Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔޫކޭގައި ހާލުގައި ޖެހުނު މީހާ

އަނބުރާ ރާއްޖެ ދިޔުމަށް ހާލުގައި ޖެހުނު މިހާއަށް ތަކުރާރުކޮށް ހައިކޮމިޝަނުން ނަސޭހަތް ދިން!

19 މެއި 2020 | އަންގާރަ 12:16

އޭނާއަށް ދިން އިރުޝާދުތަކަށް ބޯ ލަނބާފައި ނުވޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 19 މެއި 2020 | އަންގާރަ 12:16
އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަން

އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަން

ޔޫކޭގައި ދިވެއްސަކު ހާލުގައި ޖެހިފައިވާކަމަށާއި، އޭނާއަށް ބޭނުންވާ އެހީތެރިކަން ދިވެހި ސަރުކާރުން ދީފައި ނުވާކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ޚަބަރު ފޮރިން މިނިސްޓްރީއިން ދޮގުކޮށްފިއެވެ.

ފޮރިން މިނިސްޓްރީއިން ބުނީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އިނގިރޭސިވިލާތަށް އެތެރެވުމަށްފަހު، މާޗް މަހުގެ 23 ވަނަ ދުވަހު އެމީހާ އިނގިރޭސިވިލާތުގައި ހުންނަ ހައިކޮމިޝަނަށް އީމެއިލްއެއް ފޮނުވައި، އޭނާއަކީ އިނގިރޭސިވިލާތުގައި ތާށިވެފައިހުރި ދިވެއްސެއްކަމަށާ، އަނބުރާ ރާއްޖެއަށް އަންނާނެ ފްލައިޓެއް ނުފެނިގެން އެންގިކަމަށެވެ. އަދި ޖެހިގެން އައި ދުވަހު ހައިކޮމިޝަނުގެ އިސް އޮފިޝަލަކު އޭނާއަށް ގުޅުމުން، އޭނާއަކީ ލަންކާގައި ހުރުމަށްފަހު ތުރުކީވިލާތު މަގުން ލަންޑަނަށް އައި މީހެއްކަމަށް ބުނެފައިވާއިރު، ލަންޑަނުގައި ހަފްތާއެއް މަޑުކުރުމަށްފަހު ކެރީބިއަން ސަރަހައްދުގެ ގައުމުކަށް ދާން އައި މީހެއްކަމަށާއި، އޭނާ ކެރީބިއަން ސަރަހައްދަށް ދާން އޮތް ފްލައިޓް ކެންސަލްވީކަމަށް ބުންޏެވެ.

Advertisement - newsAdvertisement

7 ދުވަހު ލަންޑަނުގައި މަޑުކުރާގޮތަށް އޭނާ ފެބްރުއަރީ މަހުގެ ފަހުކޮޅު އެގައުމަށް އެތެރެވުމަށްފަހު ފްލައިޓް ކެންސަލްވުމުން އަނބުރާ ގައުމަށް ދާނެ ގޮތެއް ނެތިގެން ހައިކޮމިޝަނަށް އޭނާ ގުޅީ އިނގިރޭސިވިލާތަށް އެތެރެވުމަށްފަހު މަހެއްހާ ދުވަސްފަހުންކަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. ގަތަރު އެއަރވޭޒްގައި ދަތުރުކުރި އެމީހާ ހައިކޮމިޝަނަށް އެންގިކަމަށްވަނީ އޮކްޓޯބަރ މަހުގެ ކުރިން އެ އެއަރލައިންގެ ފްލައިޓެއް ރާއްޖެއަށް ނެތްކަމަށެވެ.

އެހެންނަމަވެސް ހައިކޮމިޝަނުން މާޗް މަހުގެ 24 ވަނަ ދުވަހު އޭނާއާއި ދެއްކި ވާހަކައިގައި އެދުވަހުވެސް އަދި ޖެހިގެން އައި ދުވަހުވެސް ލަންޑަނުން ގަތަރު އެއަވޭޒްގެ ފްލައިޓްތަކުގައި ރާއްޖެއަށް ދެވޭނެ މަގު އޮތްކަން އޭނާއަށް ކިޔައިދީ، ފްލައިޓްތަކުގެ މައުލޫމާތު ދެވިފައިވާކަމަށާއި، އޭނާއަކީ ރެޒިޑެންޓް ވިސާއެއް އޮތް ފަރާތަކަށް ނުވާތީ ވީހާވެސް އަވަހަކަށް ފުރުމަށް ހައިކޮމިޝަނުން އޭނާއަށް އިރުޝާދު ދިންކަމަށް ފޮރިން މިނިސްޓްރީއިން ބުނެއެވެ.

ޖެހިގެން އައި މާޗް މަހުގެ 25 ވަނަ ދުވަހުވެސް ގަތަރު އެއަރވޭޒްގެ ފްލައިޓް ފުރިއިރު އެމީހާ ނުފުރާކަމަށާއި، އެދުވަހު ހައިކޮމިޝަނަށް ގުޅައި، އޭނާ ހުރި ހޮޓަލުން ނިކުންނަން ޖެހިއްޖެކަމަށް އެމީހާ ބުނިކަމަށް ފޮރިން މިނިސްޓްރީއިން މައުލޫމާތު ދެއެވެ. އެދުވަސްވަރަކީ އިނގިރޭސިވިލާތުގައި ވަރަށް ހަލުވިކޮށް ކޮރޯނާ ވައިރަސް ފެތުރެމުންދާތީ އެގައުމުގެ ނޭޝަނަލް ހެލްތު ސަރވިސްގެ ފްރަންޓްލައިން ސްޓާފުން ތިބުމަށް ލަންޑަނުގެ ގިނަ ހޮޓާތަކެއް ހުސްކުރި ދުވަސްވަރެވެ.

އެހޮޓަލުން ނިކުންނަން ޖެހުމުން އިތުރު ހޮޓަލަކަށް އޭނާ ޗެކިން ކޮށްނުދިނުމުން، ހައިކޮމިޝަނުން އެމީހާއަށް އެހީތެރިކަން ފޯރުކޮށްދީ، ހޮޓަލާ ވާހަކަ ދައްކައިގެން އޭނާއަށް އެހެން ހޮޓަލަކަށް ޗެކިން ވެވޭނެ އިންތިޒާމް ހަމަޖައްސައިދިނެވެ. އަދި އެދުވަހުވެސް ވީއެންމެ އަވަހަކަށް އިނގިރޭސިވިލާތުން ފުރުމަށާއި، ލަސްކޮށްފިނަމަ ރާއްޖޭގެ ބޯޑަރު ބަންދުވެ، އެއަރލައިންތަކުން އެއްކޮށް ދަތުރުތައް ހުއްޓާލާނެކަމުގެ ބިރު އޮތްކަމުގައި އެމީހާއަށް ދެންނެވިކަމަށް މައުލޫމާތު ލިބެއެވެ. މާޗް މަހުގެ 25 ވަނަ ދުވަހު ހޮޓާ ބަދަލުވުމަށްފަހު، މާޗް މަހުގެ 27 ވަނަ ދުވަހުގެ ކުރިން ރާއްޖެއަށް ދާން ފުރާނެކަމަށް އެމީހާ އެންގިކަމަށާއި، އޭގެ ފަހުން އޭނާގެ ހަބަރެއް ނުވާކަމަށް ފޮރިން މިނިސްޓްރީއިން ބުނެއެވެ.

އޭގެ މަހެއްހާ ދުވަސްފަހުން އެޕްރީލް މަހުގެ 22 ވަނަ ދުވަހު އަނެއްކާވެސް އެމީހާ ލަންޑަނުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ގުޅިކަމަށްވެއެވެ. އަދި 1 އެޕްރީލްއަށް އޭނާ ޓިކެޓް ނެގިކަމަށާއި، އެހެން ނަމަވެސް އެ ފްލައިޓް ކެންސަލްވިކަމަށް ހައިކޮމިޝަނަށް އޭނާ މައުލޫމާތު ދިންކަމަށް ވެއެވެ. އަދި މާލީ އެއްވެސް ދައްޗެއް ނެތްކަމަށް އެދުވަހު އެންގިކަމަށް ފޮރިން މިނިސްޓްރީއިން ބުނެއެވެ. އެޕްރީލް މަހުގެ 28 ވަނަ ދުވަހު އަނެއްކާވެސް ހައިކޮމިޝަނަށް ގުޅައި، ރާއްޖެއަށް ދާން ފްލައިޓެއް އޮތްތޯ އޭނާ އެހިކަމަށާއި، އެހެން ނަމަވެސް އޭރު ފްލައިޓެއްގެ މައުލޫމާތު ލިބިފައިނެތްކަމަށް ހައިކޮމިޝަނުން އޭނާއަށް އެންގިކަމަށް އެމިނިސްޓްރީއިން ބުނެއެވެ.

އެމީހާގެ ހަބަރެއް ނުވެ ހަފްތާއަކަށްވުރެ ގިނަ ދުވަސްފަހުން މެއި މަހުގެ 6 ވަނަ ދުވަހު އޭނާ ހައިކޮމިޝަނަށް ގުޅައި، ފައިސާގެ އެހީތެރިކަމަށް ސަރުކާރުގެ ކިބައިން އެދުނުކަމަށާއި، ރާއްޖެއިން ބޭރުގައި ހާލުގައި ޖެހޭ ފަރާތްތަކަށް އެހީވުމަށް ސަރުކާރުން އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން، އެކަމަށް ބޭނުންވާ ލިޔެކިޔުންތަކާއެކު ހައިކޮމިޝަނަށް އީމެއިލްއިން ހުށަހެޅުމަށް އޭނާއަށް އިރުޝާދު ދެވުނުކަމަށް ފޮރިން މިނިސްޓްރީއިން ބުނެއެވެ. އަދި އަނެއްކާވެސް މެއި މަހުގެ 9 ވަނަ ދުވަހު ހައިކޮމިޝަނަށް ގުޅައި، އޭނާ މިހާރު ބޭނުން ވަނީ ސްރީލަންކަން އެއަރލައިންސްގައި ކޮލޮމްބޯއަށް ދާންކަމަށާއި، އެކަމަށް ލިޔުމެއް ދޭން ހައިކޮމިޝަންގައި އޭނާ އެދުނެވެ. އޭރު ލަންކާގެ ބޯޑަރު ބަންދުކޮށް، ލަންކާ ރައްޔިތުން ފިޔަވައި އެހެން އެއްވެސް ބަޔަކަށް ލަންކާއަށް އެތެރެ ނުވެވޭ ގޮތަށް ލަންކާ ސަރުކާރުން ނިންމާފައި އޮންނަތާ ކިތަންމެ ދުވަހެކެވެ.

މެއި މަހުގެ 6 ވަނަ ދުވަހު ހައިކޮމިޝަނަށް ފޮނުވަން ބުނި ލިޔެކިޔުންތައް ހަމަނުވާކަން މެއި މަހުގެ 10 ވަނަ ދުވަހު އޭނާއަށް އަނެއްކާވެސް ހައިކޮމިޝަނުން އަންގައި، ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް ރާއްޖެއަށް އައުމަށް އޭނާ ހަގީގަތުގައިވެސް މަސައްކަތްކުރިކަމުގެ ހެއްކެއްގެ ގޮތުގައި ނެގި ޓިކެޓް ތަކުގެ ކޮޕީ އީމެއިލްކުރުމަށް ތަކުރާރުކޮށް އޭނާއަށް ދެންނެވުނުކަމަށް ފޮރިން މިނިސްޓްރީއިން ބުނެއެވެ. އަދި މިއަދާ ހަމަޔަށް އައިއިރުވެސް އޭނާ އެލިޔުންތައް ނުފޮނުވާކަމަށާއި. އިއްޔެ އޭނާ ހުރި ހޮޓަލުން ނިކުންނަން ޖެހި، ވަންނާނެތަނެއް ނެތްކަން ހައިކޮމިޝަނަށް އެންގިކަމަށް ފޮރިން މިނިސްޓްރީއިން މައުލޫމާތު ދެއެވެ. އަދި ރޭ އޭނާ ނިދާނެތަނެއް ނެތްކަމަށް ބުނެފައިވާތީ، އޭނާއަށް އިއްޔެ ދިން އެހީއަކީ ހަމައެކަނި ރޭ ނިދާ، ކައިބޮއި ހަދާނެ ފައިސާކަމަށާއި، ދައުލަތުގެ މާލީ އެހީތެރިކަން ހޯދުމަށް ބޭނުންވާ ލިޔުންތައް އަދިވެސް އޭނާ ނުފޮނުވާކަމަށް ފޮރިން މިނިސްޓްރީއިން ބުނެއެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރ މިއުވާން މުހައްމަދު ވިދާޅުވީ ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރަމުންދާ މިދުވަސްވަރު ރާއްޖޭގެ ފޮރިން މިނިސްޓްރީއިންނާއި ޑިޕްލޮމެޓިކް މިޝަންތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުނުކުރުމުގެ ސަބަބުން މަދުންނަމަވެސް މިފަދަ ޙާލަތުތަކާ ކުރިމަތިލާންޖެހޭކަމަށެވެ. އަދި ދައުލަތުގައި ހުންނަނީ ރައްޔިތުންގެ ފައިސާކަމަށާއި، ވަކި އިޖުރާތްތަކެއް ފުރިހަމަކޮށްފައި ނޫނީ އެފައިސާއިން ހަރަދު ނުކުރެވޭނެކަމަށެވެ. އަދި އެކި ފަހަރު މަތިން އެމީހާއަށް އަނބުރާ ރާއްޖެ ދިޔުމަށް ނަސޭހަތް ދެވި، ފްލައިޓްތަކުގެ މައުލޫމާތު ދީފައިވާކަމަށާއި، އެހެންކަމުން ރާއްޖެ އަންނަން އޭނާ މަސައްކަތްކުރިކަމުގެ ހެކި ނެތި ރައްޔިތުންގެ ފައިސާއިން މާލީ އެހީ ދިނުމަކީ އެންމެ އިންސާފުވެރި ގޮތަށް ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެ.އެމްވީއާ ވާހަކަ ދެއްކި މިކަމުގެ މައުލޫމާތު އެނގޭ، އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެއްސަކު ބުނީ އެމީހާގެ އަމަލުތައް ހުރި ގޮތުން އެނގިގެން ދަނީ އޭނާ ކޮންމެވެސް ސަބަބަކާ ހުރެ ރާއްޖެއަށް އަނބުރާ ދާން ބޭނުން ނުވެގެން އުޅޭކަން ކަމަށާއި، ސަރުކާރުގެ އިރުޝާދުތަކަށް ބޯނުލަނބައި ސަރުކާރުގެ ހަރަދުގައި ޔޫކޭގައި ޗުއްޓީ ހޭދަކުރަން ސަރުކާރުން ހަރަދުކުރުމަކީ ވަރަށް ބޮޑު ބޭއިންސާފަކަށް ވާނެކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް