Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މީރާ

އައު ކޮމިޝަނަރ ޖެނެރަލަށް ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންގެ މުސާރަ ދިނުމަށް ނުފެންނަ ކަމަށް ނިންމައިފި

އެކޮމިޓީން އެގޮތަށް ނިންމީ ޓެކްސް ނެގުމާބެހޭ އިދާރީ ޤަނޫނަށް ގެނެވުނު އިސްލާހަށް 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 12 ވަނަ ދުވަހު އަމަލު ކުރަން ފެށުމާ ގުޅިގެން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 20 މެއި 2020 | ބުދަ 01:27
މީރާ

މީރާ

ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނަށް ގެނެވުނު 2 ވަނަ އިސްލާހަށް އަމަލުކުރަން ފެށުމުން އަލަށް އެކުލަވާލެވުނު މީރާގެ ބޯޑުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހިމެނި ވަޑައިގަންނަވަނީ އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ވޯޓު ނުދެވޭ ގޮތުގައި މެމްބަރެއްގެ ގޮތުގައި މަގާމުގެ ހައިސިއްޔަތުން ކަަމަށްވާތީ އާ ކޮމިޝަނަރ ޖެނެރަލަށް ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންގެ މުސާރަ ދޭން ނުފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.

އެކޮމިޓީން އެގޮތަށް ނިންމީ ޓެކްސް ނެގުމާބެހޭ އިދާރީ ޤަނޫނަށް ގެނެވުނު އިސްލާހަށް 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 12 ވަނަ ދުވަހު އަމަލު ކުރަން ފެށުމާ ގުޅިގެން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޯޑުގެ މެމްބަރުންގެ މުސާރަ ދިނުމުގައި އަމަލުކުރާނެ އުސޫލަކާއި ގުޅޭގޮތުން ލަފައަކަށް އެދި މީރާއިން ހުށަހަޅާފައިވާ މައްސަލައާ މެދު ކޮމިޓީން މަޝްވަރާ ކުރުމަށްފަހު ކޮމިޓީގެ މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

Advertisement - newsAdvertisement

ދެން ކޮމިޓީން ނިންމާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާގައި ޓެކުހާ ބެހޭ ސިޔާސަތުތަކާ ގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރ ކަނޑައަޅުއްވާ ފަރާތެއްގެ ގޮތުން ބޯޑުގެ ޗެއަރ ޕާސަންގެ ގޮތުގައި އައްޔަނުކުރުމާއެކު މިހާރުގެ ޗެއަރޕާސަނަށް ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަން މުސާރަ ދިނުމަށް ފެންނަ ކަމަށެވެ.

އޭގެ އިތުރުން، ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާގައި ޓެކުހާ ބެހޭ ސިޔާސަތުތަކާއި ގުޅޭ ކަންކަން ބެލެހެއްޓުމަށް ފިނޭންސް މިނިސްޓަރ ކަނޑައަޅުއްވާ ފަރާތެއްގެ ގޮތުން ބޯޑުގެ ޗެއަރޕާސަންގެ ގޮތުގައި އައްޔަނުކުރުމާއެކު އެތާރީޚުން ފެށިގެން ކުރީގެ ކޮމިޝަނަރ ޖެނެރަލަށް ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންގެ މުސާރަ ދިނުމަށް ނުފެންނަ ކަމަށްވެސް ކޮމިޓީން ވަނީ ނިންމާފަ އެވެ.

ކޮމިޓީ ރިޕޯޓްގައި ބުނެފައިވަނީ 2015 ވަނަ އަހަރު މީރާގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ 5 މެންބަރެއްގެ މަޤާމުގެ މުއްދަތު 2 އޮގަސްޓު 2015 ގައި ހަމަވުމާ ގުޅިގެން، 10 އޮގަސްޓު 2015 ވަނަ ދުވަހު ޢައްޔަން ކުރައްވާފައިވާ އާބޯޑުގެ މެންބަރުންނާއެކު ބޭއްވި ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި، ބޯޑުގެ ޗެއަރޕަރސަން ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދު އަދި ޑެޕިއުޓީ ޗެއަރޕަރސަން ކަމަށް ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ބޯޑުގެ މެންބަރުންގެ އަޢްލަބިއްޔަތުން ޢައްޔަންކުރެއްވުމާ އެބޯޑުގެ ޗެއަރޕަރސަންއަށް އަދި ވައިސް ޗެއަރޕަރސަން އަށްދެއްވަމުން ގެންދަވާ މުސާރަ އެފަރާތްތަކަށް ދިނުމާ މެދު މާލިއްޔަތު ކޮމިޓީގެ ލަފައަކަށް ފޮނުއްވާފައިވާ ކަމަށެވެ.

ޑިރެކްޓަރުންގެ ބޯޑުގައި މަޤާމުގެ ހައިޞިއްޔަތުން ހިމެނިވަޑައިގަންނަވާ މެންބަރުންނަށް އެބޭފުޅުންނަށް ކަނޑައެޅިފައިވާ މުސާރައާއި ޢިނާޔަތްތައް ފިޔަވައި އެހެން އެލަވަންސެއް ލިބިދިނުމަށް ނުފެންނަކަމަށް 18 ވަނަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައެއް މެންބަރުން ފާހަގަ ކުރެއްވިނަމަވެސް، ޑިރެކްޓަރުންގެ ބޯޑުގައި މަޤާމުގެ ހައިސިއްޔަތުން ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށް، އެބޭފުޅުންގެ މުސާރަ އާއި ޢިނާޔަތްތަކުގެ އިތުރުން އެލަވަންސް ލިބިވަޑައިގަންނަވާ ކަމަށްވެސް 18 ވަނަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައެއް މެންބަރުން ފާހަގަކުރެއްވިކަން ޔައުމިއްޔާއިން އެގެން އޮތްކަމަށެވެ.

މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަދި ޑެޕިއުޓީކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، މީރާ ގެ ބޯޑުގައި ހިމެނި ވަޑައިގަންނަވަނީ މަޤާމުގެ ހައިޞިއްޔަތުން ކަމުގައި ވީނަމަވެސް، އަލުން އެ ބޯޑު އެކުލަވާ ލެއްވިއިރު، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އެ ބޯޑުގެ ޗެއަރޕަރސަން ކަމަށް އަދި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އެ ބޯޑުގެ ވައިސް ޗެއަރޕަރސަން ކަމަށް ޢައްޔަނު ކުރައްވާފައިވާތީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ މުސާރައިގެ އޮނިގަނޑުގައި މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަން އަދި ވައިސް ޗެއަރޕަރސަން ކަނޑައަޅުއްވާފައިވާ މުސާރަ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް 2015 ވަނަ އަހަރު ޢައްޔަންކުރެވުނު ޗެއަރޕަރސަންއާއި ޑެޕިއުޓީ ޗެއަރޕަރސަން އަށް ދެއްވަމުން ގެންދެވުމަށް ނިންމަވާފައިވާ ކަމަށެވެ.

މި ނިންމުމާ ގުޅިގެން، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަންގެ މުސާރަ އަދި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ވައިސް ޗެއަރޕަރސަންގެ މުސާރަ ނެންގެވުމަށް ހަމަޖެހި، ބޯޑުގައި ހިމެނިވަޑައިގަންނަވާ ނޮން އެގްޒެކެޓިވް 5 މެންބަރުންނަށް، ބޯޑުގެ މެންބަރުންގެ މުސާރަ ހަމަޖެހި، އޭރުގެ މީރާ ބޯޑުގެ 7 މެންބަރުންނަށް މުސާރަ ހަމަޖެހިގެން ގޮސްފައިވާކަމަށް ކޮމިޓީ ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

މިހާރު މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރ ޕާސަން އަށް މަހަކު 17،000 ރުފިޔާ، ޑިރެކްޓަރުންގެ ބޯޑުގެ ޑެޕިއުޓީ ޗެއަރ ޕާސަން އަށް މަހަކު 16،000 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ. އަދި ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނަށް 15،000 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެލްޖީއޭ ބޯޑުގެ ސީދާ ބާރު ރައީސް ޔާމީނަށް ލިބޭގޮތަށް އިއްޔެ ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި

އެލްޖީއޭ ބޯޑުގެ ސީދާ ބާރު ރައީސް ޔާމީނަށް ލިބޭގޮތަށް އިއްޔެ ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި

12 އެޕްރީލު 2017
އެލްޖީއޭ ބޯޑުގެ ސީދާ ބާރު ރައީސް ޔާމީނަށް ލިބޭ ގޮތަށް އިއްޔެ ހުށަހެޅި އިސްލާހު މިއަދު ފާސްކުރަނީ

އެލްޖީއޭ ބޯޑުގެ ސީދާ ބާރު ރައީސް ޔާމީނަށް ލިބޭ ގޮތަށް އިއްޔެ ހުށަހެޅި އިސްލާހު މިއަދު ފާސްކުރަނީ

12 އެޕްރީލު 2017
ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި

ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި

30 މާރިޗު 2017
މައުލޫމާތު ނުލިބިގެން މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 53 މައްސަލަ: އިންފޮމޭޝަން ކޮމިޝަނަރ

މައުލޫމާތު ނުލިބިގެން މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 53 މައްސަލަ: އިންފޮމޭޝަން ކޮމިޝަނަރ

13 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު