Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކޮވިޑް-19 އާއި ދެކޮޅަށް ލާމު

ކޮވިޑް-19 އާއި ދެކޮޅަށް ލާމު އަތޮޅުން ހޫނު އަތްތިލަބަޑިއެއް!!

"ވިޒިޓް ލާމު އެޓޯލް" ގެ ފޭސްބުކް ޕޭޖުން ޝުކުރުގެ ސަލާމެއް ވަނީ އަރުވާފަ

އައިޝަތު ޝާން
އައިޝަތު ޝާން | 9 މެއި 2020 | ހޮނިހިރު 19:16
ކޮވިޑް 19 އާއި ދެކޮޅަށް ލާމު އަތޮޅުގެ މީހުން ޝުކުރުގެ އަތްތިލަބަޑި ޖަހަނީ

ކޮވިޑް 19 އާއި ދެކޮޅަށް ލާމު އަތޮޅުގެ މީހުން ޝުކުރުގެ އަތްތިލަބަޑި ޖަހަނީ

ހަލުވިކަމާ އެކުފެތުރެމުންދާ ކޮވިޑް-19އިގެ ބިރުވެރިކަމާ މި ކުޑަ ކުޑަ ރާއްޖެވެސް މިވަނީ ކުރިމަތި ލާން ޖެހިފައެވެ. ހަމަ އެފަދައިން މި ނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމަށާއި އަޅުގަނޑުމެން ގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބޮޑެތި ގުރުބާނީ ތަކެއް ވަމުންދާ ބަޔަކުތިބިކަން ކަށަވަރެވެ. ފުރާނަ އަތްމައްޗައްލައި، ރޭގަނޑުގެ އަރާމު ނިދި ނަގާލައި ދިވެހި ޤައުމުގެ ޚިދުމަތުގައި ޘާބިތުކަމާއެކު ދެމި ތިބި ފަހުލަވާނުންނަށް ރާއްޖޭގެ ރައްޔިތުން މިދަނީ އެކި ގޮތަގޮތައް ޝުކުރުގެ މެސެޖްތައް ދެމުންނެވެ. މިގޮތުން "ވިޒިޓް ލާމު އެޓޯލް" ގެ ފޭސްބުކް ޕޭޖުން މިވަނީ ވީޑިއޯ އެއް އަޕްލޯޑް ކޮއްފައެވެ.

މި ވީޑިއޯގައިވަނީ ލާމު އަތޮޅުގެ ގިނަ ރައްތަކެއް އެކުލެވޭ ގޮތަށް އެކި އުމުރުފުރައިގެ ރައްޔިތުން ބައިވެރިވެ ކޮވިޑް-19އާއި ދެކޮޅަށް ހަނގުރާމަ ކުރަމުން ދާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ޝުކުރުގެ ސަލާމެއް އަރުވާފައެވެ. މި ސަލާން އަރުވާފައިވަނީ ހޫނު އަތްތިލަބަޑިއަކުންނެވެ. އަދި މިސަލާމާއެކު މި ބަލިމަޑުކަމުން އަރައިގަނެ އަވަސް ޝިފާއެއް ދެއްވުމަށް އެދި މާﷲގެ ހަޟްރަތުން ވަނީ ދުޢާދަންނަވާފައެވެ.

"އަހަރެމެން މިއަދު މި އަތް ތިލަބަޑީގެ ސަލާމެއް މިއަރުވަނީ، ތިޔަބޭފުޅުން ކުރައްވާ ބުރަ ހިންމަތް މަސައްކަތަށެވެ. ސާބަހެވެ. ކުރިޔަށް ވަޑައިގަންނަވާށެވެ. ތިބޭފުޅުންގެ މަސައްކަތާމެދު ޤައުމު ފަހުރުވެރިވެއެވެ. އަހަރެމެން އެންމެން އެކީ މާތް ﷲ ގެ އިރާދަފުޅާއެކު މި ބަލި މަޑުކަމުން އަރައިގަނެވޭނެއެވެ. އެކަމުގެ ތައުފީޤަށް މަތިވެރި ރަސްކަލާންގެ ހަޟްރަތުން އެދެމެވެ. އާމީން"

މި ސަލާމުގެ އަތްތިލަބަޑި އަރުވާފައިވަނީ މި ނުރައްކާރެތެރި، ބިރުވެރި ވަގުތުގައި ފަސްޖެހުމެއްނެތި ދިވެހިރައްޔިތުންގެ ހައްގުގައި އާއިލާއާއި ދުރުގައި ވަރުބަލިކަމެއްނެތި މަސައްކަތް ކުރަމުންދާ ފުލުހުންނާއި ސިފައިންނާއި، ބިރެއް ޖެހިލުމެއްނެތި އަމިއްލަ ހަށިގަނޑު އަނެކާގެ ރައްކަލައްޓަކައި ނުރައްކަލައް ވައްޓާލާ ހެލްތް ވާރކަރުންނާއި، ބަލިމީހާ އުފުލައިދޭ އެންބިއުލާންސް ޑްރައިވަރުންނާއި، އަޅުގަނޑުމެންނަށްޓަކައި މުދާ ޑެލިވަރީކޮށްދޭ ފަރާތްތަކާއި، ވަރުބަލިކަމެއްނެތި އެންމެ ފުރިހަމައަށް ޚަބަރުތައް ގެނެސްދޭ މުރާލި ނޫސްވެރިންނާއި، އަދިވެސް މި މަސައްކަތުގައި ފަސްޖެހުމެއްނެތި އިސް ސަފުގައި ކޮވިޑް-19އާއި ދެކޮޅަށް ހަރަކާތްރެރިވާ ހުރިހާފަރާތްތަކަށެވެ.

"ވިޒިޓް ލާމު އެޓޯލް"ގެ މި ޕޯސްޓްގައި ދިވެހިބަހުންނާއި އިނގިރޭސިބަހުން ވަނީ ކޮވިޑް19އާއި ދެކޮޅަށް މަސައްކަތްކުރާ ހުރިހާފަރާތްތަކަށް ޝުކުރު އަދާކޮއްފައިވެއެވެ.

މީގެ އިތުރުންވެސް ސޯޝަލް މީޑިއާގައި ގިނަ ފަރާއްތަކަކުން އަންނަނީ މި މަސައްކަތުގައި ހަރަކާއްތެރިވަމުންދާ ފަރާތްތަކަށް ތައުރީފުކޮށް ޝުކުރު އަދާކުރަމުންނެވެ.

އިތުރަށް ކިޔާލަން

06 މެއި 2017

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

06 މެއި 2017
އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟
26 އެޕްރީލު 2017

ފުރާނައާއި ފުރާނަފުޅު!

26 އެޕްރީލު 2017
ފުރާނައާއި ފުރާނަފުޅު!
24 އެޕްރީލު 2017

އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

24 އެޕްރީލު 2017
އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟
13 އެޕްރީލު 2017

ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

13 އެޕްރީލު 2017
ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟
01 އެޕްރީލު 2017

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު