Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕެރޯލް ބޯޑުގެ ބައްދަލުވުންތައް

ޕެރޯލް ބޯޑްގެ ބައްދަލުވުންތައް އޮންލައިންކޮށް ކުރިއަށް ގެންދަން ފަށައިފި

ޤައިދީންނާއި އިންޓަވިއު ކުރުން ކުރިއަށް ގެންގޮސްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 މެއި 2020 | ބުރާސްފަތި 23:49
ޕެރޯލް ބޯޑުގެ ބައްދަލުވުންތައް އޮންލައިންކޮށް ކުރިއަށްގެންދަނީ- ބުރާސްފަތި ދުވަހުވެސް ބައެއް ޤައިދީންނާ އިންޓަރވިއު ކޮށްފައިވޭ

ޕެރޯލް ބޯޑުގެ ބައްދަލުވުންތައް އޮންލައިންކޮށް ކުރިއަށްގެންދަނީ- ބުރާސްފަތި ދުވަހުވެސް ބައެއް ޤައިދީންނާ އިންޓަރވިއު ކޮށްފައިވޭ

ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު ގެ ދަށުން އުފައްދާފައިވާ ޕެރޯލް ބޯޑުގެ ބައްދަލުވުންތައް އޮންލައިންކޮށް ކުރިއަށް ގެންދަން ފަށައިފި އެވެ.

ބުރާސްފަތި ދުވަހު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން ކުރި ޓްވީޓެއްގައި ބުނީ، ކޮވިޑް-19 އާއި ގުޅިގެން ޕެރޯލް ބޯޑްގެ ބައްދަލުވުންތައް މެދުކެނޑިފައި ވީނަމަވެސް، އޮންލައިންކޮށް އަނެއްކާވެސް ބައްދަލުވުންތައް ކުރިއަށް ގެންދަން ފަށާފައިވާ ކަމަށެވެ.

އެގޮތުން ބުރާސްފަތި ދުވަހުގެ ބައްދަލުވުމުގައި ޤައިދީންނާއި އިންޓަވިއު ކުރުން ކުރިއަށް ގެންގޮސްފައިވާކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު ޕެރޯލް ބޯޑުގެ ބައްދަލުވުންތައް އަލުން ފަށާފައިވާއިރު، ޖަލު ބަންދުގައިވާ ޤައިދީންގެ ތެރެއިން މިހާތަނަށް ޕެރޯލްއާއި ކްލެމެންސީ ހަމަވެފައި ތިބި ފަރާތްތަކަށް ލަސްނުކޮށް އެ ފުރުޞަތު ފަހި ކޮށްދިނުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑެ ޖެންޑަރ ކޮމިޓީން ވެސް ވަނީ ގޮވާލާފަ އެވެ.

އެގޮތުން ކޮވިޑް-19 ފެތުރިއްޖެ ޙާލަތެއްގައި ޖަލުތަކަށް ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ޖަލުގެ އާބާދީކަން ފާހަގަކޮށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވަނީ، މިހާރުވެސް ބޮޑެތި ޖަލުތަކުގައި އެތަނެއްގެ ޖާގައަށްވުރެ %40 އިތުރަށް މީހުން ގައިދުކޮށްފައިވާ ކަމަށެވެ. އަދި އެއާއެކު ޕެރޯލް ޙައްޤުވާ ފަރާތްތަކަށް ލަސްނުކޮށް އެ ފުރުސަތު ފަހިކޮށްދެވިއްޖެނަމަ އެކަމަށް ކޮންމެސް ވަރެއްގެ ހައްލެއް އަންނާނެކަމަށް ބުނެފައި ވެއެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ

20 ފެބުރުއަރީ 2017
ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ
12 ފެބުރުއަރީ 2017

އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

12 ފެބުރުއަރީ 2017
އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު