކޮށް ޓްރާސްސެކްޝަން ހެދުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އަދި ކޮންމެ ފިހާރައެއްވެސް ޑިސްއިންފެކްޓް ކުރުމުގެ ރޫޓިންއެއް ހަދަން ޖެހޭނެ ކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ.

މަބްރޫކް ވިދާޅުވީ އަމިއްލަ މައިކްރޯ ކްލަސްޓަރ އުފެއްދުމަކީ މުހިއްމު ކަމެއް ކަމަށާއި އެގޮތުން ލޮކްޑައުން ނިމުމުން ދިމާވާނެ މީހުން ކަނޑައަޅާފައި ބެހެއްޓުމަކީ ވައިރަސް އިތުރުވުން ކޮންޓްރޯލް ކުރެވޭނެ ކަމެއް ކަމަށެވެ.

އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުނަށް އެހީތެރިވާ މީހުންގެ މައިކްރޯ ކްލަސްޓަރ ވަރަށް ކުޑަވާންވާނެ ކަމަށާއި އެމީހުން ބައްދަލުވާ މީހުން ތިން މީހުނަށްވުރެ އިތުރުވެގެން ނުވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ގޭގައި އައިސޮލޭޝަން ސްޓްރެޓަޖީއެއް ޤާއިމްކޮށްފއި އޮތުމަކީވެސް ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އާންމުން އެއްވެ އުޅޭ ތަންތަނަށް އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ބޭސްކުރާ މީހުން ނުކުތުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، މި ބަލި ރާއްޖެ އިން ފުހެވިގެން ދިޔައީ ނޫން ކަމަށާއި ގެއިން ބޭރަށް ނުކުންނަން ޖެހޭނީ ސްޓްރެޓަޖީއަކާއި އެކު މި ބަލިން މޮޅުވާނެ ގޮތް ކަނޑައަޅައިގެން ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2018

ސްޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އައްޑޫ ރައްޔިތުން މަގުމައްޗަށް ނުކުންނަނީ

15 ފެބުރުއަރީ 2018
ސްޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އައްޑޫ ރައްޔިތުން މަގުމައްޗަށް ނުކުންނަނީ
05 ނޮވެމްބަރު 2017

ސިޔާސީ ގޮތުން އަތުވެދާނެ ލޮޅުންތަކާމެދު ދިވެހި އަސްކަރިއްޔާ ސަމާލުވާންޖެހޭ: ޑިފެންސް މިނިސްޓަރ

05 ނޮވެމްބަރު 2017
ސިޔާސީ ގޮތުން އަތުވެދާނެ ލޮޅުންތަކާމެދު ދިވެހި އަސްކަރިއްޔާ ސަމާލުވާންޖެހޭ: ޑިފެންސް މިނިސްޓަރ
24 އޮކްޓޯބަރު 2017

މަޑުއްވަރީ ރައްޔިތުން ތިބީ މަޖިލީހުގައި ވަކާލާތު ކުރުމުގެ ފުރުޞަތު ނެތި، ރައްޔިތުން މުޒާހަރާއަށް ނުކުންނަވާ: ޝިފާޒް

24 އޮކްޓޯބަރު 2017
މަޑުއްވަރީ ރައްޔިތުން ތިބީ މަޖިލީހުގައި ވަކާލާތު ކުރުމުގެ ފުރުޞަތު ނެތި، ރައްޔިތުން މުޒާހަރާއަށް ނުކުންނަވާ: ޝިފާޒް
27 ސެޕްޓެމްބަރު 2017

އަނިޔާ ހުއްޓުވުމަކީ ފަރުދީ ޒިންމާއެއް، އަޑުއުފުލަން ނުކުންނަވާ:ޔުމްނާ

27 ސެޕްޓެމްބަރު 2017
އަނިޔާ ހުއްޓުވުމަކީ ފަރުދީ ޒިންމާއެއް، އަޑުއުފުލަން ނުކުންނަވާ:ޔުމްނާ
02 ސެޕްޓެމްބަރު 2017

އަދީބުގެ ބަލި ސީރިއަސް، ސަރުކާރުން ސަމާލުވާންޖެހޭ: އަމީތު

02 ސެޕްޓެމްބަރު 2017
އަދީބުގެ ބަލި ސީރިއަސް، ސަރުކާރުން ސަމާލުވާންޖެހޭ: އަމީތު
17 ޖުލައި 2017

ޤާނޫން އަސާސީގެ ދިފާއުގައި ނުކުންނަންވީ ވަގުތު ޖެހިއްޖެ: ޑރ. މަޖީދު

17 ޖުލައި 2017
ޤާނޫން އަސާސީގެ ދިފާއުގައި ނުކުންނަންވީ ވަގުތު ޖެހިއްޖެ: ޑރ. މަޖީދު
22 ޖޫން 2017

މީހުން މަރަން އުޅުމަކީ ބޮޑު ކުށެއް، އެފަދަ ކުށްވެރިންނާއިމެދު ސަމާލުވާންޖެހޭ: ޑރ. ޖަމީލް

22 ޖޫން 2017
މީހުން މަރަން އުޅުމަކީ ބޮޑު ކުށެއް، އެފަދަ ކުށްވެރިންނާއިމެދު ސަމާލުވާންޖެހޭ: ޑރ. ޖަމީލް
13 އެޕްރީލު 2017

ރާއްޖެ ޓީވީގެ ދިފާއުގައި އެންމެން ނުކުންނަންޖެހޭ: އަހުމަދު ތައުފީގު

13 އެޕްރީލު 2017
ރާއްޖެ ޓީވީގެ ދިފާއުގައި އެންމެން ނުކުންނަންޖެހޭ: އަހުމަދު ތައުފީގު
26 ފެބުރުއަރީ 2017

ފ އަތޮޅަށް ހަދަން އުޅޭ ގޮތެއް ނޭނގޭތީ މުޒާހަރާއަށް ނުކުންނަނީ!

26 ފެބުރުއަރީ 2017
ފ އަތޮޅަށް ހަދަން އުޅޭ ގޮތެއް ނޭނގޭތީ މުޒާހަރާއަށް ނުކުންނަނީ!
08 ފެބުރުއަރީ 2017

އެމްޑީޕީގެ ސައިޒު ދައްކާލަން ވޯޓްލާން ނުކުންނަންޖެހޭ:ހަސަން ލަތީފް

08 ފެބުރުއަރީ 2017
އެމްޑީޕީގެ ސައިޒު ދައްކާލަން ވޯޓްލާން ނުކުންނަންޖެހޭ:ހަސަން ލަތީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް