Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕާޓީތަކުގެ މަޝްވަރާ

ސަރުކާރުން މަޝްވަރާ އަށް ގޮވާލަނީ ބޭރު ދުނިޔެއަށް އޮޅުވާލުމަށް: ހަސަން ލަތީފު

ސަރުކާރުގައި ތިބި ފަރާތްތަކަށްވެސް އިދިކޮޅު ފަރާތްތަކާ ގުޅުމަށް ވަނީ ގޮވާލައްވާފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 4 އެޕްރީލު 2017 | އަންގާރަ 23:07
ހަސަން ލަތީފު ފަލަ ސުރުހީ ޕްރޮގްރާމުގައި

ހަސަން ލަތީފު ފަލަ ސުރުހީ ޕްރޮގްރާމުގައި

ރައީސް ޔާމީން ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ފެށުމަށް ގޮވާލައްވާފައިވަނީ ބައިނަލްއަގްވާމީ ފަރާތްތަކުން އަންނަ ފިއްތުންތަކުގެ ސަބަބުން އެފަރާތްތަކުގެ ލޮލުގާ އަނދުންއެޅުވުމަށް ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަަވަމުން، ހަސަން ލަތީފު ވިދާޅުވީ، އެމްޑީޕީން އަތޮޅުތަކަށް ކުރަމުން ގެންދާ ދަތުރުގައި މި ސަރުކާރު ކަމުނުދާކަން މުޅި ރާއްޖޭގެ ރައްޔިތުން އިއްތިފާގުވާކަން އެނގޭކަމަށެެވެ.

ހަސަން ވަނީ، އިދިކޮޅު ސިޔާސީ ޕާޓީތަކުން ގުޅިގެން މުހިއްމު މަސައްކަތްތަކެއް ފެށިގެން ކުރަމުންދާކަން ފާހަގަ ކުރައްވާފައެވެ. އެވެ.

"ރައްޔިތުންނަށް ހިތްވަރު ލިބިއްޖެ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގައި ހިނގާދިޔަ ކަންކަމުން. ގުޅިފައިވާ ޕާޓީތަކުން ކުރިއަށް ގެންދާ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދޭ." ހަސަން ލަތީފު ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސްވެރިންނަށް ތަފާތު އެތަށް ފިއްތުންތަކެއް ކުރިމަތި ކުރުމަށް ކަމަށެެވެ. އެހެން ނަމަވެސް ކިތަންމެ ފިއްތުންތަކެއް ކުރިމަތި ކުރުވި ނަމަވެސް އިދިކޮޅު ފަރާތްތަކުން ޖެހިލުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޚާއްސަކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ކުރިމަތި ކުރުވަމުންދާ ފިއްތުންތައް ހަސަން ފާހަަގަކުރެއްވި އެެވެ. އެ ފިއްތުންތަކަށް އެމަނިކުފާނު ޖެހިލުން ނުވާކަމަށާއި ސާބިތުކަމާ އެކު އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.

"ހަތަރު ލީޑަރުން އެއްގަލަށް އަރައިގެން މަސައްކަތް ކުރަން ފަށާނީ ހަމަގައިމުވެސް ގޯސްތަކެއް ހުރެގެން. ރައީސް ޔާމީނަކީ ދުނިޔޭގައި ހުރި އެންމެ ގަދަ ލީޑަރެެއް ނޫން. އެގޮތަށް ގަބޫލު ކޮށްގެންވެސް ނުވާނެ. ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން އެއްކޮށް މަސައްކަތް ކުރަން ފެށުމުން ރައީސް ޔާމީނަށް ގިނިކަންޏާ ހުންނަވާ މަސައްކަތް ކުރައްވާކަށް ފަސޭހަ ނުވާނެ." ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން މިހާރު މަސައްކަތް ކުރައްވަން ޖެހިވަޑައިގެންފައިވަނީ ގިނިކަންޏާ ކަމަށާއި އެމަކިފާނަށް ކުރިމަތިވެ ވަޑައިގަންނަވާ ފިއްތުންތައް ހުއްޓުވުމަށް ސިޔާސީ ގޮތުން ހަރަކާތްތެރިވާ މީހުންނާއި، އެކްޓިވިސްޓުންނާއި ނޫސްވެރިންނަށް ހުރަސް ތަކާއި ފިއްތުންތައް ކުރިމަތިކުރަައްވަމުން ގެންދަވާ ކަމަށެެވެ.

ހަސަން ވިދާޅުވީ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނެއްކާވެސް ހުށަހެޅޭނެ ކަމަށާއި ދެން އެކަން ކުރެވިގެންދާނީ ކާމިޔާބު ކުރެވޭނެ ގޮތަށް ކަމަށެެވެ. ރޯލް ކޯލް އަކަށް ނުދިޔަ ނަމަ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ އިދިކޮޅު ފަރާތްތަކަށް ކާމިޔާބުވާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އޮތް ކަަމަށް އޭނާ ވިދާޅުވި އެވެ.

ހަސަން ލަތީފު ވިދާޅުވީ ސަރުކާރުން މަޝްވަރާގެ ވާހަކަ ދައްކަނީ ކޮންމެ ފަހަރުވެސް އިދިކޮޅު ފަރާތްތަކުގެ ޕްރެޝަރު ބޮޑުވެގެން، ބޭރުން އަންނަ ފިއްތުންތަކުގައި މަތި އެޅުމުގެ ބޭނުމުގައި ކަމަށެެވެ.

"ބޭރުގެ ފަރާތްތަކަށް ވަރަށް ރަނގަޅަށް އެގިލައްވާ ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތް. އެއްވެސް ކަމެއް އޮޅިފައެއް ނޯންނާނެ.އެކަން އަންނަނީ އަޅުގަނޑުމެންގެ ތެެރެއިން އެފަރާތްތަކާ ހިއްސާކުރަމުން." ހަސަން ވިދާޅުވި އެވެ.

ހަސަން ވަނީ، ރައީސް ޔާމީނުގެ އޮޑި ފެތެމުން އަންނަ ކަމަށް ވިދާޅުވެ، ސަރުކާރުގައި ތިބި ފަރާތްތަކަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކާ ގުޅުމަށް ގޮވާލައްވާފަ އެެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

ޖަންކްޝަންތައް މައްސަލަޖެހި، ނަޖިސް ބޭރުވަނީ

14 ޖެނުއަރީ 2017
ޖަންކްޝަންތައް މައްސަލަޖެހި، ނަޖިސް ބޭރުވަނީ
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު