Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދެކުނު ކޮރެއާ ލީގު ފެށުން

ދެކުނު ކޮރެއާ ލީގުގެ ކުޅުން ފަށައިފި

ލީގު އަލުން ފަށާފައިވަނީ ދަނޑަށް ސަޕޯޓަރުން ނުވައްދައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 9 މެއި 2020 | ހޮނިހިރު 11:41
ދެކުނު ކޮރެއާ ލީގުގައި ހުކުރު ދުވަހު ކުޅުނު މެޗުގެ ތެރެއިން: ކުޅުންތެރިން ސަލާން ކުރުން ވަނީ މަނާކޮށްފައި

ދެކުނު ކޮރެއާ ލީގުގައި ހުކުރު ދުވަހު ކުޅުނު މެޗުގެ ތެރެއިން: ކުޅުންތެރިން ސަލާން ކުރުން ވަނީ މަނާކޮށްފައި

ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މެދުކަނޑާލާފައިވާ ދެކުނު ކޮރެއާގެ ކޭ-ލީގުގެ ކުޅުން ހުކުރު ދުވަހު އަލުން ފަށައިފިއެވެ.

ލީގު އަލުން ފެށީ، ސަޕޯޓަރުން ދަނޑަށް ނުވައްދައެވެ. ސަޕޯޓަރުންގެ ގޮނޑިތައް ހުސްކޮށް ހުރި ނަމަވެސް، ގޮނޑިބަރީގައި "ވަރަށް އަވަހަށް ބައްދަލުކުރާނަން - ރައްކާތެރިވެ ތިބޭ" މި ފަދައިން ވަނީ މެސެޖެއް ލިޔެފައެވެ. ސަޕޯޓަރުން ދަނޑުގައި ނެތް ނަމަވެސް، ސަޕޯޓަރުންގެ އަޑު ރިކޯޑުކޮށް ދަނޑުގައި ވަނީ އިއްވާފައެވެ.

މާރޗު މަހުގެ ތެރޭގައި މެދުކަނޑާލި ދެކުނު ކޮރެއާ ލީގު އަލުން ފެށިއިރު، މިއީ އޭޝިއާއިން މެދުކަނޑާލި ލީގުތަކުގެ ތެރެއިން ކުޅުން އަލުން ފެށި ފުރަތަމަ ލީގެވެ.

ލީގުގެ ކުޅުން އަލުން ފަށާފައިވާނީ ގަވާއިދުތަކެއް ކަނޑައެޅުމަށްފަހު އެވެ. އެގޮތުން މެޗު ފެށުމުގެ ކުރިން ދެ ޓީމުގެ ކުޅުންތެރިން ސަލާން ކުރުން މަނާކޮށްފައިވާއިރު، މެޗު ކުރިއަށް ދާއިރު، ހުރިހާ އޮފިޝަލުންނާއި ބެންޗުގައި ތިބޭ ކުޅުންތެރިން ތިބެންޖެހެނީ މޫނު މަތީގައި މާސްކް އަޅައި ރައްކާތެރިވެގެންނެވެ.

ލީގުގެ ކުޅުން ފެށުމުގެ ކުރިން މީގެ ކުރިން ވަނީ ދެކުނު ކޮރެއާ ލީގުގެ ހުރިހާ ކުޅުންތެރިންނާއި ކްލަބުތަކުގެ މުވައްޒަފުން ކޮވިޑް-19 އަށް ޓެސްޓު ކޮށްފައެވެ. އެގޮތުން ޖުމުލަ 1،100 މީހަކު ވަނީ ކޮވިޑް-19 އަށް ޓެސްޓުކޮށް ނެގެޓިވް ވެފައެވެ.

ކޮވިޑް-19 ގެ އަސަރު ދެކުނު ކޮރެއާ އަށްވެސް ކުރިއިރު، އެ ގައުމުން މިހާތަނަށް 10،800ށްވުރެ ގިނަ މީހުން ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި ކޮވިޑް-19 ޖެހިގެން އެ ގައުމުން 256 މީހަކު ވަނީ މަރުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 މެއި
މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟
20251 އަހަރު ކުރިން
ރިޕޯޓު

މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު
20242 އަހަރު ކުރިން
ރާއްޖެ

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު
20233 އަހަރު ކުރިން
ކުޅިވަރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟
20224 އަހަރު ކުރިން
ރިޕޯޓު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"
20215 އަހަރު ކުރިން
ރާއްޖެ

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި
20197 އަހަރު ކުރިން
ދުނިޔެ

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"
20188 އަހަރު ކުރިން
ދުނިޔެ

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު