Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުން

އެސޯސިއޭޝަންތަކާއެކު ވަޒީރު މަޝްވަރާ ކުރައްވައިފި

19 މެއި 2020 | އަންގާރަ 07:50

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި، ކުޅިވަރު އެކެޑެމީތަކަށް އެލަވަންސްތައް ދިނުމާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 19 މެއި 2020 | އަންގާރަ 07:50
ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް: ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިންނާއެކު ވަނީ މަޝްވަރާ ކުރައްވާފައި

ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް: ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިންނާއެކު ވަނީ މަޝްވަރާ ކުރައްވާފައި

ކުޅިވަރުގެ ކަންކަން ހައްލު ކުރުމަށް ދިވެހިރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިންނާއެކު ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް މަޝްވަރާ ކުރައްވައިފި އެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ރާއްޖެއިން ފެނުމާއެކު ކުޅުވަރާ ބެހޭ ވުޒާރާއިން ވަނީ އެ ވުޒާރާގެ ދަށުގައިވާ ހުރިހާ ކުޅިވަރު ކުޅެ ތަންތަނާއި މަރުކަޒުތައް މާޗު މަހުގެ 15 ވަނަދުވަހުން ފެށިގެން ބަންދު ކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން ގައުމީ ޓީމުތަކުގެ ފަރިތަކުރުންތައް ވެސް ހުއްޓާލާފައިވާއިރު، މީގެ ކުރިން ވަޒީރު ވަނީ ކުޅުންތެރިންގެ އެލަވަންސް އަކީ ކުޅުންތެރިންގެ ހާޒިރީ އާއި ފަރިތަކުރުންތައް ދާގޮތަށް ބެލުމަށް ފަހު ދެވޭ އެއްޗެއް ކަމުން، މި ދަނޑިވަޅުގައި ކުޅުންތެރިންގެ އެލަވަންސް ނުދޭކަން ހާމަކުރައްވާފައެވެ.

އަދި ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ކުޅިވަރު އެކެޑަމީތަކުން ވަނީ އެ އެކެޑަމީތަކުގެ ހަރަކާތްތައްވެސް ހުއްޓާލާފައެވެ. މީގެ ތެރެއިން ގިނަ އެކެޑަމީތަކުގެ ކޯޗުންނަކީ އެ އެކެޑަމީތަކުން ލިބޭމުސާރައަށް ބަރޯސާވާ ކޯޗުންނަށް ވާއިރު، މިފަދަ ދަނޑިވަޅެއްގައި އެ ކޯޗުންނަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހޭނެއެވެ.

މިކަމާ ގުޅިގެން މީގެ ކުރިން ކުޅިވަރު އެކި ތަޖުރިބާކާރުން ވަނީ ކުޅުންތެރިންނަށް އެލަވަންސް ދިނުމަށާއި، އެކެޑަމީތަކުގެ ކޯޗުންނަށް ހައްްލެއް ހޯދައިދިނުމަށް ގޮވާލާފައެވެ.

މިކަންކަމަށް ހައްލެއް ހޯދުމުގެ ގޮތުން ހޯމަ ދުވަހުގެރޭގެ ވަގުތެއްގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވަނީ ރާއްޖޭގެ ގައުމީ ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިންނާ އެކު ވީޑިއޯކޮންފަރެންސް މެދުވެރިކޮށް ބައްދަލުކުރައްވާފައެެވެ.

އެ ބައްދަލުވުމާ ގުޅޭގޮތުން މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުޅިވަރު އެސޯސިއޭޝަންތަކާ އެކު ބޭއްވުނު ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށާއި، ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި، ކުޅިވަރު އެކެޑެމީތަކަށް އެލަވަންސްތައް ދިނުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ނިއު ނޯމަލްއާ އެކު ކުޅިވަރުތައް އަލުން ފަށާނެ އުސޫލުތަކެއް އެކުލަވާލުމަށްވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށް މަހުލޫފް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ކުޅިވަރު ހަރަކާތްތައް ހުއްޓާލާފައިވާއިރު، ސެޕްޓެމްބަރު މަހު ފުޓްބޯޅަ އަލުން ފަށަން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފުޓްބޯޅަ އަލުން ފެށުމަށްފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަނީ އުސޫލުތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާއިރު، މިހާތަނަށް ރާއްޖެއިން މި ވައިރަހަށް 1106 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މި ވައިރަސް ޖެހިގެން ރާއްޖެއިން 4 މީހަކު މަރުވެފައިވާއިރު، 80 މީހަކު ވަނީ ވައިރަހުން ރަނގަޅު ވެފައެވެ.

އެންމެ ހިނގާ

1

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

2

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

5

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2017

ރާއްޖޭގެ ފުޓުބޯޅައާ ބެހޭ ގޮތުން ރޮނާލްޑީނިއޯ އާއި ބައްސާމް މަޝްވަރާކުރައްވައިފި

25 ޑިސެމްބަރު 2017
ރާއްޖޭގެ ފުޓުބޯޅައާ ބެހޭ ގޮތުން ރޮނާލްޑީނިއޯ އާއި ބައްސާމް މަޝްވަރާކުރައްވައިފި
05 ޖޫން 2017

ސަލާހް ހޯދުމަށް ލިވަޕޫލް އިން ރޯމާއާ މަޝްވަރާ ނުކުރޭ: ރޯމާގެ ރައީސް

05 ޖޫން 2017
ސަލާހް ހޯދުމަށް ލިވަޕޫލް އިން ރޯމާއާ މަޝްވަރާ ނުކުރޭ: ރޯމާގެ ރައީސް
26 މެއި 2017

ކްރިސްޓަލް ޕެލަސްއިން ކޯޗް މާކޯ ސިލްވާ އާއި މަޝްވަރާ ކުރަނީ

26 މެއި 2017
ކްރިސްޓަލް ޕެލަސްއިން ކޯޗް މާކޯ ސިލްވާ އާއި މަޝްވަރާ ކުރަނީ
14 މެއި 2017

ބޭލް ހޯދުމަށް ޔުނައިޓެޑުން މަޝްވަރާތަށް ފަށައިފި

14 މެއި 2017
ބޭލް ހޯދުމަށް ޔުނައިޓެޑުން މަޝްވަރާތަށް ފަށައިފި
03 މެއި 2017

ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުގެ ވެރިންނާއި ރައީސް ޔާމިން ބައްދަލުކުރައްވައިފި

03 މެއި 2017
ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުގެ ވެރިންނާއި ރައީސް ޔާމިން ބައްދަލުކުރައްވައިފި
02 މެއި 2017

އޮޒިލްގެ ސޮއި ހޯދުމަށް ފެނަބާޗޭ އިން މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފި

02 މެއި 2017
އޮޒިލްގެ ސޮއި ހޯދުމަށް ފެނަބާޗޭ އިން މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފި
16 އެޕްރީލު 2017

ސަންޑަލޭންޑާއެކު މަޝްވަރާކުރި ކަމަށް ބާބެޓޯވް ބުނެފި

16 އެޕްރީލު 2017
ސަންޑަލޭންޑާއެކު މަޝްވަރާކުރި ކަމަށް ބާބެޓޯވް ބުނެފި
13 އެޕްރީލު 2017

އާސެނަލުން އެލެގްރީއާ މަޝްވަރާކުރަނީ: ދަ ސަން

13 އެޕްރީލު 2017
އާސެނަލުން އެލެގްރީއާ މަޝްވަރާކުރަނީ: ދަ ސަން
27 މާރިޗު 2017

ހަޒާޑް ހޯދުމަށް ރެއާލް އިން މަޝްވަރާތަކަށް ދޮރު ހުޅުވާލައިފި

27 މާރިޗު 2017
ހަޒާޑް ހޯދުމަށް ރެއާލް އިން މަޝްވަރާތަކަށް ދޮރު ހުޅުވާލައިފި
11 މާރިޗު 2017

ދިވެހި ފުޓުބޯޅައިގެ ތާރީހް އޮޅުވާނުލުމަށް އަލީ އާޒިމް އިލްތިމާސް ކުރައްވައިފި

11 މާރިޗު 2017
ދިވެހި ފުޓުބޯޅައިގެ ތާރީހް އޮޅުވާނުލުމަށް އަލީ އާޒިމް އިލްތިމާސް ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް