Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ޗައިނާގެ ފެކްޓްރީތަކުގެ މަސައްކަތް ފެށުން

ޗައިނާގެ ފެކްޓްރީތައް ހުޅުވާލާ، މިއަހަރު ފުރަތަމަ ފަހަރަށް އުފެއްދުންތެރިކަން މައްޗަށް

ކާރުހާނާތަކުން އުފައްދާ އުފެއްދުންތައް އޭޕްރީލް މަހު ވަނީ 3.9 އިންސައްތަ އިތުރުވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 15 މެއި 2020 | ހުކުރު 18:10
ޗައިނާގައި އޮޕްޓިކަލް ފައިބަރ އުފައްދާ ކާރުހާނާއެއްގައި މަސައްކަތްކުރަނީ

ޗައިނާގައި އޮޕްޓިކަލް ފައިބަރ އުފައްދާ ކާރުހާނާއެއްގައި މަސައްކަތްކުރަނީ

ޗައިނާގެ ފެކްޓްރީތަކުން އުފައްދާ އުފެއްދުން މިއަހަރު ފުރަތަމަ ފަހަރަށް މައްޗަށް ގޮސްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގައި ދެވަނަ އަށް އެންމެ ބޮޑު އިގްތިޞާދު މަޑުޖެހުމަށް ފަހު މިހާރު ވަނީ އުފެއްދުންތެރިކަން މަޑުމަޑުން އިތުރުވާން ފަށާފަ އެވެ. އެހެންނަމަވެސް ވަޒީފާ ގެއްލިފައިވާ މީހުންގެ އަދަދު އިތުރު ވެފައިވާތީ އެއްޗެހި ގަންނަ ނިސްބަތްވަނީ ނިސްބަތުން ދަށްވެފަ އެވެ.

ކާރުހާނާތަކުން އުފައްދާ އުފެއްދުންތައް އޭޕްރީލް މަހު ވަނީ 3.9 އިންސައްތަ އޭގެ ކުރީ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު އިތުރުވެފަ އެވެ. އެއީ މީގެކުރިން އަންދާޒާ ކުރި އަދަދަށްވުރެ 1.5 އިންސައްތަ އިތުރު އަދަދެކެވެ.

ލޮކްޑައުންގައި ޖެނުއަރީން ފެށިގެން އޭޕްރިލް މަހާ ހަމައަށް އޮތުމަށްފަހު ޗައިނާ އިން މިހާރު އަންނަނީ އިގްތިޞާދު ހުޅުވާލަމުންނެވެ. އެގޮތުން ތެލާއި، ކޯލް، މައުދަން އަދި ކަރަންޓު އުފައްދާ އުފެއްދުން ވަނީ މިހާރު މައްޗަށް ޖެހިލާފަ އެވެ. އެ ތަންތަނުގެ މަސައްކަތްތައް އޭޕްރީލް މަހު ވަނީ ފަށާފަ އެވެ.

ޗައިނާއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސަރވިސް ސެކްޓަރގެ މަސައްކަތްތައް ކުރިޔަށް ނުގެންދެވުމެވެ. ސަބަބަކީ މުޅި ދުނިޔެއަށް ކޮވިޑް-19 ގެ އަސަރު ކޮށްފައިވުމާއި ޗައިނާ ނޫން އެހެން ގިނަ ގައުމުތަކަކަށް މިވަގުތު ކޮވިޑް-19 ގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާތީ އެވެ.

އެ ގައުމުތަކުގެ އިގްތިޞާދު އަދި ހުޅުވާނުލާތީ ޗައިނާއިން އެކި ކަހަލަ ސަރވިސްތައްދޭ ކުންފުނިތަކުގެ މަސައްކަތްތައް އަދިވެސް ފެށޭގޮތެއް ނުވެ އެވެ. އަންނަ ހަފުތާގައި ޗައިނާގެ ޤާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުން އޮންނައިރު ސިޔާސަތުތައް ހަދާ މީހުންނަށް މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެގައުމުގެ ވަޒީފާ ގެއްލިފައިވާ މިހުންގެ އަދަދު އިތުރުވުމެވެ.

1992 ވަނަ އަހަރުގެ ފަހުން ޗައިނާގެ އިގްތިޞާދު ފުރަތަމަ ފަހަރަށް މިއަހަރު ދަށަށްދިޔައީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅިފިޔަވަޅުތަކުގެ ތެރޭގައި ފެކްޓްރީތަކާއި ފިހާރަތައް ބަންދުކުރުމާއި ގުޅިގެންނެވެ.

އިގްތިޞާދީ މަސައްކަތައް ހުޅުވާލިނަމަވެސް އުފެއްދުންތައް އުފައްދާ ކާރުހާނާތަކަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެހެން ގައުމުތަކުން އޯޑަރު ދީފައިވާ ތަކެތި އޯޑަރުތައް ކެންސަލް ކުރަމުންދާތީ އެވެ. އެއާއެކު ޑިމާންޑް މިވަނީ ދަށަށްދާން ފަށާފަ އެވެ. ޑިމާންޑް ދަށަށްދާން ފެށުމުން އަގުތައް ވަނީ ދަށަށްދާން ފަށާފަ އެވެ. އެގޮތުން މިހަފުތާގެ ކުރީކޮޅު އެއީ ފާއިތުވި ހަތަރު އަހަރު ތެރޭގައި ތަކެތީގެ އަގުތައް އެންމެ ދަށަށް ދިޔަ ފަހަރެވެ.

އެހެންނަމަވެސް އޭޕްރީލް މަހު ސިއްހީ އާލާތްތަކަށް އޮތް ޑިމާންޑް އިތުރުވަމުން އެތަކެތި އެކްސްޕޯޓް ކުރި މިންވަރު ވަނީ އިތުރުވެފަ އެވެ. އޭޕްރީލް މަހު ޗައިނާއަށް އިމްޕޯޓްކުރި ތަކެތިވެސް ވަނީ ދަށަށްގޮސްފަ އެވެ. އޭގެ މާނައަކީ ޗައިނާގެ އެތެރޭގައިވެސް ތަކެއްޗަށް ޑިމާންޑް އޮތްވަރު ވަނީ ދަށަށްގޮސްފައި ކަމެވެ.

އެކްސްޕޯޓަށް އައި ހީނަރުކަމާއެކު ކާރުހާނާތަކުގެ ވަޒީފާގެ މާކެޓަށްވެސް ވަނީ އަސަރުކޮށްފަ އެވެ. ވަޒީފާ ގެއްލެމުންދާ މީހުންގެ އަދަދު އަދިވެސް އަންނަނީ އިތުރު ވަމުންނެވެ.

ޗައިނާގައި އޭޕްރީލް މަހު ވަޒީފާ ގެއްލުނު މީހުންގެ އިންސައްތަ ވަނީ 6.0 ށް އިތުރުވެފަ އެވެ. އެއީ މަރޗް މަހާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި

ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި

27 މެއި 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި

އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި

19 އެޕްރީލު 2017
ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި

ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި

30 މާރިޗު 2017
ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

29 މާރިޗު 2017

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު