Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުރީގެ ނައިބްރައީސް ޑރ ޖަމީލް

ކުރީގެ ނައިބްރައީސް ޖަމީލުގެ ބޮޑެތި ތުޙުމަތުތަކެއް މިނިސްޓަރ އަމީން އާއި މިނިސްޓަރ އަމީރަށް!

ސަރުކާރުގެ ހިޔާނާތުގައި އެންމެ އިސް ރޯލެއް އަދާކުރަނީ އެ ދެ ވަޒީރުންކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 މެއި 2020 | ބުދަ 20:14
ޑރ ޖަމީލް ވިދާޅުވީ، ސަރުކާރުގެ ތެރޭގައި ހިންގާ ކޮރަޕްޝަންގައި އެންމެ އިސްކޮށް އުޅުއްވަނީ މިނިސްޓަރ އަމީންއާއި މިނިސްޓަރ އަމީރު ކަމަށް

ޑރ ޖަމީލް ވިދާޅުވީ، ސަރުކާރުގެ ތެރޭގައި ހިންގާ ކޮރަޕްޝަންގައި އެންމެ އިސްކޮށް އުޅުއްވަނީ މިނިސްޓަރ އަމީންއާއި މިނިސްޓަރ އަމީރު ކަމަށް

ހެލްތް މިނިސްޓަރ އަބްދުﷲ އަމީން އާއި، ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުގެ މައްޗަށް ކުރީގެ ނައިބްރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ.

ރައީސް ޤައުމާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައި ބުދަ ދުވަހު ޑރ ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ ޤައުމު އަލުން ހުޅުވާލުމަށް މަސައްކަތް ކުރަމުންދާއިރު، ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންގެ ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެ ހިޔާނަތްތަކަށް ޖަވާބުދާރީ ކުރުވޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ" އިން ސުވާލުކޮށްލުމުން ޑރ ޖަމީލް ވިދާޅުވީ، ސަރުކާރުގެ ހިޔާނާތުގައި އެންމެ އިސް ރޯލެއް އަދާ ކުރަނީ ހެލްތް މިނިސްޓަރ އަބްދުﷲ އަމީންއާއި، ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ކަމަށެވެ. އަދި އެކަމުގައި ދައުލަތުގެ ވިޔަފާރި ކުންފުނި އެސްޓިއޯގެ ބޭނުން ހިފަމުންދާކަމަށްވެސް ޑރ ޖަމީލް ވަނީ ތުހުމަތު ކުރައްވާފައެވެ.

ޖަމީލް ވިދާޅުވީ، މި ހިޔާނަތްތައް ނިސްބަތުން އެމްއެމްޕީއާރްސީގެ ހިޔާނާތަށްވުރެވެސް ބޮޑު ކަމަށާއި، އައު ސަރުކާރެއް އައިސް މިނިވަން ތަހުޤީޤެއް ހިންގަން ފުރުސަތު ލިބިއްޖެނަމަ މި ތުހުމަތުތައް ސާބިތުވެސް ކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ.

މި ތުހުމަތުތަކާ ގުޅިގެން ރާއްޖެޓީވީން ދެންނެވި ސުވާލަކާ ގުޅިގެން ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ، ވަޒީރުން ކުރަމުންދާ މަސައްކަތްތަކަށް ފާރަވެރިވެ ޒިންމާދާރު ކުރުވުމުގެ ނިޔަތުގައި އެކަންކަމަށް ފާޑުކިއުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި މައްސަލައެއް އޮތް ނަމަ ޒިންމާދާރު ކުރެވޭނެ އެކިއެކި މުއައްސަސާތައް ހުރިކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ ހުރިހާވެސް އަމާޒެއް ހުރީ ރައްޔިތުން މި ބަލިމަޑުކަމުން ސަލާމަތް ކުރުމަށް ކަމަށެވެ.

މިކަމާ ގުޅިގެން ފިނޭންސް މިނިސްޓަރުގެ ބަހެއް ހޯދުމަށް ގުޅާލުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް
21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
20 ފެބުރުއަރީ 2017

ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި

20 ފެބުރުއަރީ 2017
ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު