Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއުރީދޫން ކަސްޓަމަރުންނަށް ލުއި ދިނުން

ބިލު ނުދެއްކޭ ކަސްޓަމަރުންނަށް އުރީންދޫން ލުއި ގޮތްތަކެއް!

9 މެއި 2020 | ހޮނިހިރު 14:47

ބިލު ތައްޔާރުކުރާ ދުވަހުން ފެށިގެން 02 ދުވަސް ފައިސާ ދައްކަން ލިބޭނެ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 9 މެއި 2020 | ހޮނިހިރު 14:47
އުރީދޫ މޯލްޑިވްގެ ހެޑް އޮފީސް

އުރީދޫ މޯލްޑިވްގެ ހެޑް އޮފީސް

ކޮވިޑް-19 އާއި ގުޅިގެން މާލީ ދަތިތައް ދިމާވެފައިވާ ކަސްޓަމަރުންގެ ބިލު ނުދެއްކޭ ޙާލަތުގައި، ކަސްޓަމަރުންނަށް ލުއިގޮތްތަކެއް އުރީދޫން ހަމަޖައްސައިދީފި އެވެ.

އުރީދޫން ބުނީ ދިވެހި ރައްޔިތުންނަށް ކޮވިޑް-19އާއި ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިކަމުގައި އެހީތެރިވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، އުރީދޫ މޯލްޑިވްސްއިން ކަސްޓަމަރުންނަށް ބިލު ދައްކަން ލުއިފަސޭހަކޮށްދިނުމަށް ޚާއްޞަ ފުރުޞަތުތަކެއް ފަހިކޮށްދީފައިވާކަމަށެވެ.

އުރީދޫން ބުނީ މާލީ ދަތިތަކާއި ކުރިމަތިލާންޖެހިފައިވާ ކަސްޓަމަރުން ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކުރުމަށްhttp://ore.do/billsupportމެދުވެރިކޮށް ރިކުއެސްޓްކުރެވޭނެކަމަށެވެ.

އުރީދޫން ހަމަޖައްސައިދިން ލުއި ގޮތްތަކާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ މި ނާޒުކު ދަނޑިވަޅުގައި، އެންމެހާ ފަރާތްތަކަށްވެސް ރަނގަޅު ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދެވޭކަން ޔަޤީންކުރުމަށްޓަކައި، ސަރުކާރުން ޚިދުމަތްދޭ ފަރާތްތަކާއި ގުޅިގެން ވަރަށް ގާތުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ޑިޖިޓަލް ޚިދުމަތްތަކުގެ ބޭނުން ކުރިޔަށްވުރެ މުހިންމު ވެފައިވާ މި ދުވަސްވަރު، ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދެވޭކަން ޔަޤީންކުރުމަށްޓަކައި އުރީދޫ މޯލްޑިވްސްއިން މުހިންމު ފިޔަވަޅުތައް އެޅީތީ، އެ ކުންފުންޏަށް ޝުކުރު އަދާކުރާކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން، މީގެ ކުރިން ކުރިމަތިލާން ޖެހިފައިނުވާ ގޮންޖެހުންތަކާއި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުރިމަތިލާންޖެހިފައިވާކަމަށެވެ. އަދި ކުންފުންޏަށް ދިމާވެފައިވާ އުނދަގޫތަކުން އަރައިގަތުމަށް މަސައްކަތްކުރަމުން އަންނަ މި ދަނޑިވަޅުގައި، އެންމެ އިސްކަމެއްދޭ ކަމަކީ ކަސްޓަމަރުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދީ، އެހީތެރިކަން ފޯރުކޮށްދިނުންކަމަށެވެ.

އުރީދޫ މޯލްޑިވްސްއިން، ބުނިގޮތުގައި އެ ކުންފުނިން ދަނީ ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން މުޖުތަމަޢަށް ކުރިމަތިވަމުންދާ ދަތިތަކާއި މައްސަލަތަކަށް ލުއިފަސޭހަ ގޮތްތަށް ހޯދާދިނުމުގައި ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. އަދި ކަސްޓަމަރުންނަށް ޚާއްޞަ ފުރުޞަތުތަކާއި، އިމަރޖެންސީ ރެސްޕޯންސް ޓީމުތަކަށް ހިލޭ ކަނެކްޝަންގެ އިތުރުންވެސް އެހެނިހެން އެހީތައް ފޯރުކޮށްދެމުންކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ އިތުރުން، އަވަސް އެހީ އަށް ބޭނުންވެފައިވާ ފަރާތްތަކަށް ލުޔެއް ހޯދައިދިނުމަށް އެކި އެކި ދާއިރާތަކުގެ ޕާރޓްނަރުންނާއި ގުޅިގެން ތަފާތު މަސައްކަތްތަކެއްވެސް ކުރަމުން އަންނަކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2017

އޮންދިގޯއިން ވިއްކާ ޕްރޮޑަކްޓުތަކުގެ ފެންވަރު ބަލާލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލައިފި!

17 ޑިސެމްބަރު 2017
އޮންދިގޯއިން ވިއްކާ ޕްރޮޑަކްޓުތަކުގެ ފެންވަރު ބަލާލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލައިފި!
01 ޑިސެމްބަރު 2017

އުރީދޫ ކަސްޓަމަރުންނަށް އިންޑިއާ އާއި ލަންކާއަށް ގުޅުމަށް ޚާއްސަ ރޭޓެއް

01 ޑިސެމްބަރު 2017
އުރީދޫ ކަސްޓަމަރުންނަށް އިންޑިއާ އާއި ލަންކާއަށް ގުޅުމަށް ޚާއްސަ ރޭޓެއް
01 ނޮވެމްބަރު 2017

"ލުއިފުޅި" ގޭހުގެ ރެޖިސްޓްރޭޝަން ފީ އަގު ހެޔޮކޮށްފި

01 ނޮވެމްބަރު 2017
"ލުއިފުޅި" ގޭހުގެ ރެޖިސްޓްރޭޝަން ފީ އަގު ހެޔޮކޮށްފި
26 ސެޕްޓެމްބަރު 2017

"މަގޭ ޕްލޭން" ނަމުގައި އުރީދޫ ކަސްޓަމަރުންނަށް އާ ޚިދުމަތެއް!

26 ސެޕްޓެމްބަރު 2017
"މަގޭ ޕްލޭން" ނަމުގައި އުރީދޫ ކަސްޓަމަރުންނަށް އާ ޚިދުމަތެއް!
14 އޯގަސްޓު 2017

ޕިރަމިޑު "ހޯލް ސޭލް" ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް

14 އޯގަސްޓު 2017
ޕިރަމިޑު "ހޯލް ސޭލް" ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް
13 އޯގަސްޓު 2017

އުރީދޫގެ ޚާއްސަ ކަސްޓަމަރުންނަށް އަރާމު ކްލަބު ޕްރިމިއާ ލައުންޖެއް!

13 އޯގަސްޓު 2017
އުރީދޫގެ ޚާއްސަ ކަސްޓަމަރުންނަށް އަރާމު ކްލަބު ޕްރިމިއާ ލައުންޖެއް!
11 ޖުލައި 2017

ލުއި ދެ ރުފިޔާގެ އާ ޝިޕްމަންޓެއް އަނެއްކާ ވެސް ގެނެސްފި

11 ޖުލައި 2017
ލުއި ދެ ރުފިޔާގެ އާ ޝިޕްމަންޓެއް އަނެއްކާ ވެސް ގެނެސްފި
25 ޖޫން 2017

ފިތުރު ޢީދުގެ މުނާސަބަތުގައި ކަސްޓަމަރުންނަށް %25 ބޯނަސް ޑޭޓާ

25 ޖޫން 2017
ފިތުރު ޢީދުގެ މުނާސަބަތުގައި ކަސްޓަމަރުންނަށް %25 ބޯނަސް ޑޭޓާ
28 މެއި 2017

އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި

28 މެއި 2017
އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި
23 މެއި 2017

ދެ ރުފިޔާގެ އާ ލުއި ފައިސާ ފޮތި ޖަހައިގެންގެނެސް ހަޒާނާގައި ރައްކާކޮށްފި

23 މެއި 2017
ދެ ރުފިޔާގެ އާ ލުއި ފައިސާ ފޮތި ޖަހައިގެންގެނެސް ހަޒާނާގައި ރައްކާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް