Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ލައިފް ސްޓައިލް
ތަޒާކަންމަތީ ގިނަ ދުވަހު ކާއެއްޗެހި ފްރިޖްކުރުން

ގިނަ ދުވަހަށް ތާޒާކަންމަތީ ފްރިޖްގައި ތަކެތި ރައްކައުކޮށްފައި ބެހެއްޓޭނެ ގޮތެއް

އަބަދުވަސް ތަރުތީބުން ބެހެއްޓުން މުހިއްމު

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 8 މެއި 2020 | ހުކުރު 15:48
ފްރިޖް

ފްރިޖް

ޕްރިޖްގައި ރައްކާކޮށްފައި ބަހައްޓާ ތަކެތި ގިނަ ދުވަހަށް ތާޒާކަންމަތީ ނުހުންނަ ކަމުގެ ޝަކުވާ ވަރަށް ގިނަ ފަރާތްތަކުން ކުރަމުން ދެއެވެ.

އެ މައްސަލަ ދިމާވަނީ ޕްރިޖްގައި ތަކެތި ރައްކާކޮށްފައި ބަހައްޓަންޖެހޭ ތަރުތީބުން ނުބެހެއްޓޭތީއެވެ. ތަރުކާރީ އާއި މޭވާ، މަސް އަދި އެނޫންވެސް ބާވަތްތައް އެއްތަނެއްގައި ބެހައްޓުގެ ބަދަލުގައި ހުރިހާ ތަކެއްޗެއްވެސް ބަހައްޓަންވާނީ ވަކިވަކިންނެވެ. ފްރިޖްގައި ބަހައްޓާތަކެތި ރަނގަޅަށް ރައްކާތެރިކަމާއި އެކު ނުބެހެއްޓޭނަމަ އޭގައި ބެކްޓީރިއާ އުފެދި އެކަމުގެ ސަބަބުން ހަށގަނޑަށް އޭގޭ ނޭދެވޭ އަސަރުތައް ކުރުމަކީ އެކަށިގެންވާ ކަމެކެވެ. އެހެންކަމުން ފްރިޖްގައި ތަކެތި ރައްކާކޮށްފައި ބަހައްޓަންވާނީ މިދަންނަވާ ގޮތަށެވެ.

ފިޝް އެންޑް މީޓް (އެކި ބާވަތްތަކުގެ ރޯމަސް)

ފިޝް އެންޑް މީޓް އަބަދުވެސް ބަހައްޓަންވާނީ ގަނޑުކުރާބައިގައެވެ. އަދި މިތަކެތި ބަހައްޓަންވާނީ ރަނގަޅަށް ބަންދު ކުރެވިފައެވެ. ރަނގަޅަށް ބަންދުކޮށްފައި ނުބެހެއްޓޭނަމަ ބެކްޓީރިއާ އުފެދުމަކީ އެކަށީގެންވާ ކަމެކެވެ.

ޑެއިރީ ޕްރޮޑަކްޓްސް (ކިރުން އުފައްދާފައިވަ ބާވަތްތައް)

ކިރު، ކްޜީމް، ޔޯގަޓް، ޗީޒް ފަދަ ތަކެތި ބަހައްޓަންވާނީ ބަންދުކޮށްފައި ހުރި ޕެކެޓް ގައެވެ. ނަމަވެސް ތަށީގައި ބަހައްޓަން ބޭނުންވާނަމަ ތަށީގެ މަތި ޕްލާސްޓިކް ރެޕިންގ ޕޭޕަރ އިން ރަނގަޅަށް ބަންދުކުރަންވާނެއެވެ.

ޚާއްސަކޮށް ޗީޒް ބެނުންކުރުމަށްފަހު ވެކެސް ޕޭޕަރ ނުވަތަ ޕޮއިލްް އިން ރަނގަޅަށް ބަންދުކުރަންވާނެއެވެ.

ކިރު ފުރިޖްގެ ދޮރުފަތުގައި ނުވަތަ ފްރިޖް ހުޅުވާލާއިރު ފުރަތަމަ އަށް ނުބައްޓާށެވެ. އޭރަށް އޭގައި ފިނިކަން ހުންނަންޖެހޭ ވަރަށް ފިނި ހިފާފައި ނުހުންނާނެއެވެ.

ތަރުކާރީ އާއި މޭވާ

ފްރިޖްގެ އެންމެ ތިރީގައި ހުންނަ ވަތްގަނޑުތަކުގައި އަބަދުވެސް ތަރުކާރީ އާއި މޭވާ ރައްކައުކޮށްފައި ބަހައްޓާށެވެ. ތަރުކާރީ އާއި މޭވާ ބަހައްޓަންވާނީ ތަރުތީބުން އާފަލަކާއި ޖެހި އާފަލެއް ނުވަތަ އޮރެންޖަކާއި ޖެހި އޮރެންޖެކެވެ. ތަރުކާރީ އާއި މޭވާ ވަކި ތަރުޓީބެއް ނެތި ބަހައްޓައިފިނަމަ އެކަތި އަނެކައްޗަށް ޖެހި ފަސޭހައިން ހަލާކުވުން އެކަށީގެންވެއެވެ. އަދި ފްރިޖްގައި ބެހެއްޓުމުގެ ކުރިން މިތަކެތި ދޮވެގެން ނުވާނެއެވެ. ނަމަވެސް ޕްރިޖުން ނެގުމަށްފަހު ކައްކަން ބޭނުންކުރުމުގެ ކުރިން ރަނގަޅަށް ދޮންނަން ވާނެއެވެ.

ފިހެފައި ހުންނަ ތަކެތި

ފިހެފައި ހުންނަ ކޭކް، ޕާން އަދި ބްރައުނީ ފަދަ ތަކެތި ފްރިޖަށް ލުމުގެ ކުރިން ހޫނުކަން ކަންޑުވަން ވާނެއެވެ. އަދި ފްރިޖްގައި ބަހައްޓަންވާނެ ރަނގަޅަށް ދެ ލޭޔަރަށް ރެޕްކޮށްފައެވެ. ބްރައުނީސް ކޮންޓެއިނަރ އަކަށް އެޅުމަށްފަހު ފްރިޖްގައި ރައްކާކުރެވިފައި ބެހެއްޓިދާނެއެވެ.

ބިސް

ޕްރިޖްގައި ބިސް ވެސް ބަހައްޓަންވާނީ އެހެން ބާވަތްތަކާއި ވަކިން ވެއްޓި ނުތެޅޭ ގޮތަށެެވެ.

އެހެންހެން ތަކެތި

ކައްކަން ބޭނުން ކުރާ ނުވަތަ ކައްކާފައި ހުންނަ އެހެނިހެން ބާވަތްތައް ފްރިޖްގައި ބަވައްޓަންވާނީ ވައިނުވަންނަ ގޮތައް ބަންދުކޮށްފައިވާ ކޮންޓެއިނާގައެވެ. ނަމަވެސް އެއްކޮންޓެނަރ އެއްގެ ތެރޭގައި ހުރިހާ އެއްޗެއް ބަހައްޓައިގެން ނުވާނެއެވެ. ދަޅުގައި ބަންދުކޮށްފައި ހުންނަ ތެކެތި އެއްފަަހަރު ބޭނުން ކުރުމަށްފަހު ދަޅުގައި ނުބަހައްޓާށެވެ. އޭރަށް ދަޅުގައި ހުންނަ މެޓަލިކް ރަހަ ތަކެތީގައި ހިފާނެއެވެ.

ސަމާލުކަންދޭންވީ ބައެއް ކަންތައްތައް

* މަސްފަދަ ތަކެތި ބޮޑަށް ރަނގަޅީ ރެޕްކޮށްފައި ބެހެއްޓުމެވެ. އެހެނިހެން ތަކެތި ރައްކާތެރި ކޮށްފައި ބެހެއްޓުމަށް ބިއްލޫރި ނުވަތަ ޕްލާސްޓިކް މަތިޖެހި ކޮންޓެއިނަރ ބޭނުން ކުރެވިދާނެއެވެ.

* ފްރިޖަށް ތަކެތި ލުމުގެ ކުރިންނާޢި ފްރިޖުން ތަކެތި ނެގުމަށްފަހު ރަނގަޅަށް އަތް ދޮންނަން ވާނެއެވެ. އަދި ކޮންމެ މަހަކު ދެފަހަރު ރަނގަޅަށް ފްރިޖް ސާފުކުރަންވާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޫނުގެ ހަންގަނޑު ތާޒާކަންމަތީ ބެހެއްޓުމަށް ދޮންފަޅޯ ބޭނުން ކުރެވިދާނެ

މޫނުގެ ހަންގަނޑު ތާޒާކަންމަތީ ބެހެއްޓުމަށް ދޮންފަޅޯ ބޭނުން ކުރެވިދާނެ

13 ފެބުރުއަރީ 2023
ރަމަޟާންމަހު ހަށިގަނޑަށް ފެން ލިއްބައިދޭ ތަކެތި އިޚްތިޔާރުކުރުމުގެ މުހިންމުކަން

ރަމަޟާންމަހު ހަށިގަނޑަށް ފެން ލިއްބައިދޭ ތަކެތި އިޚްތިޔާރުކުރުމުގެ މުހިންމުކަން

07 މެއި 2019

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު