Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލްރޯދަ ބަދިގެ 1441

ކްރިސްޕީ ބީފް ސްޕްރިންގ ރޯލްސް

މިރޯލްސްއަކީ ރޯދަވިއަލުމަށް ތައްޔާރު ކޮށްލަންވެސް ވަރަށް ކަމުދާ ހެދިކާއެެއް!

ޒުނާނާ ޒާލިފް
ޒުނާނާ ޒާލިފް | 11 މެއި 2020 | ހޯމަ 09:37
ކްރިސްޕީ ބީފް ސްޕްރިންގ ރޯލް، މިއީ ޔުނިލެވަރ ސޮލިއުޝަންސްގެ ފޮޓޯއެއް.

ކްރިސްޕީ ބީފް ސްޕްރިންގ ރޯލް، މިއީ ޔުނިލެވަރ ސޮލިއުޝަންސްގެ ފޮޓޯއެއް.

ސްޕްރިންގ ރޯލަކީ ޗައިނީޒް ކުއިޒިންގައި މަޤުބޫލު އެޕަޓައިޒަރ އެކެވެ. މި ރޯލަކީ ރޯދަވީއްލުމަށް ތައްޔާރު ކޮށްލަންވެސް ވަރަށް ކަމުދާނެ ހެދިކާއެކެވެ.

އެންމެ ފުރަތަމަ ތައްޓަކަށް 1 ސައި ސަމުސާ ކޯން ފްލާ، ހަކުރު، ސޯޔާ ސޯސް އަދި އަސޭމިރުސްކޮޅު އެއްކޮށްލާފައި ބީފް ކޮޅު އަޅައި، ރަނގަޅަށް ހާވާލާށެވެ.

ބީފްކޮޅު ރޯފިލަންދެން ތަވައެއްގައި ކައްކާލާށެވެ.

ވަކިން ތައްޓަކަށް ރޯފިލާފައި ހުރި ބީފް ކޮޅު އަޅާލުމަށްފަހު ތަވާ ރަނގަޅަށް ސާފުކޮށްލާ، ކުޑަ ޒައިތޫނި ތެޔޮ ކޮޅެއް އަޅާފައި ފިޔާ، މިރުސް، އިނގުރު އަދި ލޮނުމެދުކޮޅު މީރުކޮށްލާށެވެ.

ދެން ބާކީ ހުރި ތަރުކާރީކޮޅު އަޅާފައި މަޑުވެލަންދެން މަޑުގިނީގައި ބަހައްޓާށެވެ.

އެއަށްފަހު ބާކީ ހުރި ތަކެތި އެއްކޮށްލާ، ބީފް ކޮޅު އަޅައި ރަނގަޅަށް ހާވާލާށެވެ.

ވަކި ކުރި ކޯން ފްލާކޮޅާއި ފެންފޮދު ކުޑަ ތައްޓެއްގައި ވަކިން އެއްކޮށްލާށެވެ.

ދެން ސްޕްރިންގ ރޯލް ޝީޓުތައް ނަގައި، ވަރަށް ބަލައިގެން ހުރިހާ ކަރުދާހެއް ވަކިކޮށްލާށެވެ. ފަހަރަކު ކަރުދާހެއްގެ ކަނަށްވާގޮތަށް މަސްކޮޅެއްލާފައި އެއްފަހަރު އޮޅާލާށެވެ. ދެން ދެފަރާތުން ދެކަން ކުރިމައްޗައް ގެންނާށެވެ، މިހެން ހެދުމުން ރޯލްގެ ދެފަރާތް ބެދޭނެއެވެ. އެއަށްފަހު ދެންއިން ކަނާދިމާލަށް ރޯލްކޮށްލައި، ކަނުގައި ކޯން ފްލާ ފެންފޮދެއް ހާކާލާފައި ހިކުމުގެ ކުރިން ތަތްކޮށްލާށެވެ.

މި ރޯލްތަށް ހޫނު ތެޔޮގަނޑެއްގެ ތެރޭގައި ކުޑަކޮށް ރަތްވެލަންދެން ތެލުލާށެވެ. މިހިރީ ސްޕްރިންގ ރޯލް ތައްޔާރު ވެފައެވެ.

އެންމެ މީރުވާނީ ސްވީޓް ޗިލީސޯސްއާއި ޖައްސައިގެން ކާންށެވެ.

އިތުރަށް ކިޔާލަން

19 މެއި 2020

ބަށި ރޯލްސް

19 މެއި 2020
ބަށި ރޯލްސް
17 މެއި 2020

ބީފް ޕޭންކޭކްސް

17 މެއި 2020
ބީފް ޕޭންކޭކްސް
14 މެއި 2020

ކެބެޖް ރޯލްސް

14 މެއި 2020
ކެބެޖް ރޯލްސް
01 މެއި 2020

ޗިކަން ރޯލްސް

01 މެއި 2020
ޗިކަން ރޯލްސް
28 އެޕްރީލު 2020

ޓޫނާ ބްރެޑް ރޯލްސް

28 އެޕްރީލު 2020
ޓޫނާ ބްރެޑް ރޯލްސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު