Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޗިލްޑްރަންސް އޮމްބަޑްސްޕަރސަން ގެ މުސާރަ

ޗިލްޑްރެންސް އޮމްބަޑްސްޕަރސަންގެ މުސާރައަކީ 35،000ރ ކަމަށް ކޮމެޓީން ކަނޑައަޅައިފި

21 މެއި 2020 | ބުރާސްފަތި 07:38

މަސްއޫލިއްޔަތު: ދައުލަތުގެ އިދާރާތަކުން އަމަލުކުރާ މިންވަރު ދެނެގަނެ، އެ މުއާހަދާއާ އެއްގޮތަށް އަމަލުކުރާކަން ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަންކުރުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 21 މެއި 2020 | ބުރާސްފަތި 07:38
ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގަމުންދާ ކުޑަކުދިންގެ ހިޔާ: ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ހާއްސަ ގާނޫނުތަކެއް އެދިފައިވާއިރު ވެސް، އިހުމާލުގެ މައްސަލަތައް ގިނަވެ، ބޮޑެތި މައްސަލަތަކެއް މީ

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުުގެ ޤާނޫނުގެ 113 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމަށް ޢައްޔަނުކުރާ ބޭފުޅަކަށް މަހު މުސާރައިގެ ގޮތުގައި 35،000ރ ދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމައިފި އެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަން އަށް މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގެ މައްސަލަ ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމި ރިޕޯޓުގައިވާ ގޮތުން، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މުސާރަ އަކީ 25،000ރގެ އިތުރުން އެލަވަންސްގެ ގޮތުގައި 10،000ރ އާއެކު ޖުމުލަ 35،000ރ އެވެ.

Advertisement - newsAdvertisement

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަސްއޫލިއްޔަތުތައް:

* ދައުލަތުގެ އިދާރާތަކުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ޢަމަލުކުރާ މިންވަރު ދެނެގަނެ، މި ޤާނޫނު ތަންފީޒުކުރުމަށް، ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ބާރުއެޅުން.

* ކުޑަކުދިންގެ ޙައްޤުތަށް ރައްކާތެރިކުރުމާ ބެހޭ މުޢާހަދާއާ އެއްގޮތަށް ދައުލަތުގެ އިދާރާތަކުން ޢަމަލުކުރާ މިންވަރު ދެނެގަނެ، އެ މުޢާހަދާއާ އެއްގޮތަށް ޢަމަލުކުރާކަން ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަންކުރުން.

* ދިވެހިރާއްޖޭގެ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުން މޮނީޓަރކޮށް، އިވެލުއޭޓްކުރުން، އަދި

* ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުންގެ ޢަމަލުތައް ތަޙުޤީޤުކޮށް، މުޠާލިޢާކުރުން.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުުގެ ޤާނޫނުގެ 113 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމަށް ޢައްޔަނު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ، ސިޔާނަތު ހާޝިމް، ގދ. ތިނަދޫ ހިރިޔާ އަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީން ވަނީ ނިންމާފަ އެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމަށް ޢައްޔަނު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅު ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުއްވާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިންނެވެ.

އޮމްބަޑްސްޕަރސަންގެ މަޤާމަށް ސިޔާނަތުގެ ނަން ކޮމެޓީން ފާސްކުރި ރިޕޯޓާއި މަޤާމުގެ މުސާރަ ކަނޑައެޅި މާލިއްޔަތު ކޮމެޓީގެ ރިޕޯޓު ދެން ފޮނުވޭނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށެވެ. އަދި އެ ދެ ރިޕޯޓު މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރުމަށް ފަހު ފާސްކުރުމާ މެދު ގޮތެއް ނިންމާނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނަގާ ވޯޓުން ނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

23 އޯގަސްޓު 2017

އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަގާމަށް ނަސީރު އައްޔަން ކުރުމަށް ކޮމެޓީން ފާސްކޮށްފި

23 އޯގަސްޓު 2017
އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަގާމަށް ނަސީރު އައްޔަން ކުރުމަށް ކޮމެޓީން ފާސްކޮށްފި
02 އޯގަސްޓު 2017

ޕެޓިޝަން ކޮމެޓީން ފާރިސް މައުމޫން ވަކިކުރައްވައިފި

02 އޯގަސްޓު 2017
ޕެޓިޝަން ކޮމެޓީން ފާރިސް މައުމޫން ވަކިކުރައްވައިފި
03 ޖުލައި 2017

މާލިއްޔަތު ކޮމެޓީން މެމްބަރު ތޯރިގާއި ސިނާނު ބޭރުކޮށްލައިފި

03 ޖުލައި 2017
މާލިއްޔަތު ކޮމެޓީން މެމްބަރު ތޯރިގާއި ސިނާނު ބޭރުކޮށްލައިފި
09 ޖޫން 2017

އެލްޖީއޭގެ ބޯޑަށް އައްޔަން ކުރުމަށް ރައީސް ފޮނުއްވި ނަންތަކަށް ކޮމެޓީން ރުހުން ދީފި

09 ޖޫން 2017
އެލްޖީއޭގެ ބޯޑަށް އައްޔަން ކުރުމަށް ރައީސް ފޮނުއްވި ނަންތަކަށް ކޮމެޓީން ރުހުން ދީފި
09 ޖޫން 2017

ތައިލެންޑްގެ ސަފީރު ކަމަށް ކާނަލް ނަޝީދު އައްޔަންކުރުމަށް ކޮމެޓީން ރުހުން ދީފި

09 ޖޫން 2017
ތައިލެންޑްގެ ސަފީރު ކަމަށް ކާނަލް ނަޝީދު އައްޔަންކުރުމަށް ކޮމެޓީން ރުހުން ދީފި
11 އެޕްރީލު 2017

އެތައް އަހަރަކަށް ފަހު މާލިއްޔަތު ކޮމެޓީން ރިޔާޒް ރަޝީދު ވަކިކޮށްފި

11 އެޕްރީލު 2017
އެތައް އަހަރަކަށް ފަހު މާލިއްޔަތު ކޮމެޓީން ރިޔާޒް ރަޝީދު ވަކިކޮށްފި
02 މާރިޗު 2017

މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ

02 މާރިޗު 2017
މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ
27 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި އަދަދަށް ވުރެ ބޮޑުކޮށް ކޮމެޓީން ފާސްކޮށްފި

27 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި އަދަދަށް ވުރެ ބޮޑުކޮށް ކޮމެޓީން ފާސްކޮށްފި
14 ފެބުރުއަރީ 2017

ޝަމްއޫން ހަމީދު އަށް ކޮމެޓީން ރުހުމެއް ނުދިން!

14 ފެބުރުއަރީ 2017
ޝަމްއޫން ހަމީދު އަށް ކޮމެޓީން ރުހުމެއް ނުދިން!
12 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި

12 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް