Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19: ބިދޭސީންގެ މައްސަލަ ޙައްލުކުރުން

ބިދޭސީން ގެންގުޅޭ ބޮޑެތި ކުންފުނިތަކުގެ އެހީއަށް ސަރުކާރުން އެދިއްޖެ

11 މެއި 2020 | ހޯމަ 12:50

ކުންފުނިތަކުގެ އެހީތެރިކަން ހޯދަނީ ބިދޭސީންގެ ކަންކަން އިންތިޒާމު ކުރުމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 11 މެއި 2020 | ހޯމަ 12:50
ހޯމް މިނިސްޓަރު އިމްރާން، ގިނަ ބައެއްގެ އެއްބާރުުލުން ލިބެމުންދާކަން ފާހަގަކުރެއްވި

ހޯމް މިނިސްޓަރު އިމްރާން، ގިނަ ބައެއްގެ އެއްބާރުުލުން ލިބެމުންދާކަން ފާހަގަކުރެއްވި

ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ބޮޑެތި ކުންފުނިތަކުގެ އެހީތެރިކަމަަށް ދިވެހި ސަރުކާރުން އެދިއްޖެއެވެ.

ހޯމަ ދުވަހު ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވީ މާލެސިޓީގައި އެކަނި ވެސް ގިނަ ޢަދަދެއްގެ ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުންދާ ކަމަށާއި، ބިދޭސީންގެ ކަންކަން މެނޭޖުކުރުމަށް އުދަނގޫތައް ކުރިމަތިވާ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް ކޮވިޑް-19ގެ ވައިރަސް ކޮންޓްރޯލް ކުރުމަށް ބިދޭސީންގެ 'ކޮމިއުނިޓީ' އަށް ޚާއްޞަ ސަމާލުކަމެއްދޭން ޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު އިމްރާން ވިދާޅުވީ ކުރިއަށް އޮތް މިދުވަސްތަކުގައި އިތުރަށް ސަމާލުވެ، ރައްކާތެރިވުމަށް އެންއީއޯސީން ތަކުރާރުކޮށް އިލްތިމާސް ކުރަމުންދާ ކަަމަށާއި، މިދަނޑިވަޅުގައި ގިނަ ބައެއްގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

ކޮވިޑް-19 ކޮންޓްރޯލްކޮށް ނައްތާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ބިދޭސީންގެ ކަންކަން ވެސް ޚާއްސަ ގޮތެއްގައި މޮނިޓަރ ކުރަމުންދާ މިދަނޑިވަޅުގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ބޮޑެތި ކުންފުނިތަކުގެ ބޮޑު އެހީތެރިކަމާ އެއްބާރުލުން ބޭނުންވާ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ އިތުރަށް އެޅޭނެ ފިޔަވަޅުތަކާއި، ޢަމަލުކުރާ އުޞޫލުތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނަ ޢަދަދެއްގެ މީހުންނަކީ ބިދޭސީންނެވެ. އޭގެ ތެރޭގައި މިފަދަ ތަންތަނުން ފެނިފައިވާ ކްލަސްޓަރތައް ގިނަ އެވެ. އަދި މިފަދަ ބައެއް ތަންތަނުން ނެގި ސާމްޕަލްތަކުގެ 100 އިންސައްތަ ޕޮޒިޓިވްވެފައިވާ ކަމަށް މީގެކުރިން ވަނީ ހާމަވެފަ އެވެ.

މިތަންތަނުގައި ދިރިއުޅޭ މީހުންނަށް ސަރުކާރުން ގާއިމުކޮށްފައިވާ ކަރަންޓީން ފެސިލިޓީސްތަކަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. އެގޮތުން ހުޅުމާލެ ފޭސް 2، ގުޅިފަޅު އަދި ވިލިވަރުގައި އަންނަނީ ބިދޭސީންނަށް ޚާއްޞަކޮށްގެން ކަރަންޓީނު ފެސިލިޓީތައް ހަދަމުންނެވެ.

މިހާރު ހުރި ބިދޭސީ ކަރަންޓީން ފެސިލިޓީތަކުގައި 612 މީހަކު އެބަތިއްބެވެ. އަދި މީގެ ތެރެއިން 475 މީހުންނަކީ ތޮއްޖެހިގެން އުޅޭ ތަންތަނުން އައިސޮލޭޝަނަށް ގެންދެވޭ މީހުން ކަމަށް ކޮވިޑް-19 ޓާސްކް ފޯސްގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް ވަނީ ވިދާޅުވެފަ އެވެ.

އޭގެ އިތުރުން މާލޭގައި އުޅޭނެ ތަނެއް ނެތި، ވަކި ވަޒީފާއެއް އަދާ ނުކުރާ މީހުން އެހެން ތަނަކަށް ބަދަލުކުރުމަށް އެޗްޕީއޭއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން 566 ބިދޭސީއަކު އެފަދަ އެކޮމަޑޭޝަން ތަކަށް ބަދަލުކުރެވިފައިވާކަމަށްވެސް މަބްރޫކް ވިދާޅުވެފައި ވެއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

19 މާރިޗު 2017

އަމިއްލަ އަށް ވެކްސިން އެތެރެކޮށްގެން ގެންގުޅޭ ފަރާތްތަކަށް ޑރ. އަފީފްގެ ނަސޭހަތެއް!

19 މާރިޗު 2017
އަމިއްލަ އަށް ވެކްސިން އެތެރެކޮށްގެން ގެންގުޅޭ ފަރާތްތަކަށް ޑރ. އަފީފްގެ ނަސޭހަތެއް!
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
15 ފެބުރުއަރީ 2017

ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ

15 ފެބުރުއަރީ 2017
ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް