Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެސްޓީއޯ

އެސްޓީއޯއަށް ފުރަތަމަ ކުއަރޓަރގެ ފައިދާގެ ގޮތުގައި 358 މިލިއަން ރުފިޔާ

2019 ވަނަ އަހަރުގެ ފަހު ކުއަރޓަރގައި އެސްޓީއޯގެ ފައިދާ ހުރީ 329 މިލިއަން ރުފިޔާގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 17 މެއި 2020 | އާދީއްތަ 00:04
އެސްޓީއޯއަށް މިއަހަރުގެ ފުރަތަމަ ކުއަރޓަރ ގައި ވަނީ ފައިދާވެފައި

އެސްޓީއޯއަށް މިއަހަރުގެ ފުރަތަމަ ކުއަރޓަރ ގައި ވަނީ ފައިދާވެފައި

އެސްޓީއޯއަށް މިއަހަރުގެ ފުރަތަމަ ކުއަރޓަރ ގައި ފައިދާގެ ގޮތުގައި 358 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެސްޓީއޯއިން ނެރެފައިވާ ފުރަތަމަ ކުއަރޓަރގެ ކުއަރޓަރލީ ރިޕޯޓުން ދައްކާ ގޮތުގައި މިއީ މިދިޔަ އަހަރަށް ވުރެ، 29 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. 2019 ވަނަ އަހަރުގެ ފަހު ކުއަރޓަރގައި އެސްޓީއޯގެ ފައިދާ ހުރީ 329 މިލިއަން ރުފިޔާ ގައެވެ. އެހެންކަމުން މިއަހަރުގެ ފުރަތަމަ ކުއަރޓަރގައި 9 އިންސައްތަ މިދިޔަ ކުއަރޓަރ އާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށް ރިޕޯޓުން އެނގެ އެވެ.

އެސްޓީއޯ އަށް މިއަހަރުގެ ފުރަތަމަ ކުއަރޓަރގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.5 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއަރޓަރުގައި ލިބުނު 2.4 ބިލިއަން ރުފިޔާގެ އާމްދަނީ އަށް ވުރެ ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އެސްޓީއޯ އިން ބުނީ 2020 ވަނަ އަހަރު އެސްޓީއޯގެ ހުރިހާ ވިޔަފާރިތަކުން ލިބުނު އާމްދަނީ ރަނގަޅުކަމަށެވެ. އެހެން ނަމަވެސް ކުއަރޓަރ ނިމެންދަނިކޮށް ދިމާވި ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ކުރިޔަށް އޮތްތަނުގައި ވިޔަފާރިތަކަށް އަސަރުކުރާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

މި ވަގުތު ސަމާލުކަން ދީފައިވަނީ އެންމެ އަސާސީ ކާބޯތަކެއްޗާއި، ތެލާއި ބޭސް އަދި އެނޫންވެސް މިވަގުތަށް އެންމެ ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ކަމަށް އެސްޓީއޯއިން ބުނެ އެވެ.

ފުރަތަމަ ކުއަރޓަރ ގައި އޮޕަރޭޓިންގ ޕްރޮފިޓްގެ ގޮތުގައި ހުރީ 159 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ ފަހު ކުއަރޓަރ ގައި އޮޕަރޭޓިންގ ޕްރޮފިޓް ހުރީ 98 މިލިއަން ރުފިޔާ އެވެ. މި ކުއަރޓަރ ގައި ޓެކްސް އަށް ކެނޑުމުގެ ކުރީގެ ފައިދާއަކީ 138 މިލިއަން ރުފިޔާ އެވެ.

އެސްޓީއޯއަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 422 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި އެއީ 2018 ވަނަ އަހަރާއި އަޅާބަލާއިރު 63 އިންސައްތައިގެ ކުރިއެރުމެކެވެ.

އިތުރަށް ކިޔާލަން

30 ޖޫން 2017

އިންޑިއާގައި ފުރަތަމަ ފަހަރަށް ވިޔަފާރިތަކުން ޖީއެސްޓީ ނަގަން ނިންމައިފި

30 ޖޫން 2017
އިންޑިއާގައި ފުރަތަމަ ފަހަރަށް ވިޔަފާރިތަކުން ޖީއެސްޓީ ނަގަން ނިންމައިފި
27 މެއި 2017

ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި

27 މެއި 2017
ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި
09 މެއި 2017

ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި

09 މެއި 2017
ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި
20 އެޕްރީލު 2017

ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

20 އެޕްރީލު 2017
ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ
19 އެޕްރީލު 2017

އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި

19 އެޕްރީލު 2017
އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު