ދިއްގަރު މަސްވެރިން ބާނާ މަސްތައް ވިއްކޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަނީ
15 މެއި 2020 | ހުކުރު 17:59ކޮވިޑް-19އާ ގުޅިގެން މަސްވެރިކަމަށް ވަނީ ބޮޑު ހީނަރުކަމެއް އައިސްފައި


ދިއްގަރަކީ މަސްވެރިކަމަށް ބަރޯސާވެފައިވާ ރަށެއް
މ. ދިއްގަރުގެ މަސްވެރިންގެ ބާނާ މަސްތައް ވިއްކޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އެރަށުގެ ކައުންސިލުން ބުނެފި އެވެ.
ދިއްގަރަކީ މަސްވެރިކަމަށް ބަރޯސާވެފައިވާ ރަށެކެވެ. އަދި އެރަށުގެ ގިނަ ރައްޔިތުން އާމްދަނީ ހޯދުމަށް މައިގަނޑު ގޮތެއްގައި ކުރާ މަސައްކަތަކީ އެއީ އެވެ. ނަމަވެސް ކޮވިޑް-19އާ ގުޅިގެން މަސްވެރިން ބާނާ މަސް ވިއްކުމުގައި ދަތިތަކެއް އެބަހުރި ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ރާއްޖެޓީވީގެ ކޮވިޑް-19 ކަވަރޭޖަށް ދެއްވި ބަސްތީގަތުމެއްގައި ދިއްގަރު ކައުންސިލްގެ ރައީސް އަހުމަދު ނިޝާން ވިދާޅުވީ މަސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް މިހާލަތުގައި މިފަދަ ދަތި އުދަނގޫތައް ކުރިމަތިވާނެކަން ރައްޔިތުން ގަބޫލު ކުރާކަން އޭނާ ފާހަގަކުރެއްވި އެވެ.
ނިޝާން ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން މަސްވެރިކަމަށް ވަރަށް ބޮޑު ހީނަރު ކަމެއް އައިސްފައިވާ ކަމަށެވެ.
ނިޝާން ވިދާޅުވީ މަސްވެރިން ބާނާ މަސް ވިއްކޭނެ ގޮތެއް ހަމަޖެއްސުމަށްޓަކައި ކައުންސިލުން ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި އުއްމީދު ކުރަނީ ކުރިއަށް އޮތް ދުވަސްތަކުގައި ރަނގަޅު ވެގެންދާނެ ކަމަށެވެ.







