Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކޮވިޑް-19 އާ ބޮލީވުޑް

ކޮވިޑް-19 އާ ގުޅިގެން ޔަޝްރާޖް ފިލްމު ޕްރޮޑަކްޝަނަށް 50 އަހަރު ފާހަގަކުރުމުގެ ހަރަކާތްތައްވެސް ފަސްކޮށްފި

13 މެއި 2020 | ބުދަ 05:27

ފާއިތުވި އަހަރުތަކުގެ ތެރޭގައި ޔަޝްރާޖު ފިލްމުތަކުން ފެނުނު މަޝްހޫރު ތަރިން ފީޗަރ ކުރުމަށް ވަނީ ހަމަޖެހިފަ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 13 މެއި 2020 | ބުދަ 05:27
ޕްރޮޖެކްޓް 50 ގައި ހިމެނޭ ބައެއް ތަރިން

ޕްރޮޖެކްޓް 50 ގައި ހިމެނޭ ބައެއް ތަރިން

ބޮލީވިޑަށް ކާމިޔާބު ފިލްމުތަކެއް އަދި ކާމިޔާބު ތަރިންތަކެއް ނެރެމުންދާ ޔަޝް ރާޖް ފިލްމު އުފެދުނުތާ 50 އަހަރު ފާހަގަ ކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ކަންކަން ކޮވިޑް-19 އާ ގުޅިގެން ފަސްކޮށްފި އެވެ.

ކޮވިޑް-19 އިންޑިޔާގައި ހަލުވިކަމާއެކު ފެތުރެމުންދާއިރު އެގައުމު މިވަގުތު އޮތީ ލޮކްޑައުން ކޮށްފަ އެވެ. އެއާއެކު ކުރިޔަށް ރޭވިފައި ހުރި ޝޫޓިންގ ތަކާއި އަޅުވަން ހުރި ފިލްމުތައްވެސް ވަނީ ފަސްކޮށްފަ އެވެ. ޕްރޮޖެކްޓް 50 ގެ ނަމުގައި ޔަޝް ރާޖް ފިލްމު ޕްރޮޑަކްޝަން ހައުސް އަށް 50 އަހަރު ފާހަގަ ކުރުމަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަންކަން ފަސްކޮށްފައިވާކަން އެ ޕްރޮޑަކްޝަން ހައުސް އިން ވަނީ ބުނެފަ އެވެ.

ޕްރޮޖެކްޓް 50 ގެ ނަމުގައި ކުރިޔަށްގެންދާ ކަންކަމުގެ ތެރޭގައި ފާއިތުވި އަހަރުތަކުގެ ތެރޭގައި ޔަޝްރާޖު ފިލްމުތަކުން ފެނުނު މަޝްހޫރު ތަރިން ފީޗަރ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެތެރޭގައި ޝާހު ރުކް ޚާން، ސަލްމާން ޚާން، ރަންވީރު ސިން، ދީޕިކާ ޕަދުކޯން، ކެޓްރީނާ ކައިފް، ރިތިކް ރޯޝަން އަދި އެހެން ތަރިން ހިމެނެއެވެ. މީގެއިތުރުން އާމިރު ޚާން ފަދަ ތަރިންގެ އެމީހުންގެ ތަޖުރިބާ ހިއްސާކުރުމަށް ފީޗަރ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ނަމަވެސް މިހަރަކާތްތައް މިހާރު ވަނީ ލޮކްޑައުންގެ ސަބަބުން ފަސްކޮށްފަ އެވެ. ޕްރޮޖެކްޓް 50 ގެ ކުރިޔަށް ޔަޝް ރާޖުން ނެރުމަށް ހަމަޖެހިފައިވާ ބޮޑެތި ފިލްމުތައް އިއުލާން ކުރުމަށްވެސް ވަނީ ހަމަޖައްސާފަ އެވެ. އަދި ބޮލީވުޑްގެ އޭ ލިސްޓް އެކްޓަރުންގެ މެސެޖްތައް ރިކޯޑް ކުރުގެ ކަންކަން ސްޓޫޑިއޯއިން މީގެކުރިން ކުރިޔަށް ގެންދިޔަ ކަމަށާއި ނަމަވެސް ލޮކްޑައުންގެ ސަބަބުން މިހާރު އެމަސައްކަތްވެސް މަޑުޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

މި ހަރަކާތްތައް ކުރިޔަށް ގެންދާނެ ތާރީޚެއް އަދި ކަނޑައެއް ނާޅައެވެ. އެއީ މިކަންކަން ކުރިޔަށް ގެންދެވޭނީ މިކަންކަމުގައި ޝާމިލުވާ އެކްޓަރުންނަށްވެސް ވަގުތުދެވޭ މިންވަރަކަށް ކަމަށްވާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންނަމަވެސް ޕްރޮޖެކްޓް 50 ގެ ހަރަކާތްތަކާއި އުފައްދާނެ ފިލްމުތައް ޖޫން ނުވަތަ ޖުލައި މަހު އިއުލާންކުރާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

"ޖޮލީ އެލްއެލްބީ 2" އަކްޝޭގެ އެންމެ ކާމިޔާބް ފަސް ފިލްމުގެ ތެރޭގައި ހިމެނިއްޖެ

21 ފެބުރުއަރީ 2017
"ޖޮލީ އެލްއެލްބީ 2" އަކްޝޭގެ އެންމެ ކާމިޔާބް ފަސް ފިލްމުގެ ތެރޭގައި ހިމެނިއްޖެ
14 ފެބުރުއަރީ 2017

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ
12 ފެބުރުއަރީ 2017

ބިރުވެރި ފިލްމު "މޯނާ ޑާރލިން" ނުބެލުމަށް މަހޭޝް ބަޓް އެދެފި

12 ފެބުރުއަރީ 2017
ބިރުވެރި ފިލްމު "މޯނާ ޑާރލިން" ނުބެލުމަށް މަހޭޝް ބަޓް އެދެފި
25 ޖެނުއަރީ 2017

ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ

25 ޖެނުއަރީ 2017
ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ
24 ޖެނުއަރީ 2017

ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ

24 ޖެނުއަރީ 2017
 ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ
17 ޖެނުއަރީ 2017

ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟

17 ޖެނުއަރީ 2017
ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟
12 ޖެނުއަރީ 2017

ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" ގެ ތަރިން މުމްބާއީއަށް

12 ޖެނުއަރީ 2017
ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" ގެ ތަރިން މުމްބާއީއަށް
11 ޖެނުއަރީ 2017

ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި

11 ޖެނުއަރީ 2017
ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި
10 ޖެނުއަރީ 2017

ފިލްމު "ކޮންގް: ސްކަލް އައިލޭންޑް" ގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި

10 ޖެނުއަރީ 2017
ފިލްމު "ކޮންގް: ސްކަލް އައިލޭންޑް" ގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި
10 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ފިލްމު އެސޯސިއޭޝަން އޮތީ "ޕެރަލައިޒް" ވެފައި ކަމަށް މުހައްމާ އިއުތިރާފް ވެއްޖެ

10 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ފިލްމު އެސޯސިއޭޝަން އޮތީ "ޕެރަލައިޒް" ވެފައި ކަމަށް މުހައްމާ އިއުތިރާފް ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް