Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ ކެޕޭސިޓީ

ދުވާލެއްގެ މައްޗަށް 1000 އަށް ވުރެ ގިނަ ޓެސްޓު ކުރެވޭތޯ މަސައްކަތް ކުރަނީ

25،000 ކާޓްރިޖް މިމަހުގެ ފަހުކޮޅު ލިބޭވަރުވާނެ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 12 މެއި 2020 | އަންގާރަ 23:11
އައިޖީއެމްއެވްގެ ލެބުގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ މަސައްކަތުގެ ތެރެއިން

އައިޖީއެމްއެވްގެ ލެބުގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ މަސައްކަތުގެ ތެރެއިން

ދުވާލެއްގެ މައްޗަށް 1000 އަށް ވުރެ ގިނަ ޓެސްޓު ކުރެވޭ ވަރަށް ޓެސްޓިން ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ން ބުނެފި އެވެ.

އެގޮތުން، އަންގާރަ ދުވަހުގެރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިހާރު ޓަރގެޓްކޮށްފައިވަނީ ދުވާލެއްގެ މައްޗަށް 1000 ޓެސްޓު ހެދުމަށް ކަމަށެވެ.

Advertisement - newsAdvertisement

ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ކުއްލި އަކަށް ކޮވިޑް-19 ގެ ކޭސްތަކުގެ އަދަދުތައް އިތުރުވެދާނެ ކަމަށް އަންދާޒާ ކުރެވޭއިރު ދުވާލެއްގެ މައްޗަށް 1000 ސާމްޕަލް ޓެސްޓުކުރެވިގެން ނޫނީ އެންމެ އެދެވޭ ނަތީޖާ ނުނިކުންނާނެ ކަމަށް ކުރީގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ޑރ. ޝީނާ މޫސާ ވަނީ ވިދާޅުވެފަ އެވެ.

މި މަހުގެ ތެރޭގައި ޖީންއެކްސްޕަރޓް މެޝިން ކަރޓްރިޖުތަކެއް ރާއްޖެ ގެނެވުމާއިއެކު، ޓެސްޓިންގް ކެޕޭސިޓީ އިތުރު ކުރެވޭނެ ކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ އަލަށް ގެންނަން މަސައްކަތް ކުރާ މެޝިންތަކުން ޓެސްޓު ހެއްދުމަށް ވެސް ފަސޭހަވާނެކަމަށެވެ.

މަބްރޫކް ވިދާޅުވީ އަލަށް ގެންނަ މެޝިންތަކުން ޓެސްޓުކުރެވޭ ސާމްޕަލްގެ އަދަދު ވެސް އިތުރުވާނެ ކަމަށާއި، ޓެސްޓު ކުރުމަށް ބޭނުންވާ ލެބޯޓްރީ ޓެކްނިޝަނުންވެސް މަދުވާނެ ކަމަށެވެ. އަދި މި މެޝިންތަކުގެ ސަބަބުން ދުވާލެއްގެ މައްޗަށް ހާހެއްހާ ސާމްޕަލް ނެގެންވާނެ ކަމަށެވެ.

މަބްރޫކް މީގެކުރިން ވިދާޅުވެފައިވަނީ ދުވާލެއްގެ މައްޗަށް 600 ޓެސްޓު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި 600 ޓެސްޓު ކުރުމުގެ އަމާޒަށް ވާސިލުވުމަށް ބޭނުންވާ މެޝިންތައް މި މަހުގެ 16 ވަނަ ދުވަހު ރާއްޖެ ގެނެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ހެލްތު މިނިސްޓްރީގެ ފަރާތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 25،000 ޖީން އެކްސްޕާޓް ކާޓްރިޖް ޑަބްލިއުއެޗްއޯގެ ފަރާތުން ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ކަރޓްރިޖްތައް މިމަހުގެ ފަހުކޮޅު ލިބޭވަރުވާނެ ކަމަށް ލަފާކުރެވޭ ކަަމަށްވެސް މީގެކުރިން މަބްރޫކް ވަނީ ވިދާޅުވެފަ އެވެ.

ޓެސްޓު ކުރެވޭ އަދަދު މަދުވުމަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އަދި މިކަން ހައްލުކުރުމަށް، ޓެސްޓިންގ ކެޕޭސިޓީ އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު