Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކަވާނީ ގަތުމަށް ނިއުކާސަލް އިން މަސައްކަތް ކުރުން

ކަވާނީ އަށް ނިއުކާސަލް އިން ފާރަލަނީ

300 މިލިއަން ޕައުންޑަށް ނިއުކާސަލް ގަތުމަށް ސައުދީގެ ހިއްސާދާރުން އަންނަނީ މަސައްކަތް ކުރަމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 18 މެއި 2020 | ހޯމަ 16:03
ޕީއެސްޖީގެ ފޯވާޑް އެޑިންސަން ކަވާނީ: ޖޫން މަހު ކަވާނީގެ އެއްބަސްވުން ހަމަވާނެ

ޕީއެސްޖީގެ ފޯވާޑް އެޑިންސަން ކަވާނީ: ޖޫން މަހު ކަވާނީގެ އެއްބަސްވުން ހަމަވާނެ

ޕީއެސްޖީ އަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ ހޯދުމުގެ މަސައްކަތް ނިއުކާސަލް ޔުނައިޓެޑުން ފަށައިފި އެވެ.

ޕީއެސްޖީ އާއެކު ކަވާނީ ހަދާފައި އެއްބަސްވުން ޖޫން މަހުގެ 30 ވަނަ ދުވަހު ހަމަވާނެއެވެ. އެހެންކަމުން ހިލޭ ޓްރާންސްފާއެއްގެ ދަށުން ކަވާނީ ހޯދުމަށް ނިއުކާސަލް އިން ވަނީ މަސައްކަތްފަށާފައެވެ.

އުމުރުން 34 އަހަރުގެ ފޯވާޑް ޕީއެސްޖީގައި މީގެ ކުރިން ތަފާތު މޮޅު ކުޅުމެއް ދެއްކި ނަމަވެސް، ޕީއެސްޖީގެ ފުރަތަމަ އެގާރައިން އޭނާ އަށް ފުރުސަތު ގެއްލުނީ މި ސީޒަނުގައި އިންޓަ މިލާނުން މައުރޯއިކާޑީ ގެނައި ފަހުންނެވެ. ފުރުސަތު ނުލިބޭތީ ހިތްހަމަނުޖެހުން ފާޅުކޮށް މިއަހަރުގެ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ކަވާނީ ވަނީ ކްލަބު ދޫކޮށްލަން ބޭނުންވާކަން ރަސްމީކޮށް ޕީއެސްޖީއަށް އަންގާފައެވެ.

ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ކަވާނީ ހޯދުމުގެ މަސައްކަތް ނިއުކާސަލް އިން ފެށިއިރު، އެތުލެޓިކޯ މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާ އަދި ޗެލްސީން ވެސް ވަނީކަވާނީ ހޯދުމަށް މަސައްކަތް ކޮށްފައެވެ.

އިޓަލީގެ ނާޕޮލީން 2013 ވަނަ އަހަރު 64 މިލިއަން ޔޫރޯ އަށް ޕީއެސްޖީއާ ގުޅުނު ފޯވާޑް ވަނީ ޕީއެސްޖީ އަށް މިހާތަނަށް ކުޅެދިން 300 މެޗުން 200 ލަނޑު ޖަހައިދީފަ އެވެ. އަދި އޭނާ ވަނީޕީއެސްޖީ އާއެކު ފްރެންޗު ލީގު ހަ ފަހަރު ހޯދާފައެވެ.

ކަވާނީގެ އިތުރުން ދެން ނިއުކާސަލް އިން އެންމެ ބޮޑަށް ފާރަލާ ކުޅުންތެރިއަކީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ތަރި ގެރެތު ބޭލް އެވެ. އެގޮތުން ބޭލް ގަތުމަށް ނިއުކާސަލް އިން 53 މިލިއަން ޕައުންޑް ޚަރަދުކުރަން ތައްޔާރަށް އޮތް ކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ.

ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ނިއުކާސަލް އިން ބޮޑު ޚަރަދެއް ކުރަން ތައްޔާރަށް އޮތް ކަމަށް ރިޕޯޓުތައް ބުނިއިރު، ސައުދީގެ އިންވެސްޓަރުންގެ ބޮޑު ހިއްސާއަކާ އެކު 300 މިލިއަންޕައުންޑަށް ނިއުކާސަލް ގަތުމަށް އަމަންޑާ ސްޓަވިލީސްގެ ޕީސީޕީ ކެޕިޓަލް ޕާޓްނާސް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަމަންޑާއާ އެކު ނިއުކާސަލް ގަތުމުގައި ހިއްސާވަނީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2018

ޕްރިމިއާ ލީގު: ނިއުކާސަލް އަތުން ބަލިވެ ޔުނައިޓެޑް 16 ޕޮއިންޓް ފަހަތަށް

12 ފެބުރުއަރީ 2018
ޕްރިމިއާ ލީގު: ނިއުކާސަލް އަތުން ބަލިވެ ޔުނައިޓެޑް 16 ޕޮއިންޓް ފަހަތަށް
28 ޖެނުއަރީ 2018

ފްރެންޗް ލީގު: ކަވާނީގެ ރެކޯޑު ލަނޑާއެކު ޕީއެސްޖީއަށް މޮޅެއް

28 ޖެނުއަރީ 2018
ފްރެންޗް ލީގު: ކަވާނީގެ ރެކޯޑު ލަނޑާއެކު ޕީއެސްޖީއަށް މޮޅެއް
28 ޑިސެމްބަރު 2017

ޕްރިމިއާ ލީގު: ނިއުކާސަލް ބަލިކޮށް ސިޓީ އަށް 15 ޕޮއިންޓްގެ ލީޑެއް

28 ޑިސެމްބަރު 2017
ޕްރިމިއާ ލީގު: ނިއުކާސަލް ބަލިކޮށް ސިޓީ އަށް 15 ޕޮއިންޓްގެ ލީޑެއް
21 ނޮވެމްބަރު 2017

ނިއުކާސަލް ޔުނައިޓެޑް ވިއްކާލަނީ!

21 ނޮވެމްބަރު 2017
ނިއުކާސަލް ޔުނައިޓެޑް ވިއްކާލަނީ!
14 ނޮވެމްބަރު 2017

ވޮޓްފޯޑުގެ ކޯޗަށް އެވަޓަންއިން ފާރަލަނީ!

14 ނޮވެމްބަރު 2017
ވޮޓްފޯޑުގެ ކޯޗަށް އެވަޓަންއިން ފާރަލަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު