Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބްރައިޓަންގެ ކުޅުންތެރިއަކު ޕޮޒިޓިވްވުން

ބްރައިޓަންގެ ތިންވަނަ ކުޅުންތެރިއަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

މީގެ ކުރިން ބްރައިޓަން އިން ދެ ކުޅުންތެރިއަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 10 މެއި 2020 | އާދީއްތަ 13:53
މީގެ ކުރިން ބްރައިޓަން އިން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

މީގެ ކުރިން ބްރައިޓަން އިން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ބްރައިޓަންގެ ތިންވަނަ ކުޅުންތެރިއަކު ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެއްޖެ އެވެ.

ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ކުޅުންތެރިޔާގެ ނަން ބްރައިޓަން އިން ހާމަކޮށްފައެއް ނުވެއެވެ. އެކަމަކު އެ ކްލަބުން ބުނީ ކޮވިޑް-19 އަށް ހޮނިހިރު ދުވަހު ޕޮޒިޓިވްވި ކުޅުންތެރިޔާ މިހާރު ހުރީ 14 ދުވަހުގެ ސެލްފް-އައިސޮލޭޝަނުގައި ކަމަށެވެ.

ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ބްރައިޓަންގެ ޗީފް އެގްޒެކްޓިވް ޕައުލް ބާބާ ވިދާޅުވީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށް އެ ކްލަބުގެ ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ބްރައިޓަންގެ ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު، ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލާފައިވާ ޕްރިމިއާ ލީގު އަލުން ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ބައެއް ކްލަބުތަކުން ދަނީ ކުޅުންތެރިން އެކަނި ތަމްރީނުތައް ހަދަން ފުރުސަތު ދެމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން ބްރައިޓަންގެ ކުޅުންތެރިންވެސް ވަރަށް އަވަހަށް އެކަނި ތަމްރީނުތަކަށް ނުކުންނާނެއެވެ.

މިދިޔަ މާޗު މަހުގެ 8 ވަނަ ދުވަހު ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލިއިރު، ޖޫން މަހު ޕްރިމިއާ ލީގު އަލުން ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ޕްރިމިއާ ލީގުގެ މެޗުތައް ސަޕޯޓަރުން ނުވައްދާ ކުޅޭގޮތަށް ޖޫން މަހުގެ 8 ވަނަ ދުވަހު ފަށައި، ޖުލައި މަހުގެ 27 ވަނަ ދުވަހަށް ލީގު އެއްކޮށް ފުރިހަމަކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

މެންސިޓީން ތާވަލްގެ ތިންވަނައަށް ޖެހިލައިފި

06 މާރިޗު 2017
މެންސިޓީން ތާވަލްގެ ތިންވަނައަށް ޖެހިލައިފި
25 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި

25 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި
19 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ކިންގްސް އާއި ޒިގްޒެގް ކުޅުނު މެޗު ކާމިޔާބުކޮށްފި

19 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ކިންގްސް އާއި ޒިގްޒެގް ކުޅުނު މެޗު ކާމިޔާބުކޮށްފި
18 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ

18 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ
11 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

11 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު