Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާއިން ރާއްޖެއަށް އެހީވުން

އިންޑިއާއިން ރާއްޖެއަށް ދެއްވާ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާ ކުރައްވައިފި

12 މެއި 2020 | އަންގާރަ 08:42

އިންޑިއާއިން ރާއްޖެއަށް ޒަރޫރީ ކާބޯތަކެތި ފޯރުކޮށްދީފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 މެއި 2020 | އަންގާރަ 08:42
އިންޑިއާއިން ރާއްޖެއަށް އެކި ގޮތްގޮތުން އެހީވަމުންދާއިރު، ރައީސް ޞާލިޙު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި އިންޑިއާގެ ރައްޔިތުންނަށް ޝުކުރު ދަންނަވާފައި

އިންޑިއާއިން ރާއްޖެއަށް އެކި ގޮތްގޮތުން އެހީވަމުންދާއިރު، ރައީސް ޞާލިޙު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި އިންޑިއާގެ ރައްޔިތުންނަށް ޝުކުރު ދަންނަވާފައި

ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް އަވައްޓެރި އިންޑިއާއިން ރާއްޖެއަށް ވެދެމުންދާ އެހީތެރިކަން ފާހަގަ ކުރައްވައި އެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ޝުކުރު އަދާ ކުރައްވައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީވުމަށް "މިޝަން ސާގަރު" ގެ ނަމުގައި އިންޑިއާއިން ލޯންޗުކުރި ޙަރަކާތުގައި އަންގާރަ ދުވަހު ފުރަތަމަ މަންޒިލެއްގެ ގޮތުން ރާއްޖެއަށް ޒަރޫރީ ކާބޯތަކެތި ފޯރުކޮށްދީފައިވާއިރު، ރައީސް ޞާލިޙު ކުރެއްވި ޓްވީޓެއްގައި ވަނީ އެކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭގޮތުން ރައީސް ޞާލިޙު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 ގެ މި ބަލިމަޑުކަމުގެ ތެރޭގައި އިންޑިއާއަކީ ރާއްޖޭގެ ޙަޤީޤީ ރަޙުމަތްތެރިއެއް ކަމަށެވެ. ޚާއްޞަ ގޮތެއްގައި އިންޑިއާގެ އަސްކަރީ މަނަވަރެއްގައި ރާއްޖެއަށް އަންގާރަ ދުވަހު ފޯރުކޮށްދިން ޒަރޫރީ ކާބޯތަކެއްޗަކީ މި ދަނޑިވަޅަށް ނުހަނު ބޭނުންތެރި އެހީއެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އިންޑިއާއިން ރާއްޖެއާމެދު ބަހައްޓާ ގާތްކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އިންޑިއާގެ ރައްޔިތުންނަށްވެސް ޚާއްޞަ ޝުކުރެެއް އަރިސްކުރައްވާ ކަމަށެވެ.

އިންޑިއާއިން ރާއްޖެއަށް ގެނައި 580 ޓަނުގެ އެހީގެ މި ޝިޕްމަންޓުގައި 200 ޓަނުގެ ހަނޑޫ، 140 ޓަނުގެ ގޮދަން ފުށް، 90 ޓަނުގެ ހަކުރު އަދި 120 ޓަނުގެ ރީނދޫ މުގުގެ އިތުރުން 26 ޓަނުގެ ފިޔާ ހިމެނޭނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނެފައިވެއެވެ.

ރާއްޖެއަށް މިތަކެތި ފޯރު ކޮށްދިނުމަށްފަހު، މި މަނަވަރު އިތުރު 4 ޤައުމަކަށް ދަތުރު ކުރުމަށް ހަމަޖެހިފައިވެއެވެ. އެއީ މޮރީޝަސް، ސީޝެލްސް، މަޑަގަސްކަރ އަދި ކޮމޮރޯސްއެވެ.

އިންޑިއާއިން ވަނީ ފާއިތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އެކި ގޮތްގޮތުން ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ޞިއްޙީ މާހިރުންގެ ޓީމެއް ރާއްޖެއަށް ފޮނުވުމާއި، ބޭހުގެ ޝިޕްމެންޓްތައް ފޮނުވުމާއި، ވޫހާންގައި ތާށިވެފައި ތިބި ދިވެހިން އަނބުރާ ރާއްޖެ އަށް ގެނެސްދިނުމުގައި އެހީތެރިވުމާއި، ކޮވިޑް-19 ބަލިމަޑުކަމުން ސަލާމަތް ވުމުގައި އިންޑިއާއިން ބޭނުން ކުރާ އުކުޅުތަކާއި ޢިލްމު ހިއްސާކުރުން ހިމެނެއެވެ.

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
19 ފެބުރުއަރީ 2017

ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

19 ފެބުރުއަރީ 2017
ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
13 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

13 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް