Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ ކޮމިޝަންތައް

ކޮމިޝަންތަކުގެ ޒިންމާ އަދާ ނުކުރެވޭނަމަ، އެކަން ކުރެވޭ ބަޔަކާ ހަވާލު ކުރުމަށް ގޮވާލައްވައިފި

19 މެއި 2020 | އަންގާރަ 11:04

ކޮވިޑް-19ގެ މިހާލަތުގައި އަދި ނިއުނޯމަލްގައި ވެސް ކޮމިޝަންތަކުގެ މަސައްކަތް ކުރިއަށް ދާންޖެހޭ، އިންސާފު ލިބެންޖެހޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 19 މެއި 2020 | އަންގާރަ 11:04
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް: ސަރުކާރަށް ކަންކަން ކުރަން ފަސޭހަވާނެ ގޮތަކަށް ކަންކަން ކޮށްދެއްވުމަށް މަޖިލިސް މެމްބަރުން ހުރަސް ނާޅުއްވާނެ ކަމަށާއި، ރިޔ

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް: ސަރުކާރަށް ކަންކަން ކުރަން ފަސޭހަވާނެ ގޮތަކަށް ކަންކަން ކޮށްދެއްވުމަށް މަޖިލިސް މެމްބަރުން ހުރަސް ނާޅުއްވާނެ ކަމަށާއި، ރިޔ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންތައް ކަމަށްވާ، މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުޤީޤު ކުރާ ކޮމިޝަނާއި، އެސެޓް ރިކަވަރީ ކޮމިޝަނުން ބަލަމުންދާ މައްސަލަތައް ބެލުމުގައި ލަސްކަމެއް އުޅޭތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއަރ ޕާސަން ޙަސަން ލަޠީފް ފާޅު ކުރައްވައިފި އެވެ.

އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ކޮވިޑް-19 އާ ގުޅިގެން ޤައުމީ ސަލާމަތަށް އިތުރު ނުރައްކަލެއް އޮތްތޯ ބެލުމަށާއި، ޓޫރިޒަމް ސިނާޢަތަށް ކޮށްފާނެ އަސަރު ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުޘް ކުރައްވަމުން ޙަސަން ލަޠީފް ވިދާޅުވީ، ކޮމެޓީގެ ރިޕޯޓުގެ 9 ހުށަހެޅުމަށް ތާޢީދު ކުރައްވާ ކަމަށެވެ. ވަކިން ޚާއްޞަކޮށް، ރިޕޯޓުގެ 4 ވަނަ ހުށަހެޅުން ޙަސަން ލަޠީފް ވަނީ ފާހަގަ ކުރައްވާފަ އެވެ.

Advertisement - newsAdvertisement

ޙަސަން ލަޠީފް ވިދާޅުވީ، ކޮވިޑް-19 ގެ މި ޙާލަތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅާފައިވާ މިންގަޑުތަކާއެކު، އަދި "ނިއު ނޯމަލް" ގައިވެސް ކަންކަން ކުރާނެ އުޞޫލުތަކެއް ކަނޑައަޅައިގެން އެ ކޮމިޝަންތަކުން ބަލަމުންދާ މައްސަލަތައް ބަލަންޖެހޭ ކަމަށެވެ. އެގޮތުން، އެކޮމިޝަނުން ބަލަމުންދާ ޑރ. އަފްރާޝީމް ޢަލީ އާއި ރިޟްވާން ޢަބްދުﷲ އާއި ޔާމީން ރަޝީދު މައްސަލަތައް ބަލާ ނިންމުން އަވަސް ކުރަންޖެހޭ ކަމަށް ޙަސަން ލަޠީފް ވިދާޅުވި އެވެ. މީގެ އިތުރުން އެސެޓް ރިކަވަރީ ކޮމިޝަނުން ބަލަމުންދާ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ބަލާ ނިންމަން ޖެހޭކަމަށާއި، އެފައިސާ ދައުލަތަށް ހޯދަން ޖެހޭ ކަމަށްވެސް ޙަސަން ލަޠީފް ވިދާޅުވި އެވެ.

ޙަސަން ލަޠީފް ވިދާޅުވީ، މި ވާހަކަތައް ދައްކަމުން މިދަނީ ސަބަބެއް އޮވެގެން ކަމަށާއި، މިދިޔަ ރިޔާސީ އިންތިޚާބުގައްޔާއި އަދި މަޖިލިސް އިންތިޚާބުގައި ވެސް ރައްޔިތުން ނިކުމެ، އެމްޑީޕީއަށް ވޯޓު ދިނީ ރައްޔިތުންނަށް އިންސާފު ޤާއިމުކޮށްދޭނެ ކަމުގެ އުންމީދުގައި ކަމަށެވެ. އަދި އެ ވަޢުދުތަކުގެ ވާހަކަތާކާއެކު ރައްޔިތުންގެ ކައިރިއަށް ގޮސް އަދި ޕޯޑިއަމްތަކުގައި އެވާހަކަ ދެއްކީ އިޚުލާސްތެރިކަމާއެކުގަ ކަމަށެވެ.

ރިޔާސީ ކޮމިޝަނަށް އެމައްސަލަތައް ތަޙުޤީޤުކޮށް ނިންމާ ނުލެވި އުޅޭއިރު، މިހާރުވެސް ރާއްޖޭގައި ޓެރަރިޒަމާ ގުޅުންހުރި ކަންކަން ހިނގަމުންދާ ކަމަށް މެންބަރު ވިދާޅުވި އެވެ. އެގޮތުން، އދ. މަހިބަދޫ ބަނދަރުގައި އަޅާފައި އޮތް ހަތް އުޅަނދެއްގައި ރޯކޮށްލުމާއި، ހުޅުމާލެގައި ފަތުރުވެރިއަކާއި، ރާއްޖޭގައި މަސައްކަތް ކުރާ އޮސްޓްރޭލިއާ އަދި ޗައިނާގެ މީހަކަށް ވަޅިން ޙަމަލާދިން މައްސަލަ ޙަސަން ލަޠީފް ވަނީ ފާހަގަކުރައްވާފަ އެވެ.

ޓެރަރިސްޓް ޖަމާޢަތްތަކުގެ ޙަރަކާތްތަކާއި، ޓެރަރިސްޓް ޙަމަލާތަކާ ބެހޭ މަޢުލޫމާތު ހާމަ ކުރުމާއި، އެފަދަ މަޢުލޫމާތު ސަރުކާރުތަކަށް ފޯރުކޮށް ދިނުމުގެ މަޤުޞަދުގައި މަސައްކަތް ކުރާ, ސައިޓް އިންޓެލިޖެންސް ގްރޫޕުގައި ބުނެފައިވާގޮތުން، މަހިބަދޫ ބަނދަރުގައި އަޅާފައިވާ ލޯންޗުތަކަށް ދިން މި ޙަމަލާގެ ޒިންމާ އައިސިސް އިން ވަނީ ނަގާފަ އެވެ.

ހުޅުމާލޭގައި ބޭރު ތިން މީހަކަށް ވަޅިން ދިން ޙަމަލާއާ ގުޅިގެން ފުލުހުން ހައްޔަރުކުރި މީހުން ވަނީ އެމީހުންގެ މައްޗަށް ދަޢުވާ ނުކުރެވި، ދޫވެފަ އެވެ.

ޙަސަން ލަޠީފް ވިދާޅުވީ، ސަރުކާރުގެ ބައެއް އިދާރާތަކުގެ ވެބްސައިޓްތައް ހެކްކޮށް އިންޒާރު ދެމުން ދާއިރު، ސަރުކާރުގެ އިސް ބޭފުޅުންނާއި މަޖިލީހުގެ މެންބަރުން އަދި ބައެއް ވިޔަފާރިވެރިންގެ ވަޓްސް އެޕް އެކައުންޓުތައް ހެކް ކުރަމުން ދާއިރު، ދޭތެރެ ދޭތެރެއިން ޖަލުގައި ވެސް ހަމަ ނުޖެހުން އުފައްދަމުން އަންނަ ކަމަށެވެ.

މީގެއިތުރުން ޙަސަން ލަޠީފް ވިދާޅުވީ، 'ނިއު ނޯމަލް' ގެ ތެރޭގައި މަސައްކަތްތައް ބަލާނެ ގޮތްތަކެއް ފުލުހުން ކަނޑައަޅަންޖެހޭ ކަމަށެވެ. އަދި މައްސަލަތައް ފުލުސް އޮފީހަށް ވަންނަ ހިސާބުން، ދަޢުވާ އުފުލުމާ ހަމަޔަށް "ނިއު ނޯމަލް" ގައި ކަންކަން ކުރާނެ ގޮތުގެ ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރއެއް އެބައޮންނަން ޖެހޭ ކަމަށާއި އަދި އެއަށް އަމަލު ކުރެވެންޖެހޭ ކަމަށްވެސް ޙަސަން ލަޠީފް ވިދާޅުވި އެވެ.

ޙަސަން ލަޠީފް ވިދާޅުވީ، މި ވާހަކަތައް ދައްކާނީ ވެސް އެމްޑީޕީން ކަމަށާއި، އަދި މިކަންކަން ސަރުކާރަށް ރަނގަޅުކޮށްދޭނީ ވެސް ހަމަ އެމްޑީޕީން ކަމަށެވެ. އަދި ރައްޔިތުންނަށްވީ ވަޢުދު ފުއްދޭނީ ވެސް އެމްޑީޕީއަށް ކަމަށް ޙަސަން ލަޠީފް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް