Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެކްސްޕެޓް އޮންލައިންގެ ހިދުމަތްތައް

މާދަމާއިން ފެށިގެން އެކްސްޕެޓް އޮންލައިން ސިސްޓަމުން ބައެއް ހިދުމަތްތައް ދޭން ފަށަނީ

ހަފުތާ ބަންދު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން މެންދުރު 12:00ށް ހިދުމަތްދޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 މެއި 2020 | ހޮނިހިރު 04:30
މާލޭގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ތަނެއްގައި ބިދޭސީއެއް ހިލަ ބަސްތާތަކެއް ޕިކަޕުން ބާލަނީ - ބިދޭސީންނާއި ގުޅޭ ބައެއް ހިދުމަތްތައް މާދަމަ އަލުން ދޭން ވަނީ ނިންމާފައި

މާލޭގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ތަނެއްގައި ބިދޭސީއެއް ހިލަ ބަސްތާތަކެއް ޕިކަޕުން ބާލަނީ - ބިދޭސީންނާއި ގުޅޭ ބައެއް ހިދުމަތްތައް މާދަމަ އަލުން ދޭން ވަނީ ނިންމާފައި

އާދީއްތަ ދުވަހުން ފެށިގެން ބިދޭސީންނާއި ގުޅޭ އޮންލައިން ބައެއް ހިދުމަތްތައް އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ދޭން ފަށާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ސަރުކާރު ބަންދު ކޮށްފައިވާ މުއްދަތު އިތުރުކޮށްފައިވާތީ، މިނިސްޓްރީން އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ދެމުންގެންދާ ޚިދުމަތްތައް 10 މެއި (މާދަމާ) އިން ފެށިގެން ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން މެންދުރު 12:00 ށް އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ބައެއް ހިދުމަތްތަކަށް އޮންލައިންކޮސް އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

އެކްސްޕެޓް އޮންލައިން ހިދުމަތްތަކުގެ ތެރޭގައި؛

- ކޯޓާގެ މުއްދަތު އިތުރުކުރުން

- އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު އިތުރު ކުރުން

- ވަޒީފާ ދޭފަރާތް ބަދަލުކުރުން

- މަސައްކަތްކުރާ ވާރކް ސައިޓް ބަދަލުކުރުން

- އޮކިއުޕޭޝަން ޗޭންޖް ކުރުން

- އެމްޕްލޯއިމަންޓް އެޕްރޫވަލް ކެންސަލް ކުރުން

- ޑިޕޮސިޓް ރިފަންޑް ކުރުން

މީގެ އިތުރުން، ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން މެންދުރު 14:00 ށް 9199151 ނަންބަރު ފޯނުން އެމްޕްލޯއިމަންޓް އެޕްރޫވަލް އާ ގުޅުންހުރި މައުލޫމާތު ސާފުކުރެވޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ސަރުކާރު ބަންދުކޮށްފައިވާ މުއްދަތުގައި އިކޮނޮމިކް މިނިސްޓްރީން ވިޔަފާރިތަކަށް ފޯރުކޮށްދޭ ބައެއް ޚިދުމަތްތައް 10 މެއި (މާދަމާ) އިން ފެށިގެން، ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން މެންދުރުފަހު 2:00 ށް ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.

އިތުރަށް ކިޔާލަން

21 މެއި 2017

ހިއުމަން ޓްރެފިކިންއާ ގުޅޭ މައްސަލަތައް އޮންލައިންކޮށް ހުށަހެޅޭގޮތް ހަދައިފި

21 މެއި 2017
ހިއުމަން ޓްރެފިކިންއާ ގުޅޭ މައްސަލަތައް އޮންލައިންކޮށް ހުށަހެޅޭގޮތް ހަދައިފި
15 އެޕްރީލު 2017

މާދަމާއިން ފެށިގެން އެއާރޕޯޓް ފެރީ ފުރާ ސަރަހައްދު ބަންދު ވާނެ، ދެން ފެރީ ފުރާނީ ފެރީ ލަފާ ސަރަހައްދުން: އެއާރޕޯޓް

15 އެޕްރީލު 2017
މާދަމާއިން ފެށިގެން އެއާރޕޯޓް ފެރީ ފުރާ ސަރަހައްދު ބަންދު ވާނެ، ދެން ފެރީ ފުރާނީ ފެރީ ލަފާ ސަރަހައްދުން: އެއާރޕޯޓް
09 އެޕްރީލު 2017

މިއަދުން ފެށިގެން އާއްމުކޮށް އިންފްލުއެންޒާ ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލައިފި

09 އެޕްރީލު 2017
މިއަދުން ފެށިގެން އާއްމުކޮށް އިންފްލުއެންޒާ ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލައިފި
30 މާރިޗު 2017

އެހެން ސިސްޓަމުން ވޯޓް ދެއްވީ އާޒިމް ކަމަށް މޫސާ ތުހްމަތުކުރެއްވި، އާޒިމް އެކަން ދޮގުކުރޭ!

30 މާރިޗު 2017
އެހެން ސިސްޓަމުން ވޯޓް ދެއްވީ އާޒިމް ކަމަށް މޫސާ ތުހްމަތުކުރެއްވި، އާޒިމް އެކަން ދޮގުކުރޭ!
28 މާރިޗު 2017

އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް

28 މާރިޗު 2017
އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު