Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ރައީސުންގެ މާލީ އިނާޔަތް

ކޮވިޑް-19: ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް ލިބޭ މާލީ އިނާޔަތްތައް މުރާޖައާ ކުރަން މަޖިލީހަށް ހުށަހަޅައިފި

17 މެއި 2020 | އާދީއްތަ 10:05

ކުރީގެ ރައީސް މައުމޫނަށް މާލީ އިނާޔަތުގެ ގޮތުގައި 300،000ރ ދައުލަތުން ކޮންމެ މަހަކު ޚަރަދު ކުރަންޖެހޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 17 މެއި 2020 | އާދީއްތަ 10:05
ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ހަތަރު ރައީސުން: (ވ-ކ) ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ކުރީގެ ރައީސް ޑރ. މުހައްމަދު

ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ހަތަރު ރައީސުން: (ވ-ކ) ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ކުރީގެ ރައީސް ޑރ. މުހައްމަދު

ކޮވިޑް-19 އާގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ދައުލަތުގެ އެންމެހާ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުން އުނިކުރުމަށް ނިންމާފައި ވާތީ، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ބޭފުޅުންނަށް ދޭ އިނާޔަތުގެ ފައިސާ މުރާޖައާ ކުރުމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ، ކޮވިޑް-19 އާއި ގުޅިގެން ދައުލަތުގެ ބަޖެޓުން މުވައްޒަފުންނަށް ހިނގާ ޚަރަދު ކުޑަކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް އުސޫލުތަކެއް ކަނޑައަޅުއްވައި، ރައްޔިތުންގެ މަޖިލީހުން އެކަމާމެދު ދެކޭގޮތް ކަނޑައެޅުއްވައި ދެއްވުމަށް މަޖިލީހަށް ލިޔުމެއް ފޮނުއްވާފަ އެވެ.

Advertisement - newsAdvertisement

އެ ލިޔުމުގައި އިތުރު ދެކަމެއް ފިނޭންސް މިނިސްޓަރ އަމީރު ވަނީ ފާހަގަ ކުރައްވާފަ އެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނުގެ 9 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުގެ މަތިން، މިދަނޑިވަޅުގައި އެފަރާތްތަކަށް ދޭ އިނާޔަތުގެ ފައިސާ ރައްޔިތުންގެ މަޖިލީހުން މުރާޖަޢާ ކޮށްދެއްވުމަށް އެދިވަޑައިގަންނަވާފަ އެވެ.

މީގެއިތުރުން، ދައުލަތުން ޚަރަދު ކުރާ ގޮތަށް އެއް އިދާރާއަށްވުރެ ގިނަ އިދާރާއިން ޕެންޝަން ނުވަތަ ރިޓަޔަރމަންޓް އިނާޔަތް ލިބޭ ފަރާތްތަކަށް މިހާރު ލިބެމުންދާ އިނާޔަތްތަކުގެ ތެރެއިން އެއް ސްކީމް އިޚުތިޔާރު ކުރުން ހިމެނެއެވެ.

ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، ދައުލަތުން މުސާރައާއި އިނާޔަތްތަކަށް ކުރާ ޚަރަދުތައް ކުޑަ ކުރުމަށްޓަކައި މިކަންކަމަށް ރިއާޔަތް ކުރައްވައި، މަޖިލީހުން އެ ފިޔަވަޅުތައް އެޅޭނެ މަގު ފަހިކޮށްދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން އެފިޔަވަޅުތައް އެޅުމަށް ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައްވެސް ގެނެސް ދެއްވުމަށް ފިނޭންސް މިނިސްޓަރ އަމީރު ވަނީ ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގަންނަވާފަ އެވެ.

ރައީސުލްޖުމްހޫރިއްކަން ކުރައްވާފައިވާ ހަތަރު ބޭފުޅުން ތިއްބަވަ އެވެ. އެއީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލު ކުރެއްވުމަށްފަހު، ވެރިކަމަށް އަރާވަޑާއިގެންނެވި، ޑރ. މުހައްމަދު ވަޙީދު ހަސަންމަނިކު، ކުރީގެ ރައީސް މުހައްމަދު ނަޝީދު، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު، މިވަގުތު ހުންނެވީ، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާ މެންބަރުގެ ގޮތުގައި، އަދި މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ، މަނީ ލޯންޑަރިންގ މައްސަލައެއް ސާބިތުގެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ނެވެ. މީގެއިތުރުންވެސް އެމްއެމްޕީއާރުސީގެ 1.23 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ އިތުރުންވެސް ގިނަ މައްސަލަތަކެއްގެ ތުހުމަތުތަކެއް ކުރެވިފައިވާއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ދެ މައްސަލައެއް ރައީސް ޔާމީންގެ މައްޗަށް ފުލުހުން ތަހުގީގު ހިންގަމުންވެސް ދެއެވެ.

ކުރީގެ ރައީސް މައުމޫން ހުންނެވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރާއެކު ކޯލިޝަން ހައްދަވައިގެން ނެވެ. އަދި އެމްއާރުއެމް ކިޔާ ސިޔާސީ ޕާޓީއެއް ވަނީ ދާދިފަހުން އުފައްދަވާފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ނައިބު ރައީސްގެ މަގާމުގައި ހުންނަވައި، ސިފައިންނާއި ފުލުހުން މެދުވެރިކޮށް، އަދި އޭރު ސިޔާސީ އިދިކޮޅު ފަރާތްތަކާ ގުޅިގެން ވެރިކަން ބަދަލުކޮށް، ވެރިކަމަށް އަރާވަޑައިގެންނެވި ވަހީދު ގިނަ އިން ދިރިއުޅުއްވަނީ ރާއްޖެއިން ބޭރުގަ ކަމަށް ވެއެވެ.

ދައުލަތުންގެ ބަޖެޓުން ކުރީގެ ރައީސުންނަށް ބޮޑެތި ޚަރަދުތަކެއް ކުރާކަމަށް ވެއެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނުގައި މާލީ އިނާޔަތުގެ ގޮތުގައި ކޮންމެ މަހަކު 50،000ރ، އަދި އެއް ދައުރަށްވުރެ ގިނަ ދައުރުކޮށްފައިވާ މީހަކަށް މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 75،000ރ ދައުލަތުން ދޭން ޖެހެއެވެ. އަދި ދިރިއުޅޭނެ ތަނުގެ ޚަރަދުގެ ގޮތުގައި، ކޮންމެ މަހަކު 50،000ރ ދޭން ޖެހެއެވެ. މީގެއިތުރުން އޮފީސް ހިންގުމުގެ ޚަރަދުގެ ގޮތުގައި ކޮންމެ މަހަކު 175،000ރ ވެސް ދައުލަތުން ހަމަޖައްސައި ދޭން ޖެހެއެވެ.

މިގާނޫނު ބުނާގޮތުން ކުރީގެ ރައީސް މައުމޫން ފިޔަވާ ދެން ތިއްބެވި ތިން ރައީސުންނަށް ކޮންމެ ރައީސަކަށް ކޮންމެ މަހަކު 275،000ރ ހަމައެކަނި މާލީ އިނާޔަތުގެ ގޮތުގައި ދައުލަތުން ޚަރަދު ކުރެއެވެ.

ކުރީގެ ރައީސް މައުމޫންއަށް ކޮންމެ މަހަކު ދައުލަތުން 300،000ރ ރުފިޔާ ދައުލަތުން ޚަރަދު ކުރާނެ އެވެ. އަދި އެއީ ހަމައެކަނި މާލީ އިނާޔަތުގެ ގޮތުންނެވެ.

އެހެންކަމުން މި ހަތަރު ރައީސުންނަށް ދައުލަތުން ކޮންމެ މަހަކު 1،125،000ރ (އެއް މިލިއަން އެއްލައްކަ ފަންސަވިސްހާސް ރުފިޔާ) މާލީ އިނާޔަތުގެ ގޮތުގައި ދައުލަތުން ޚަރަދު ކުރަންޖެހެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް