Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަށްރަށަށް ދާން ބޭނުންވާ ފަރާތްތައް

ރަށަށް ގޮސްގެން ބަލި ފެތުރިއްޖެނަމަ މާ ދަތިވާނެ: އަލީ ވަހީދު

12 މެއި 2020 | އަންގާރަ 00:17

ރަށްރަށުގައި ޤާއިމު ކުރެވިފައިވާ ފެސިލިޓީތައް ބޭނުންކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައިވޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 12 މެއި 2020 | އަންގާރަ 00:17
ހުޅުމާލެ ފެރީ ޓާރމިނަލްގައި ކަރަންޓީނުން އައި ފަރާތްތައް ކާރުތަކަށް އަރަނީ

ހުޅުމާލެ ފެރީ ޓާރމިނަލްގައި ކަރަންޓީނުން އައި ފަރާތްތައް ކާރުތަކަށް އަރަނީ

ކޮވިޑް-19 އާއި ގުޅިގެން ރަށްރަށަށް ދާން ބޭނުންވާ މީހުންގެ އަދަދު 10،000ށް ވެސް އަރާނެކަމަށާއި މި ދަނޑިވަޅުގައި ކެއްތެރިކަން އިސްކުރެއްވުމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު އިލްތިމާސްކުރައްވައިފި އެވެ.

ރާއްޖެޓީވީގެ ކޮވިޑް-19 ކަވަރޭޖަށް ދެއްވި ހާއްސަ ބަސްތީގަތުމެއްގައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، މާލެ ސިޓީގައި ބަލި ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރަށަށް ދާން ބޭނުންވާ ފަރާތްތަކަށް ތަކްލީފްތަކާއި ކުރިމަތިލާންޖެހޭކަން ގަބޫލުކުރާކަމަށާއި އެންމެ ފުރަތަމަ ލިސްޓު ލިބުން އިރު 1000 މީހުންވެސް ލިސްޓުގައި ނެތްކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް މިހާރު ރަށަށް ދާން ބޭނުންވާ މީހުންގެ އަދަދު 5000ށް އަރާފައިވާކަމަށާއި ކުރިޔަށް އޮތް ތަނުގައި ދާން ބޭނުންވާ މީހުންގެ އަދަދު 10،000ށް ވެސް އަރާނެކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. މިނިސްޓަރ ވަނީ ރަށަށް ދާން ބޭނުންވާ ފަރާތްތައް ކެއްތެރިކަން އިސްކުރުމަށް މިނިސްޓަރ އިލްތިމާސްކުރައްވާފަ އެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ތާށިވެފައި ތިބި ފަރާތްތައް އުޅެމުންދަނީ ވަރަށް ދަތި ހާލުގައިކަން ގަބޫލުކުރައްވާކަމަށާއި ނަމަވެސް، ރަށަށް ގޮސްގެން ބަލި ފެތުރި ކޮންޓްރޯލް ނުކުރެވިއްޖެނަމަ އިތުރަށް ދަތިވާނެކަމަށެވެ.

ސަރުކާރުގެ އަމާޒަކީ މިހާރު ހަމަޖެހިފައިވާ 1000 ކަރަންޓީން ޖާގައިގައި 14 ދުވަހު ހަމަކުރުމަށްފަހު ޓެސްޓްގެ ނަތީޖާ ނެގެޓިވްވުމުން އެފަރާތްތަކަށް ރަށަށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމެވެ. ރަށަށްދާން ބޭނުންވެގެން މިހާރު އެދިފައިވާ ފަރާތްތައް "ކްލިއަރ" ކުރަމުން ދާނެކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ކުރިޔަށް އޮތް ދެ ހަފްތާގައި ހާލަތު ބަދަލުވެ، ރަށްރަށުގައި ހުރި ފެސިލިޓީސްތަކަށް ދިއުމުގެ ހުއްދަ މެޑިކަލް ބޯޑުން ދެއްވައިފިކަމުގައިވާނަމަ، ރަށްރަށުގައި ހުންނަ ގެސްޓްހައުސްގައި ކަރަންޓީންވެ 14 ދުވަސް ހަމަކޮށް ނެގެޓިވްވުމުން ރިލީޒްކުރާ ޕޮލިސީއާއި ހަމަޔަށް ދާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ރަށްރަށުން މާލެ އައިސް ތިބި މީހުންގެ ތެރެއިން އެނބުރި ރަށަށް ދާން ބޭނުންވާ 5000 މީހުން މިހާރު ނަން ނޯޓުކޮށްފައި ވެއެވެ. މީގެ ތެރޭގައި އިސްކަންދެވޭ ތަރުތީބެއް އޮންނައިރު، މިހާރު ރަށަށް ދާން އެދެވޭ ފަރާތްތަކުގެ ލިސްޓުގައި ބައެއް ފަރާތްތައް ނުހިމެނޭ ކަމަށް ބުނެ އެ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

13 މާރިޗު 2017

ބަލި މީހުން ކައިރިއަށް ކުޑަކުދިން ނުގެންދިއުމަށް އައިޖީއެމްޗުން އެދިއްޖެ

13 މާރިޗު 2017
ބަލި މީހުން ކައިރިއަށް ކުޑަކުދިން ނުގެންދިއުމަށް އައިޖީއެމްޗުން އެދިއްޖެ
12 މާރިޗު 2017

އެއް ދުވަސްތެރޭގައި ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި

12 މާރިޗު 2017
އެއް ދުވަސްތެރޭގައި  ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި
05 މާރިޗު 2017

މާލެ ގެނެވޭނެ ގޮތެއް ހަމަނުޖެހި، ހާލުބޮޑު ބަލިމީހެއް ވިލިނގިލީގައި މަރުވެއްޖެ!

05 މާރިޗު 2017
މާލެ ގެނެވޭނެ ގޮތެއް ހަމަނުޖެހި، ހާލުބޮޑު ބަލިމީހެއް ވިލިނގިލީގައި މަރުވެއްޖެ!
28 ފެބުރުއަރީ 2017

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި
22 ފެބުރުއަރީ 2017

ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ

22 ފެބުރުއަރީ 2017
ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ
15 ފެބުރުއަރީ 2017

ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް

15 ފެބުރުއަރީ 2017
ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް
15 ފެބުރުއަރީ 2017

އެމްޔޫއޯގެ މަސައްކަތުން ރައީސް ޔާމީން ވަނީ ބަލިކަށިވެ، އެކަހެރިވެފައި: ހަސަން ލަތީފް

15 ފެބުރުއަރީ 2017
އެމްޔޫއޯގެ މަސައްކަތުން ރައީސް ޔާމީން ވަނީ ބަލިކަށިވެ، އެކަހެރިވެފައި: ހަސަން ލަތީފް
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް