Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް

ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދެނީ!

19 މެއި 2020 | އަންގާރަ 08:34

ލޮކްޑައުންއަށް ވެސް ލުއި ދިނުމުގެ ވިސްނުން އެބަހުރި

އަމްނާ އިމާދު
އަމްނާ އިމާދު | 19 މެއި 2020 | އަންގާރަ 08:34
މީގެ ކުރިން އެންއޯއީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެގައި، ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވާހަކަދައްކަވަނީ

މީގެ ކުރިން އެންއޯއީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެގައި، ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވާހަކަދައްކަވަނީ

މާލެ ސިޓީން ކޮވިޑް-19 ފެނުމާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބައެއް ލުއިތައް ދިނުމަށް ނިންމާފައިވާކަމުގެ އިޝާރަތެއް ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ދެއްވައިފި އެވެ.

މާލެ ސިޓީން ކޮވިޑް-19ގެ ކޭސްއެއް ފެނުމާ ގުޅިގެން އޭޕްރީލް 15 ވަނަ ދުވަހުން ފެށިގެން ވަނީ މާލެ ސިޓީ ވަނީ ލޮކްޑައުން ކޮށްފަ އެވެ. އަދި ލޮކްޑައުން ހަމަވާނީ މިމަހުގެ 28ގެ ނިޔަލަށެވެ.

Advertisement - newsAdvertisement

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑް-19ން ކޮންޓްރޯލް ކުރުމަށް މާލެ ސިޓީގެ އިތުރުން އަތޮޅުތެރޭގެ ހުރިހާ ރަށެއްގައި ވެސް ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. ނަމަވެސް މިހާރު މި ފިޔަވަޅުތަކަށް ލުއިތަކެއް ދޭންޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

މާލެ ސިޓީގެ ލޮކްޑައުން އަށް ލުޔެއް ދޭނެކަމުގެ އިޝާރާތެއް ދެއްވާ މިނިސްޓަރު އަމީން ވިދާޅުވީ ލޮކްޑައުންގައި އަބަދު ނުތިބެވޭނެ ކަމަށާއި، ލޮކްޑައުންއާ ގުޅިގެން ބައެއް ރައްޔިތުންނަށް ދަތި އެތައް އުދަނގޫކަމެއް އުފުލަން ޖެހިފައިވާ ކަމަށެވެ.

މާލެ ސިޓީގެ ޙާލަތަށް އަލިއަޅުއްވާލައްވާ މިނިސްޓަރު އަމީން ވިދާޅުވީ ލޮކްޑައުންގެ އިތުރުން ބައެއް ފިޔަވަޅުތަކަށް ލުއި ދޭނީ ކަންކަން ބޮއްސުން ލައިގެން ނުދާނެ ފަދަ ގޮތަކަށް ޚާއްޞަ ޕްލޭނެއްގެ ދަށުން ކަމަށެވެ.

އަތޮޅުތެރޭގެ ރަށްތަކަށް ދެވޭ ލުއި ތަކާ ބެހޭ ގޮތުން މިނިސްޓަރު އަމީން ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރުކޮށްފައިވާ ރަށްރަށަށް ލުއިދޭން ޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

އެގޮތުން އެއްވެސް މީހަކު އަރާ ނުފައިބާތާ 30 ދުވަސް ނުވަތަ 15 ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ ރަށްރަށް އެބަހުރިކަމަށާ، އެރަށްރަށް ލުޔެއް ދޭންޖެހޭ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ. އަދި ވިދާޅުވީ ލުއިތައް ނުދީ މަޑުކުރީ މިދުވަސްވަރު ޕީކަށް ދާނެ ކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ގެ ޑޮކްޓަރުންގެ ޓީމުން އެގޮތަށް ލަފާކޮށްފައިވާތީ ކަމަށެވެ.

މިނިސްޓަރު އަމީން ވިދާޅުވީ މިހާރުން މިހާރަށް ލުއިތައް ދެވޭނެ ރަށްތައް އެބަހުރި ކަމަށާއި، ދެވޭނެ ލުއިތައް ކަނޑައަޅާ ޚާއްޞަ އުޞޫލެއް އެކުލަވާލާފައިވާ ކަމަށެވެ. ނަމަވެސް ލުއިތައް ދޭއިރު ރައްޔިތުންގެ ޢަމަލުތައް ވެސް ހުންނަން ޖެހޭނީ ވަކި ގޮތަކަށް ކަމަށާއި، ނަފުސާއި އެހެން މީހުންގެ ރައްކާތެރިކަމަށް ކޮންމެހެން ކުރަން ޖެހޭ ކަންކަމަށް ފަރުވާ ކުޑަ ކޮށްގެން ނުވާނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް