Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެއްބަސްވުން އާކުރަން އުޅޭ ވާހަކަތައް ދޮގުކުރުން

ބަޔާންގެ އެއްބަސްވުން އާކުރަން އުޅޭ ވާހަކަތައް ނޯޔާ ދޮގުކޮށްފި

ބަޔާންގެ ޗެއާމަން ކާލް-ހެއިންޒް ރުމެނިގާ ވަނީ އައު އެއްބަސްވުމުގައި ނޯޔާ ސޮއި ކުރާނެ ކަމަށް ބުނެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 18 މެއި 2020 | ހޯމަ 11:12
ބަޔާންގެ ގޯލްކީޕަރު މެނުއެލް ނޯޔާ: ނޯޔާ ވަނީ އެއްބަސްވުން އާކުރަން އުޅޭ ވާހަކަތައް ދޮގުކޮށްފައި

ބަޔާންގެ ގޯލްކީޕަރު މެނުއެލް ނޯޔާ: ނޯޔާ ވަނީ އެއްބަސްވުން އާކުރަން އުޅޭ ވާހަކަތައް ދޮގުކޮށްފައި

ބަޔާން މިއުނިކްގެ އެއްބަސްވުން އާކުރަން ގޯލްކީޕަރު މެނުއެލް ނޯޔާ އުޅޭ ކަމަށް އެ ކްލަބުގެ ޗެއާމަން ކާލް-ހެއިންޒް ރުމެނިގާ ދެއްކި ވާހަކަތައް ނޯޔާ ދޮގުކޮށްފި އެވެ.

ޖަރުމަންގެ ޝަލްކާއިން 2011 ވަނަ އަހަރު ބަޔާނަށް ބަދަލުވި ނޯޔާ، އެކުލަބާއިއެކު ހަދާފައިވާ އެއްބަސްވުން އަންނަ ސީޒަނުގައި ހަމަވާނެއެވެ.

އުމުރުން 34 އަހަރުގެ ނޯޔާގެ އެއްބަސްވުން އާކުރަން ބަޔާނުން މަސައްކަތް ކުރަމުން އަންނައިރު، އެއްބަސްވުން އާކުރަން ނޯޔާ ބޭނުންވަނީ އިތުރު ފަސް އަހަރަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އެކަމަކު ބަޔާނުން ނޯޔާއާއެކު މަޝްވަރާ ކޮށްފައިވަނީ އިތުރު ދެ އަހަރަށް އެއްބަސްވުން އާކުރާށެވެ.

ޖަރުމަން ލީގުގައި އާދީއްތަ ދުވަހުގެރޭ ޔޫނިއަން ބާލިންއާ ދެކޮޅަށް ބަޔާން ކުޅުނު މެޗުގެ ކުރިން އެ ކްލަބުގެ ޗެއާމަން ކާލް-ހެއިންޒް ރުމެނިގާ ވަނީ ބަޔާން އާއެކު ނޯޔާ ހަދާފައިވާ އެއްބަސްވުން އާކުރުމާ ގާތަށް ގޮސްފައިވާ ކަމަށް ބުނެފައެވެ. އެކަމަކު މެޗަށްފަހު ނޯޔާ ވަނީ އެކަން ދޮގު ކޮށްފައެވެ. ނޯޔާ ބުނީ އެއްބަސްވުމާ ގުޅޭ އިތުރު ކަމެއް އިއުލާން ކުރަން މިވަގުތު ނެތް ކަމަށެވެ.

މީގެ ކުރިން ބަޔާންގެ އެއްބަސްވުން އާކުރުމަށް ދެކެވުނު ވާހަކަތައް މީޑިއާގައި ލީކުވުމުން ނޯޔާ ވަނީ ހިތްހަމަނުޖެހުން ފާޅު ކޮށްފައެވެ.

ނޯޔާގެ އެއްބަސްވުން އާކުރަން ބަޔާނުން މަސައްކަތް ކުރަމުން އަންނައިރު، ނޯޔާ ގަތުމަށް ޗެލްސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޝާލްކާ އިން 2004 ވަނަ އަހަރު ކެރިއަރު ފެށި ނޯޔާ ބަޔާނަށް ބަދަލުވީ 2011 ވަނަ އަހަރުގައެވެ. އެ ފަހަރު ވެސް އޭނާ ހޯދުމަށް ޔޫރަޕުގެ ބޮޑެތި ކްލަބުތަކުން ވަނީ މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ވެސް ހިމެނެއެވެ.

އިތުރަށް ކިޔާލަން

17 ޖޫން 2017

ކޮންޓޭ ޗެލްސީ ދޫކޮށްލަން އުޅޭ ވާހަކަ އެ ކްލަބުން ދޮގުކޮށްފި

17 ޖޫން 2017
ކޮންޓޭ ޗެލްސީ ދޫކޮށްލަން އުޅޭ ވާހަކަ އެ ކްލަބުން ދޮގުކޮށްފި
13 ޖޫން 2017

ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި

13 ޖޫން 2017
ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި
12 ޖޫން 2017

ބާސާއަށް ބަދަލުވާން އުޅޭ ވާހަކައަށް ކުޓީނިއޯ ރައްދުދީފި

12 ޖޫން 2017
ބާސާއަށް ބަދަލުވާން އުޅޭ ވާހަކައަށް ކުޓީނިއޯ ރައްދުދީފި
10 ޖޫން 2017

ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ

10 ޖޫން 2017
ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ
08 ޖޫން 2017

ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި

08 ޖޫން 2017
ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު