Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީން އަދަބު ލުއިކުރުން

ހައްދު ޖެހުމުގެ އަދަބު ނުދޭގޮތައް ސައުދީ ސަރުކާރުން ނިންމައިފި

20 މެއި 2020 | ބުދަ 20:13

ހައްދު ޖެހުމުގެ ބަދަލުގައި ޖަލަށް ޙުކުމް ކުރުން ނުވަތަ ޖޫރިމަނާ ކުރެވިދާނެކަމަށް ނިންމާފައިވޭ

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 20 މެއި 2020 | ބުދަ 20:13
ސައުދީން ހައްދުގެ އަދަބު ދިނުން ހުއްޓާލުން:އިންސާނީ ޙައްޤުތަކުގެ ދާއިރާއިން އެޅި މުހިންމު ފިޔަވަޅެއް

ސައުދީން ހައްދުގެ އަދަބު ދިނުން ހުއްޓާލުން:އިންސާނީ ޙައްޤުތަކުގެ ދާއިރާއިން އެޅި މުހިންމު ފިޔަވަޅެއް

ތަޢުޒީރު ކުރުމުގެ އަދަބު ނުވަތަ ހައްދު ޖެހުން ޢަދަބެއްގެ ގޮތުގައި ދިނުން ހުއްޓާލަން ސަޢުދީ ސަރުކާރުން ނިންމައިފި އެވެ.

ސަޢުދީ ސަރުކާރުގެ މި ނިންމުން އެޤައުމުގެ ޢަދުލު އިންސާފާ ބެހޭ ވުޒާރާއިން ރަސްމީކޮށް އިޢުލާނު ކުރީ އަންގާރަ ދުވަހުގެ ވަގުތެއްގަ އެވެ. މިކަން ހާމަކުރައްވާ އެ ވުޒާރާއިން ޢާންމު ކުރެއްވި ބަޔާނުގައި ވަނީ ހައްދު ޖެހުމުގެ ޢަދަބުގެ ބަދަލުގައި ޖަލަށް ޙުކުމް ކުރުމާއެކު ޖޫރިމަނާ ކުރެވިދާނެ ކަމަށެވެ. އަދި މި ދެ ޢަދަބު ވަކި ވަކިންވެސް ދެވިދާނެ ކަަމަށެވެ.

އަދި ހައްދުގެ ޢަދަބު ދޭންޖެހޭ ކުށްތަކަށް ބަދަލުގައި އެހެން އަދަބެއް ކަނޑައަޅާއިރު، އެކުރި ކުށަކަށް ރިޢާޔަތްކޮށް، ހައްޤު އަދަބު ދޭން ކޯޓުތަކުން ޙިކުމަތްތެރިކަމާއި އިންސާފުވެރިކަމާއެކު ޝަރީޢަތް ނިންމަން ޖެހޭނަކަމަށް ބަޔާނުގައި ވެއެވެ. އެ ވުޒާރާގެ ޓްވިޓަރގައިވެސް މިކަން ވަނީ ރަސްމީ ކޮށް އިޢުލާނު ކުރައްވާފަ އެވެ.

ސަޢުދީ ޢަރަބިއްޔާގެ ޢަދުލު އިންސާފާ ބެހޭ ވަޒީރު ވަލީދު އަލް-ސަމާނީ ވިދާޅުވީ ސަރުކާރުގެ މި ނިންމުން، ކަމާއި ގުޅުން ހުރި ހުރިހައި އިދާރާއަކަށް ސަރކިއުލަރ އަކުން އަންގަވާފައި ވާނެކަމަށެވެ. އަދި ވިދާޅުވީ، ހައްދު ޖެހުން ޤާނޫނީ ގޮތުން މަނާ ކުރި ނަމަވެސް ކީރިތި ޤުރުއާނާއި ރަސޫލާގެ ޙަދީޘާއި އިސްލާމީ ޝަރުޢީ ޤާނޫނުތަކުގައި 'ހައްދު ގެ އަދަބު' ދޭން ކަނޑައަޅާފައިވާ ކުށްތައް މީގެއިން އިސްތިޘްނާވާނެ ކަމަށެވެ.

ސަޢުދީ ސަރުކާރުގެ މި ނިންމެވުމަށް އެޤައުމުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ މަރުޙަބާ ކިޔާފަ އެވެ. މިއީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް-ޢަޒީޒާއި ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާނުގެ ޙިކުމަތްތެރި ސިޔާސަތުގެ ދަށުން އިންސާނީ ޙައްޤުތަކުގެ ދާއިރާއިން އެޅުއްވި އިޞްލާޙީ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެކޮމިޝަނުން ބަޔާންކޮށްފައި ވެއެވެ.

އެ ކޮމިޝަނުގެ ރައީސް، އައްވާދު އަލް-އައްވާދު ވިދާޅުވެފައި ވަނީ، މިއީ ސަޢުދީ ޢަރަބިއްޔާގެ އިންސާނީ ޙައްޤުތަކުގެ އެޖެންޑާއަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ އެޤައުމުގެ ރަސްކަމުގެ ދަރުބާރުން ރައްޔިތުންނަށް ފާގަތި ދުޅަހެޔޮ ޙަޔާތެއް ބިނާކޮށް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ގިނަ ބަޔަކަށް މީގެ މަންފާ ސީދާގޮތުންނާއި، ނުސީދާގޮތުން ލިބޭނެ ފިޔަވަޅެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

ސަޢުދީ ސަރުކާރުން އެޤައުމުގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ރަނގަޅުކޮށް، ބައިނަލްއަޤުވާމީ މައިދާނުގައި މިދާއިރާއިން ކުރިއެރުން ހޯދަން މަސައްކަތްކުރަމުން ދާއިރު، ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ރަސްގެފާނު ސަލްމާން ޢަބްދުލް ޢަޒީޒު ވަނީ، އިންސާނީ ޙައްޤުތަކުގެ ދާއިރާއިން 70 އިޞްލާޙެއް ގެންނަވާފަ އެވެ. މީގެ ތެރޭގައި އެ ޤައުމުގެ ޤާނޫނުލް އުޤޫބާތު އިޞްލާޙު ކުރެއްވުމާއި، ހަރުކަށި އަދަބުތައް ލުއި ކުރެއްވުމާއި، އިންސާނީ ޙައްޤުތަކުގެ ނަޒަރިއްޔާތުން ބަލާއިރު، އިންސާނީ ކަރާމާތް ގެއްލޭގޮތައް ހުރި އެޤައުމުގައި ޢަމަލު ކުރަމުން އައި ޤާނޫނުތައް އިޞްލާޙު ކުރެއްވުމުގެ މަސައްކަތް ހިމެނެ އެވެ.

ސަޢުދީ ސަރުކާރުން ހައްދު ޖެހުމުގެ ޙުކުމް ތަންފީޒު ކުރުން ހުއްޓާލިކަން އިޢުލާނުކޮށްފައި މިވަނީ އެޤައުމުގައި އުމުރުން އަށާރަ އަހަރުން ދަށުގެ ކުދިންނަށް މަރުގެ އަދަބު ދިނުން ހުއްޓާލިތާ ހަފުތާއެއް ފަހުންނެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
21 ފެބުރުއަރީ 2017

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
13 ފެބުރުއަރީ 2017

ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި

13 ފެބުރުއަރީ 2017
ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި
11 ފެބުރުއަރީ 2017

ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ

11 ފެބުރުއަރީ 2017
ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ
10 ފެބުރުއަރީ 2017

ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

10 ފެބުރުއަރީ 2017
ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
30 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް