Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމްނެބަރު ތިޔާޒް މާލެވަޑައިގަތުން

ރިޔާޒް މާލެ ވަޑައިގެންނެވުމުގައި ސުލޫކީ މައްސަލައެއް ނެތް ކަމަށް ކޮމިީޓީން ނިންމައިފި

13 މެއި 2020 | ބުދަ 23:40

ރިޔާޒް މާލެ ވަޑައިގެންނެވީ ހުއްދަ ލިބިގެންކަން ފުލުހުންގެ ލިޔެކިޔުމުން އިނގޭ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 13 މެއި 2020 | ބުދަ 23:40
ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް

ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް

މާލޭ ލޮކްޑައުންކޮށްފައި ވަނިކޮށް, ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް މާލެ ވަޑައިގެންނެވުމުގައި ސުލޫކީ މައްސަލައެއް ފާހަގަވެފައި ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކް ކޮމިޓީން ނިންމައިފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން މުޅި ރާއްޖެ ލޮކްޑައުންކޮށް، އެއް ރަށުން އަނެއް ރަށަށް މީހުން ދަތުރުކުރުން މަނާކޮށްފައި ވަނިކޮށް، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު މާލެ ވަޑައިގެންނެވި މައްސަލަ މަޖިލީހުގެ ކޮމިޓީން ބައްލަވައިދެއްވުމަށް އެދި ހުށަހަޅުއްވާފައިވަނީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް އެވެ.

Advertisement - newsAdvertisement

ސިރާޖް ހުށަހެޅުއްވި ސިޓީގައި މާލެ ލޮކްޑައުން ކުރެވިފައިވާ ދަނޑިވަޅެއްގައި މާލެ އަންނަން މެންބަރު ރިޔާޒަށް ހުއްދަ ދީފައިވޭތޯ އާއި ހުއްދަ ދީފައިވާ ނަމަ، ހުއްދަދީފައި ވަނީ "ކޮންމެހެން މާލެ އަންނަންޖެހޭ" ޖެހޭ ސަބަބެއް ދިމާވެގެން ތޯ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމެޓީން ބަލާ މިކަން ސާފުކޮށް ދެއްވުމަށް އެދިފައި ވެއެވެ. އަދި މިކަމަކީ މެންބަރުގެ ސުލޫކާ ގުޅޭ އަމަލެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ސިރާޖު ފޮނުއްވި ސިޓީގައި ވެއެވެ.

މި މައްސަލަ ބެލުމަށް ބުދަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ ރިޔާޒް މާލެ ވަޑައިގެންނެވީ ހުއްދަ ލިބިގެންކަން ފުލުހުންގެ ފަރާތުން ދީފައިވާ ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ. އަދި މެމްބަރު ރިޔާޒަށް ހުއްދަ ލިބިފައި ވަނީ "ގޭޖް" ކިޔާ ކުންފުންޏަކުން އެދުނު ހުއްދައިގެ ދަށުން ކަމަށާއި، ރިޔާޒް މާލެ ވަޑައިގަތީ އާންމު ރައްޔިތެއްގެ ހައިސިއްޔަތުން ކަމަށް ނާޒިމް ވިދާޅުވި އެވެ.

ރިޔާޒް މާލެ ވަޑައިގެންފައިވަނީ ނުފޫޒްގެ ބޭނުންކުރައްވައިގެން ނޫންކަން އެނގެން އޮތް ކަމަށާއި އެހެންކަމުން ރިޔާޒްގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ކަނޑައެޅައިދިނުމަށް ނާޒިމް ވަނީ ހުށަހަޅުއްވާފަ އެވެ.

ނާޒިމްގެ ހުށަހެޅުއްވުމަށް ވޯޓަށް އެހުމުން އެންމެ މެންބަރެއް ފިޔަވާ ދެން ތިއްބެވި ހުރިހާ މެންބަރުން ވަނީީ ތާއީދު ކުރައްވައި ވޯޓުދެއްވާފަ އެވެ. އަދި ރިޔާޒް މާލެ ވަޑައިގަތުމުގައި ސުލޫކީ މައްސަލައެއް ނެތްކަމަށް ކަނޑައަޅައި އެމައްސަލަ ވަނީ ކޮމީޓީން ނިންމާފަ އެވެ.

ރިޔާޒު މާލެ ވަޑައިގަތުމަށް ހުއްދަ ދެވުމާއި ގުޅިގެން ވަރަށް ގިނަ އާންމު ރައްޔިތުން ވަނީ އެކަމުގެ ނުރުހުން ފާޅުކޮށްފަ އެވެ. އަދި ރިޔާޒު އަށް މާލެ ވަޑައިގަތުމުގެ ހުއްދަ ދެވިގެން ދިޔައީ ކޮން އުސޫލެއްގެ ތެރެއިން ކިހާވަރަކަށް ހާލަތު ބެލުމަށްފަހުގައި ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފަ އެވެ.

މިކަމާއި ގުޅިގެން ފުލުހުން ކުރިން ބުނެފައިވަނީ ރިޔާޒް މާލެ ވަޑައިގަތީ ވަކި ހާއްސަ ހުއްދައެއް ދެވިގެން ނޫން ކަމަށާއި އެއީ އެންއީއޯސީގެ ތެރެއިން ޤާއިމުކުރެވިފައިވާ އުސޫލުތަކާއި އެއްގޮތަށް ދެވިފައިވާ ހުއްދައެއް ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް