Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލޭގައި ތާށިވެފައި ތިބި ރައްޔިތުން

ސިއްހީ ބޭނުމަށް ރަށްރަށުން މާލެ އައި 1400ށް ވުރެ ގިނަ މީހުން ނަން ނޯޓު ކޮށްފައިވޭ

މިހާތަނަށް 5000ށް ވުރެ ގިނަ ޝަކުވާ ލިބިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 މެއި 2020 | އަންގާރަ 12:17
ރަށްރަށަށް ފުރަން ބޭނުންވެގެން މިހާތަނަށް 5000ށް ވުރެ ގިނަ ޝަކުވާ ހުށައަޅާފައިވޭ، އެ ޝަކުވާތައް މިހާރު އެލްޖީއޭއިން ދަނީ ބަލަމުން

ރަށްރަށަށް ފުރަން ބޭނުންވެގެން މިހާތަނަށް 5000ށް ވުރެ ގިނަ ޝަކުވާ ހުށައަޅާފައިވޭ، އެ ޝަކުވާތައް މިހާރު އެލްޖީއޭއިން ދަނީ ބަލަމުން

ރަށްރަށުން މާލެ އައިސް ތިބި މީހުންގެ ތެރެއިން ޞިއްޙީ ބޭނުމަށް މާލެ އައިސް އެނބުރި ރަށަށް ދާން ބޭނުންވާ 1400ށް ވުރެ ގިނަ މީހުން އެބަތިބިކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިތީ (އެލްޖީއޭ)އިން ބުނެފިއެވެ.

އަންގާރަ ދުވަހު ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ، ޞިއްޙީ ބޭނުމަށް މާލެ އައި 1400ށް ވުރެ ގިނަ މީހުންނާއި ރިސޯޓުތަކުން އައިސް މާލޭގައި ތާށިވި 363 މީހެއްގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އެގޮތުން ޞިއްޙީ ބޭނުމަށް މާލެ އައިސް ރަށަށް ނުދެވިފައި ތިބި 1444 މީހުން ނަން ނޯޓު ކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ނަން ނޯޓުކޮށްފައިވާ މީހުންގެ މަޢުލޫމާތު ވެރިފައިކޮށް ޔަޤީން ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، ރަށްރަށަށް ފޮނުވުމުގައި ޢަމަލު ކުރަމުންދަނީ އެކަމަށްޓަކައި އެކުލަވާލި މިންގަނޑުގެ ތެރެއިން ކަމަށެވެ.

އޭގެ އިތުރުން، މާލޭގައި ތާށިވެފައި ތިބި މީހުންނާއި ގުޅޭގޮތުން އެކިއެކި އެޖެންސީތަކުން ލިބިފައިވާ ލިސްޓު އެއްކުރުމުގެ މަސައްކަތް އެލްޖީއޭއިން ކުރަމުންދާއިރު، މިހާތަނަށް 5000ށް ވުރެ ގިނަ ޝަކުވާ ލިބިފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި މާލޭގައި ދިރިއުޅޭ މީހުންނާއި، ވަޒީފާ ގެއްލިފައި ތިބި މީހުންވެސް ހިމެނޭކަމަށް ޝަރީފް ވިދާޅުވި އެވެ.

އެލްޖީއޭއިން އެހެން ބުނެފައިވާއިރު، ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ރަށްރަށުގައި ޤާއިމު ކުރެވިފައިވާ ފެސިލިޓީތައް ބޭނުންކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށާއި، އިތުރު ގޮތެއް ނިންމަންދެން ކުރިއަށް އޮތް ދުވަސްތަކުގައި ބޭނުންކުރާނީ ހަމައެކަނި "ޓްރާންސިޓް" ކަރަންޓީން ފެސިލިޓީތައް ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު ވެސް ވިދާޅުވެފައި ވެއެވެ.

އަދި މިހާރު ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކަށް ނަގާފައި ހުރި ރިސޯޓުތަކުގެ ޖާގަ ހުރި ވަރަކުން އެތަންތަނަށް ގެންގޮސް 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށްފަހު، ޓެސްޓު ހެދުމަށްފަހު މެނުވީ ރަށަށް ނުދެވޭނެކަން ސަރުކާރުން މީގެ ކުރިން ހާމަކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު