Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖިނާޢީ މައްސަލަތައް ތަހުޤީގުކުރުން

ޖިނާއީ ބޮޑެތި މައްސަލަތައް ތަޙްޤީޤްކުރުމުގައި ޢަމަލުކުރާނެގޮތުގެ އިރުޝާދެއް ޕީޖީން އެކުލަވާލައިފި

12 މެއި 2020 | އަންގާރަ 21:20

އަންގާރަ ދުވަހުން ފެށިގެން މި އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް ވަނީ އަންގަވާފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 12 މެއި 2020 | އަންގާރަ 21:20
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް: ޖިނާއީ އަދުލުގެ ނިޒާމް ހަރުދަނާކުރަން ގިނަ މަސައްކަތްތަކެއް ކުރައްވާ

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް: ޖިނާއީ އަދުލުގެ ނިޒާމް ހަރުދަނާކުރަން ގިނަ މަސައްކަތްތަކެއް ކުރައްވާ

ޖިނާއީ ބޮޑެތި މައްސަލަތައް ތަޙްޤީޤްކުރުމުގައި ޢަމަލުކުރާނެގޮތުގެ އިރުޝާދެއް ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވާލައްވައި އެއަށް އަމަލު ކުރެއްވުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އަށް އަންގަވައިފި އެވެ.

ޕީޖީ އޮފީހުން މި އުސޫލު އެކުވަލާލާފައި ވަނީ ޤާނޫނުއަސަސާސީގެ 223 ވަނަ މާއްދާގެ (ރ) ގެ ދަށުން ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލުތަކާ ގުޅިގެން ބަލާ ބެލުންތަކާއި ހިންގާ ތަޙުޤީޤުތައް ބަލައި އެ ކަންކަން ހިންގަނީ ޤާނޫނާ އެއްގޮތަށްތޯ ބެލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

Advertisement - newsAdvertisement

މި އުސޫލުގެ މަގުސަދަކީ ޖިނާއީ ޢަދުލުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤްކުރާ ޖިނާއީ ބޮޑެތި މައްސަލަތަކާ ގުޅިގެން ޢަމަލުކުރަންޖެހޭ ގޮތުގެ އިރުޝާދެއް އެކުލަވާލުމެވެ. އަންގާރަ ދުވަހުން ފެށިގެން މި އުސޫލަށް ޢަމަލުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ އަންގަވާފަ އެވެ.

ޕީޖީ އޮފީހުން ބުނީ "ޖިނާއީ ބޮޑެތި މައްސަލަތަކުގައި ޢަމަލުކުރާނެ ގޮތުގެ އިރުޝާދު" ގެ ދަށުން، ޤާނޫނު ނަންބަރު: 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނޫ) ގެ ދަށުން ތަޙްޤީޤްކުރާ މައްސަލައަކާއި، ޖިނާއީ ބޮޑެތި މައްސަލަތަކާ ގުޅިގެން މީހަކު ބަންދުކުރެވިފައިވާނަމަ، މަދުވެގެން ހަފްތާއަކު އެއް ފަހަރު މައްސަލައިގެ ތަޙްޤީޤްގައި ހޯދިފައިވާ ކުރިއެރުންތަކާއި، ތަޙްޤީޤްގައި ކުރުމަށް ޤަޞްދުކޮށްފައިވާ ކަންކަން އެނގޭގޮތަށް، ތަޙްޤީޤްގެ މިސްރާބު ޕްރޮސިކިއުޓަރ ޖެނެރަލްއާ ޙިއްޞާކުރަން ޖެހެ އެވެ.

އަދި އެފަދަ މައްސަލައެއްގެ ތުހުމަތުކުގައި މީހަކު ހައްޔަރުކޮށްފައި ނުވާނަމަ، ނުވަތަ ހައްޔަރުކުރުމަށްފަހު ދޫކޮށްލާފައިވާނަމަ ކޮންމެ 15 ދުވަހަކުން މި ކަންކަން ޕްރޮސިކިއުޓަރ ޖެނެރަލްއާ ޙިއްޞާކުރަން ޖެހެ އެވެ.

މި އިރުޝާދުގެ ދަށުން ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތަޙްޤީޤް ނިންމުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާއިރު، އެ މައްސަލައިގެ ތަޙްޤީޤް ކުރިއަށްދިޔަ ގޮތާއި، މިސްރާބު ހުރި ގޮތާއި، ތަޙްޤީޤަށް ހޯދިފައިވާ އަސާސީ މަޢުލޫމާތާއި، ހޯދިފައިނުވާ މަޢުލޫމާތަކީ ކޮބައިކަމާއި، އެ މަޢުލޫމާތު ހޯދިފައި ނުވާ ސަބަބާއި، އެ މައްސަލައާ ގުޅިގެން އިތުރަށް ސާފުކުރަންޖެހޭ ކަމެއް ވާނަމަ އެކަންކަން ހިމެނޭ ބަޔާނެއް ތަޙްޤީޤްކުރިފަރާތުން ހުށަހަޅަންޖެހެ އެވެ.

އޭގެ އިތުރުން، މައްސަލައިގެ ވަށައިގެންވާ ކަންކަމުގެ ތެރެއިން އަދަބަށް އަސަރުކޮށްފާނެ ކަންކަމުގެ މަޢުލޫމާތާއި، މައްސަލާގައި ހިމެނޭ ހެކިންނަށް ނުރަނގަޅު ނުފޫޒެއް ފޯރާފާނެކަމުގެ އިޙްތިމާލު އޮތްނަމަ، އެކަމުގެ މަޢުލޫމާތާއި، އެ މައްސަލައާ ގުޅޭގޮތުން ތަޙްޤީޤްކުރި ފަރާތުން ދެކޭގޮތް ބަޔާންކުރަންޖެހެ އެވެ.

މި އިރުޝާދާއި ގުޅޭ ގޮތުން ޕީޖީ ކުރައްވާފައިވާ ޓްވީޓްގައި ގިނަ އޮފިސަރުންތަކެއް ފުރިހަމަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ވަނީ ފާހަގަ ކުރައްވާފަ އެެވެ.

މި އިރުޝާދުގެ ބޭނުމަކީ އޮނިގަނޑުގެ ތެރެއަށް ފެއްތުން ކަމަށާއި އެއް އަމާޒަކަށް ވާސިލްވުމަށް ފުލުހުންނާއި ވީހާވެސް ގާތުން ޕްރޮސެކިއުޓަރުން މަސައްކަތް ކުރައްވަން ޖެހޭ ކަމަށް ޕީޖީ ވިދާޅުވި އެވެ. ތަފާތު ކުރުމެއް ނެތި މައްސަލަތައް ބެލުމަކީ ހޯދައިދެވޭ އިންސާފެއްކަން ޕީޖީ ވަނީ ފާހަގަ ކުރައްވާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި
12 ފެބުރުއަރީ 2017

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!

12 ފެބުރުއަރީ 2017
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް