Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑާއި ގުޅިގެން މަތިވެރީގައި އަޅާފައިވާ ފިޔަވަޅު

މަތިވެރި ކައުންސިލްގެ އެންގުމާއި ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރަނީ

މަދު ބައެއްގެ ފަރާތުން ކައުންސިލްގެ އެންގުތަކާއި ޚިލާފަށް ޢަމަލުތަށް ބަހައްޓާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 މެއި 2020 | ހުކުރު 02:01
އއ. މަތިވެރި؛ އެންގުމާއި ހިލާފުވާނަމަ ނަސޭޙަތްތެރިވުމަށްފަހު 500 ރުފިޔާއާއި 5000 ރުފިޔާއާއި ދެމެދުގެ އަދަދުން ޖޫރިމަނާކުރެވޭނެ

އއ. މަތިވެރި؛ އެންގުމާއި ހިލާފުވާނަމަ ނަސޭޙަތްތެރިވުމަށްފަހު 500 ރުފިޔާއާއި 5000 ރުފިޔާއާއި ދެމެދުގެ އަދަދުން ޖޫރިމަނާކުރެވޭނެ

ކޮވިޑް-19 އާއި ގުޅިގެން އއ. މަތިވެރި ކައުންސިލުން އަންގާފައިވާ އެންގުމާއި ޚިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމަށް މަތިވެރި ކައުންސިލުން ބުނެފިއެވެ.

މަތިވެރި ކައުންސިލުން ބުނީ ޒަރޫރީ ބޭނުމެއް ނެތި ރަށުތެރޭގައި ނޫޅުމަށް އަންގާ އިޢުލާނުކޮށްފައިވީ ނަމަވެސް މަދު ބައެއްގެ ފަރާތުން ކައުންސިލްގެ އެންގުތަކާއި ޚިލާފަށް ޢަމަލުތަށް ބަހައްޓާތީވެ، މިކަން މިގޮތަށް ނުކުރުމަށް އަންގާ ކަމަށެވެ. މިގޮތުން ޟަރޫރީ ބޭނުމެއް ނެތި ހަވީރުގެ ގަޑިތަކާއި އެހެނިހެން ގަޑިތަކުގައި މީހުން މަގުމަތީގައި ނިކުމެ އުޅުމާއި ފިނިބުރު ޖެހުމަށް ސައިކަލް ދުއްވާ ހެދުމަކީ މަނާކަމެއް ކަމަށް ބުނެފައި ވެއެވެ.

މަތިވެރި ކައުންސިލުން ބުނީ މިއެންގުތަކާއި ޚިލާފުވާ ފަރާތްތަށް ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން އެފަރާތަކަށް ނަސޭޙަތްތެރިވުމަށް ފަހު 500 ރުފިޔާއާއި 5000 ރުފިޔާއާއި ދެމެދުގެ އަދަދުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

މަތިވެރި ކައުންސިލުން ކޮވިޑް-19 އާއި ގުޅިގެން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މާލެއާއި މާލެކައިރި ޞަރަޙައްދުން 14 އޭޕްރީލްގެ ފަހުން އެ ރަށަށް ދަތުރުކޮށްފައިވާ ފަރާތްތަކުން 14 ދުވަސް ވަންދެން ގޭގައި މަޑުކުރުމަށް ވަނީ އަންގާފައެވެ.

އަދި ޒަރޫރީ ބޭނުންތަކުގައި މެނުވީ އެއްރަށުން އަނެއްރަށަށް އަރާފޭބުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މަނާކުރުމާއިގުޅިގެން މަތިވެރިއަށް ޒަރޫރީ ބޭނުންތަކުގައި އަންނަ ފަރާތްތަކުން ވަކި ނަންބަރުތަކަށް ގުޅާ މަޢުލޫމާތު ޙިއްސާ ކުރުމަށް ވަނީ އެދިފައެވެ. ނަންބަރުތަކަކީ 9665188، 9907298، 7772549 އަދި 9997886 އެވެ.

މީގެ އިތުރުން ދިރިއުޅޭ ގޭބިސީ ފިޔަވާ އެހެން އެއްވެސް ތަނެއްގައި އެއްވެ އުޅުމާއި ޙާއްޞަކޮށް ޕާޓީތަކާއި، ޙަފުލާތަށް ބޭއްވުމާއި، ދަތުރު ދިޔުމާއި، މޫއްދަށް އެރުމާއި، ކުޅިވަރު ކުޅުމާއި، ގުރޫޕް ހަދާފައި އުޅުމަކީ މަނާކަމެއް ކަމަށް ވަނީ އަންގާފަ އެވެ. އަދި ބަލިން ރައްކާތެރިވުމުގެ ގޮތުން ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝާދުތަކާއި އެއްގޮތަށް ހުރިހާ ވަގުތެއްގައި ވެސް ޢަމަލުކުރުމާއި ޒަރޫރީ ބޭނުންތަކަށް ތަންތަނަށް ގޮސް އުޅުމުގައި ވެސް މީހުންނާއި 3 ފޫޓަށް ގައިދުރުކަން ބެހެއްޓުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން މާލެއިންނާއި، ރިސޯޓުތަކުންނާއި، ސަފާރިތަކުން ރަށަށް ދަތުރުކޮށްފައިވާ ފަރާތްތަކުން ކެއްސުމާއި ހުންއައުން އަދި ނޭވާއަށް އުނދަގޫވުން ފަދަ ކޮވިޑް-19 ގެ ޢަލާމާތެއް ހުިނަމަ، ލަސްނުކޮށް 1676 ނަންބަރާއި ގުޅާ ނުވަތަ މެސެޖަކުން މަޢުލޫމާތު ޙިއްސާކުރުމަށް ވަނީ އެދިފައެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު