Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖިނާޢީ ޢަދުލުގެ ނިޒާމު

އާ ނިޒާމުގެ ތެރެއިން ކްރިމިނަލް ޖަސްޓިސްއަށް އިންޤިލާބީ ބަދަލެއް އަންނާނެކަމަށް އުންމީދު ކުރަން: ޕީޖީ

ވަކީލުންނަށް މިހާރު ގޭގައި ތިއްބަވައިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތަކުގެ ބައިވެރިވެވޭނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 11 މެއި 2020 | ހޯމަ 06:36
ޕީޖީ އޮފީހުގެ ގާނޫނީ ވަކީލެއް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަޑުއެހުމެއް ބައިވެރިވެވަޑައިގެން: މިނިޒާމަކީ ޚަރަދު ކުޑަވެފައި، އަވަސްވެފައި، ފަސޭހަތަކެއް ލިބިދޭ ނިޒާމެއް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް

ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމަށް ގެނެސްފައިވާ ބަދަލުތަކާއި އަދި އިތުރަށް މި ނިޒާމު ހަރުދަނާ ކުރެވި، ޖިނާއީ ޢަދުލުގެ ނިޒާމަށް އިންޤިލާބީ ބޮޑު ބަދަލެއް އައުމަކީ ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމެއް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ޙުސައިން ޝަމީމު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ކޮވިޑް-19 ކަވަރޭޖްގެ ތެރެއިން ވީޑިއޯ ކޮންފަރެންސްކޮށް ދެއްވި އިންޓަވިއުއެއްގައި ޕީޖީ ޝަމީމު ވިދާާޅުވީ، މާލެ ޞަރަޙައްދު ފުރަބަންދު ކުރުމާގުޅިގެން ޕީޖީ އޮފީހުން ހުއްދަދޭ ވަކީލުންނަށް ގޭގައި ތިއްބަވައިގެން ޝަރީޢަތް ތަކުގެ މަޖިލީހަށް ވަދެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. ޝަމީމު ވިދާޅުވީ، ރާއްޖޭގެ ކޮންމެ ހިސާބެއްގެ ކޯޓެއްގައި އަޑުއެހުމެއް ބޭއްވި ނަމަވެސް މިހާރު ޕީޖީ އޮފީހުގެ ޤާނޫނީ ވަކީލުން މަސައްކަތް ކުރެއްވޭނެ ގޮތަށް ތައްޔާރަށް ތިއްބެވި ކަމަށެވެ.

ނަމަވެސް ޝަމީމު ވަނީ، މާލެ ފުރަބަންދު ކުރުމާއި ގުޅިގެން ކޯޓަށް ހުށަހެޅިފައި ހުރި މައްސަލަތައް ހިންގުމުގައި ލަސްތަކެއް ހުރި ކަމަށާއި، ޚާއްޞަކޮށް ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ އިބްތިދާޢީ އަޑުއެހުންތައް ފަދަ އަޑު އެހުންތައް ނުހިނގާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ކްރިމިނަލް ކޯޓުގެ ޝަރީޢަތްތައް މެދުކެނޑިފައި އޮތުމަށްފަހު، މި ހަފުތާއިން ފެށިގެން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ މައްސަލަތަކުގެ ތެރެއިން ކުރިޔަށް ގެންދެެވެން ހުރި މައްސަލަތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިޔަށް ގެންދިޔުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.

ޕީޖީ ޝަމީމު ވިދާޅުވީ، އެންމެ ފުރަތަމަ ކުރިޔަށް ގެންދާނީ ޙުކުމް ކުރަން ހުރި މީހުންނާއި، ޚުލާސާ ބަޔާން ހުށައަޅާ ހިސާބުގައި މައްސަލަ ގޮސްފައި ހުރި މީހުންގެ މައްސަލަތައް ކަމަށެވެ. އެ ބައި ނިމުމުން ދެން ކުރިޔަށް ގެންދާނީ ހެކިން ހާޒިރުކުރަން ޖެހޭ މައްސަލަތަކުގެ ތެރެއިން ސިފައިންނާއި، ފުލުހުންނާއި، ކަސްޓަމްސް އާއި ދައުލަތުގެ މުއައްސަސާތަކުގައި ތިބި މީހުން ހާޒިރުކޮށްގެން ގެންދަން ޖެހޭ މައްސަލަތައް ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރި ކަމެއްގެ ގޮތުން ޝަރީޢަތްތައް ވަނީ މަޑުޖައްސާލާފަ އެވެ. ޕީޖީ ވިދާޅުވީ، މިހާރު ވިޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތްތައް ހިންގުމަށް ގޮތަށް ޕީޖީ އޮފީހުގައި ފަސް ނިޒާމެއް ޤާއިމު ކުރެވިފައިވާނެ ކަމަށެވެ. އެހެން ކަމުން ރާއްޖޭގެ ހުރިހާ ޞަރަޙައްދެއްގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތްތައް ކުރިޔަށް ގެންދެވޭނެ ގޮތަށް އިންތިޒާމުތައް ރާވާފައިވާ ކަމަށެވެ.

މިއީ ފުރުޞަތެއްކަން ފާހަގަކުރައްވަމުން ޕީޖީ ޝަމީމު ވިދާޅުވީ، އަތޮޅުތަކުގެ ރަށްތަކުގެ ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ޝަރީޢަތުގެ ކުރިން ބާއްވާ އިބްތިދާޢީ އަޑުއެހުންތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދެވިއްޖެނަމަ ވަރަށް ބޮޑުތަނުން ޚަރަދު ކުޑަކުރެވިގެންދާނެ ކަމަށެވެ. އަދި ޝަރީޢަތްތައް ހިންގުމަށް ފަސޭހަތަކެއް ލިބި، އަވަސް ވެގެންދާނެ ކަމަށްވެސް ޝަމީމު ވިދާޅުވި އެވެ.

ޕީޖީ ޝަމީމު ވިދާޅުވީ، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަކީ އެހާ ފަސޭހަކަމަށްކަށް ނުވާއިރު މި ނިޒާމަށް ޢަމަލުކުރަން ފެށުމުން ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

މި ޙާލާތުގައި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ބަންދުގެ މުއްދަތުގެ އަޑުއެހުންތައް ބާއްވާފައިވާއިރު، ފެމިލީ ކޯޓުން ކައިވެންޏެއްވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޮށްދީފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފައިސާ ގޯނި ހިފައިގެން ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން: އޭސީސީ

ފައިސާ ގޯނި ހިފައިގެން ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން: އޭސީސީ

06 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް

05 އެޕްރީލު 2017
ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން

ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން

30 މާރިޗު 2017
ޓެރަރިޒަމަށް ހިތްވަރުދޭ ގޮތަށް ލިޔާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ވަރުގަދަ އިންޒާރެއް ނޫސްވެރިންނަށް!

ޓެރަރިޒަމަށް ހިތްވަރުދޭ ގޮތަށް ލިޔާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ވަރުގަދަ އިންޒާރެއް ނޫސްވެރިންނަށް!

19 މާރިޗު 2017
މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ

މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ

09 މާރިޗު 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު