Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެންޓިލޭޓަރު ގެނައުމުގެ މަސައްކަތް

މެޑްޓެކާ ހަވާލުކޮށްގެން ގެންނަ ވެންޓިލޭޓަރުތަކުގެ ތެރެއިން 18 ވެންޓިލޭޓަރު ގެނެސްފި

10 މެއި 2020 | އާދީއްތަ 10:06

މި 18 ވެންޓިލޭޓަރަކީ މިމަހުގެ 1 ވަނަ ދުވަހު ރާއްޖެ ގެނެވޭނެ ކަމަށް ބުނެފައިވާ 18 ވެންޓިލޭޓަރު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 10 މެއި 2020 | އާދީއްތަ 10:06
މިއަދު ސްރީލަންކަން އެއަރލައިން ކާގޯއިން ގެނައި 18 ވެންޓިލޭޓަރ: މިއީ މިމަހުގެ އެއްވަނަ ދުވަހު ގެންނަން އޮތް ވެންޓިލޭޓަރުތަކެއް-

މިއަދު ސްރީލަންކަން އެއަރލައިން ކާގޯއިން ގެނައި 18 ވެންޓިލޭޓަރ: މިއީ މިމަހުގެ އެއްވަނަ ދުވަހު ގެންނަން އޮތް ވެންޓިލޭޓަރުތަކެއް-

މެޑްޓެކް މޯލްޑިވްސް އާ ޙަވާލުކޮށްގެން ހެލްތު މިނިސްޓްރީން ގެންނަ ވެންޓިލޭޓަރުތަކުގެ ތެރެއިން 18 ވެންޓިލޭޓަރު ރާއްޖެ ގެނެސްފި އެވެ.

މެޑްޓެކުން ވެންޓިލޭޓަރުތައް ގެނެސްފައިވަނީ ސްރީލަންކަން އެއަރލައިން ކާގޯ ފްލައިޓެއްގައެވެ. ސްރީލަންކަން އެއަރލައިންގެ ރާއްޖޭގެ އެޖެންޓު އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ފިރާޤު އާދިއްތަ ދުވަހު ހާމަ ކުރައްވާފައިވާގޮތުގައި، މެޑިޓެކުގެ 18 އައިސީޔޫ ވެންޓިލޭޓަރާއި ކޮންމެހެން މިވަގުތަށް ބޭނުންވާ މެޑިކަލް ސާމާނު ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މެޑްޓެކާއި ޙަވާލުކޮށްފައިވަނީ 50 ވެންޓިލޭޓަރު ގެނައުމަށެވެ. އެއީ 34 މިލިއަން ރުފިޔާއަށެވެ.

މި 18 ވެންޓިލޭޓަރަކީ މިމަހުގެ އެއް ވަނަ ދުވަހު ރާއްޖެ ގެނެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ލިޔުމެއްގައި ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ހާމަކުރައްވާފައިވާ 18 ވެންޓިލޭޓަރު ކަމަށް ވެއެވެ. އަދި އެ ކުންފުންޏާ ޙަވާލުކޮށްފައިވާ ވެންޓިލޭޓަރުތަކުގެ ތެރެއިން 10 ވެންޓިލޭޓަރ 15 މެއި 2020ގައި ރާއްޖެ ގެނެވޭނެކަމަށް އަންގާފައިވާކަމަށް މިނިސްޓަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި ވިދާޅުވެފައިވެއެވެ. އެކުންފުންޏާއި ޙަވާލުކުރެވިފައިވާ ބާކީހުރި ވެންޓިލޭޓަރުތައް ގެނެވޭނެ ތާރީޚެއް ކަށަވަރުވުމުން މިނިސްޓްރީއާއި ހިއްސާކުރާނެކަމަށް އެކުންފުނިން އަންގާފައިވާކަމަށެވެ.

މީގެ އިތުރުން ނާޑް ޕްރައިވެޓް ލިމިޓެޑް އާއި ޙަވާލުކޮށްފައިވާ 20 ވެންޓިލޭޓަރ އެއުފައްދާ ކުންފުނީގެ ފަރާތުން އުފެއްދުން ލަސްވެފައިވުމުގެ ސަބަބުން އިތުރު ގޮތްތަކެއް ހޯދަމުންދާ ކަމަށް 22 އެޕްރީލް 2020 ގައި މިނިސްޓްރީ އަށް އަންގާފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި އެގްޒެކިއުޓަރ ޖެނެރަލް ޓްރޭޑިންގ އާއި ޙަވާލުކޮށްގެން ގެނައުމަށް ހަމަޖައްސާފައިވާ 75 ވެންޓިލޭޓަރުގެ ތެރެއިން 10 ވެންޓިލޭޓަރ 1 މެއި 2020ގައި ރާއްޖެ ގެނެވޭނެކަމަށް އަންގާފައިވާކަމަށް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.

މިނިސްޓަރގެ ޖަވާބުގައި ވަނީ ވެންޓިލޭޓަރު އުފައްދާ ޤައުމުތައް 'ލޮކްޑައުން' ކުރެވިފައިވުމާއެކު، ދަތުރުފަތުރުގެ ދަތިތަކެއް ހުރުމުން ވެންޓިލޭޓަރުތައް ސަޕްލައިކުރުމަށް ކުންފުނިތަކުން ކަނޑައަޅާފައިވާ މުހުލަތުގައި ގެނެއުމަށް ބޮޑެތި ދަތިތަކެއް ހުރިކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ ދެކުންފުންޏަކާއި ޙަވާލުކޮށްފައިވާ ވެންޓިލޭޓަރުތައް ސަޕްލައި ކުރުމުގައި ލަސްވެދާނެކަމަށް ޤަބޫލުކުރެވޭތީ، އިތުރަށް ހޯދަންޖެހޭ ވެންޓިލޭޓަރު ތަކުގެތެރެއިން 75 ވެންޓިލޭޓަރ ހޯދުމަށް ދުބާއީ ކުންފުންޏެއް ކަމަށްވާ އެކްސެކިއުޓަރ ޖެނެރަލް ޓްރޭޑިންގ އާއި 02 އޭޕްރިލް 2020ގައި މި މަސައްކަތް ޙަވާލުކޮށްފައިވާކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

16 މާރިޗު 2017

ތިނަދޫ ހޮސްޕިޓަލްގައި އޮތް މާބަންޑު މީހަކު ސްވައިން ފްލޫއަށް ޖެހިފައިވާ ކަމަށް ބެލެވޭތީ މާލެ ގެންނަނީ

16 މާރިޗު 2017
ތިނަދޫ ހޮސްޕިޓަލްގައި އޮތް މާބަންޑު މީހަކު ސްވައިން ފްލޫއަށް ޖެހިފައިވާ ކަމަށް ބެލެވޭތީ މާލެ ގެންނަނީ
09 މާރިޗު 2017

މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ

09 މާރިޗު 2017
މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ
22 ފެބުރުއަރީ 2017

ވާދަވެރިން ޤަބޫލުކުރަން ބޭނުން ނުވަނީ މިސަރުކާރުން ގެންނަ ތަރައްޤީ: ރައީސް ޔާމީން

22 ފެބުރުއަރީ 2017
ވާދަވެރިން ޤަބޫލުކުރަން ބޭނުން ނުވަނީ މިސަރުކާރުން ގެންނަ ތަރައްޤީ: ރައީސް ޔާމީން
15 ފެބުރުއަރީ 2017

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި
12 ފެބުރުއަރީ 2017

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!

12 ފެބުރުއަރީ 2017
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް