Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިސްލާމިކް މިނިސްޓްރީ

ޒަކާތު ފައިސާ ޚަރަދުކުރުމާއި ގުޅޭ ގޮތުން ފަތުރަނީ ދޮގު ވާހަކަތަކެއް: މިނިސްޓްރީ

20 މެއި 2020 | ބުދަ 08:11

މިނިސްޓްރީ މަސައްކަތް ކުރަނީ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން

އަމްނާ އިމާދު
އަމްނާ އިމާދު | 20 މެއި 2020 | ބުދަ 08:11
އިސްލާމިކް މިނިސްޓްރީގައި ޒަކާތް ބަލައިގަންނަނީ

އިސްލާމިކް މިނިސްޓްރީގައި ޒަކާތް ބަލައިގަންނަނީ

ފަގީރުންގެ ދަފްތަރާއި، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ޚަރަދު ކުރެވެމުންދާ ގޮތާ ބެހޭ ގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަތައް ފަތުރަމުންދާ މައްސަލަ އިސްލާމިކް މިނިސްޓްރީން ކުށްވެރިކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިނިސްޓްރީގެ ހުރިހާ މަސައްކަތްތަކެއް ކުރިއަށް ގެންދަނީ ވަރަށް ރޭވުންތެރިކަމާއެކު ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަމަށެވެ. އަދި މައުލޫމާތު ފޯރުކޮށްދިނުމުގައި މީޑިއާތަކާ ވަރަށް ގާތް ގުޅުމެއް ބާއްވަމުންދާ ކަމަށް މިނިސްޓްރީން ބުނެއެވެ.

Advertisement - newsAdvertisement

އިސްލާމިކް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައި ބުނެފައިވަނީ މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް މަސައްކަތަކީ ޒަކާތް ނެގުމާއި ބެހުންކަމަށާއި، ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް މިނިސްޓްރީން ރަނގަޅު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.

އެގޮތުން ޒަކާތުގެ ފަގީރުންނާއި މިސްކީނުންގެ ބައި އޭގެ ޙައްގުވެރިންނަށް ބެހޭނެގޮތަކަށް ކަންކަން ރާވައި ހަރުދަނާ ކުރުމަށާއި، މުދަލު ޒަކާތާއި ފިތުރު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާގެ ހިސާބުތައް ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތުގެ ފަގީރުންނާއި މިސްކީނުންގެ ބައިގެ ޙައްގުވެރި މީހުންނަށް ކަނޑައެޅުމުގައި ވަކި އުސޫލެއް ގާއިމުވެފައި ނެތުމުގެ ސަބަބުން، ފަގީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވާން އެދޭ ކޮންމެ މީހަކަށް އެފުރުސަތު 2016 ވަނަ އަހަރާ ހަމައަށް އޮތީ ހުޅުވާލެވިފައިވާ ކަމަށެވެ.

2016 ވަނަ އަހަރު ވަކި ފޯމެއް ތައާރަފު ކުރެވިގެން ފަގީރުންގެ ދަފްތަރު އަލަށް އެކުލަވާލި ނަމަވެސް، އޭގެ ކުރިން މި ދަފްތަރުގައި މުޅި ޖުމުލަ 52,005 (ފަންސާސް ދެހާސް ފަހެއް) މީހުން ފަގީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ހުރިހައި ފަރާތްތަކަކީ ފަގީރުންނާއި މިސްކީނުންގެ ބައިގެ ހައްގުވެރިންކަން ކަށަވަރު ނުވާތީއާ، 2016 ވަނަ އަހަރު އެކުލަވާލެވުނު ލިސްޓުގައި ވެސް ގިނަ މައްސަލަތަކެއް ހުރިކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުން ދިއުމާއެކު، 2019 ވަނަ އަހަރުގެ ތެރޭގައި، ކަމާގުޅުން ހުރި ގިނަ މުއައްސަސާ ތަކުގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް ފަގީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީ ވާން އެދޭ ފޯމު އިސްލާހު ކުރެވި، ހަމަ އެ އަހަރު ފަގީރުންނާއި މިސްކީނުންގެ ބައިގެ ހައްގުވެރިން ކަނޑައަޅާނެ ގޮތްތަކުގެ މައްޗަށް މުޅިން އަލަށް އުސޫލެއް އެކުލަވާލައި، އެ އުސޫލުގެ ދަށުން ދަފްތަރުގައި ރަޖިސްޓްރީވާން ހުށަހަޅާ ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓްކުރުމަށް ކޮމިޓީއެއް އެކުލަވާ ލެވުނު ކަމަށެވެ.

މިގޮތުގެ މަތިން 2019 އެޕްރީލް ގައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމަށް ފަހު، ހަމަ އެއަހަރުގެ ސެޕްޓެމްބަރު މަހުގައި ދަފްތަރުގައި ރަޖިސްޓްރީ ވާން އެދޭ ފަރާތްތަކަށް އިތުރު ފުރުސަތެއް ދިން ކަމަށް މިނިސްޓްރީން ބުނެއެވެ.

އެހެންކަމުން، މި ދަފްތަރަކީ ފަހުގެ ތާރީޚެއްގައި އެކުލަވާލެވިފައިވާ ދަފްތަރެއްކަމާއި، މީގެ ކުރިން މި ދަފްތަރު އެއްއަހަރެއްގައި ދެ ފަހަރަށް މުރާޖަޢާ ކުރެވިފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ 2019 ވަނަ އަހަރު ދެފަހަރެއްގެ މަތިން ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވީ ނަމަވެސް، މި ރަމަޟާންމަހުގެ ކުރިން ވެސް ދަފްތަރުގައި ހިމެނުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމި ކަމަށާއި، އެ މަސައްކަތްކުރުމަށް ޢާމިލުން ނެގުމަށް އިއުލާނު ވެސް ކުރެވުނު ކަމަށެވެ. ކޮވިޑް-19 ރާއްޖޭގައި ހަލުއިކަމާއެކު ފެތުރެން ފެށުމާއި، ފަގީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ މައުލޫމާތާއި، ލިޔެކިޔުންތައް ފުރިހަމަކޮށް، މި ޙާލަތުގައި ފޯމު ހުށަހެޅުމުގައި ހުރި ދަތިތަކާއި، މި ޙާލަތުގައި ރަޖިސްޓްރީވުމަށް އެދި ހުޅުވާލައިފިނަމަ އެކަމަށް އެދޭ ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތަކެއް ނުލިބިދާނެތީ ފުރުސަތު ހުޅުވާނުލުމަށް ނިންމީ ކަމަށެވެ. އަދި މި ޙާލަތުން އަރައިގަނެވުނުހާ އަވަހަކަށް މި ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް މިނިސްޓްރީން ބުނެއެެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ ފިތުރު ޒަކާތް ބެހުމުގެ ކުރިން ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާނުލެވުނު ނަމަވެސް، ކޮވިޑް-19އާ ގުޅިގެން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޙާލުގައި ޖެހިފައިވާ މީހުންނަށް ކަމާބެހޭ މުއައްސަސާތައް މެދުވެރިކޮށް ޒަކާތުން ގިނަގުނަ އެހީތަކެއް ފޯރުކޮށްދެމުންދާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފަގީރުންގެ ދަފްތަރާއި، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ޚަރަދު ކުރެވެމުންދާ ގޮތާއި، އަދި މީގެ އިތުރުން މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން އާއްމު ރައްޔިތުންގެ އިތުބާރު ގެއްލޭ ގޮތަށް އެކި ފަރާތްތަކުން މީޑިއާގެ ވަސީލަތްތަކުގައި ކަމުގެ ހަގީގަތާ ޚިލާފު ސާބިތުނު ހިފޭ ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ.

ދޮގު މައުލޫމާތު ފެތުރުމަކީ މިނިސްޓްރީން ހިތާމަކުރާ ކަމެއްކަން ފާހަގަކޮށް އިސްލާމިކް މިނިސްޓްރީން ވަނީީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް