Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ21 މެގަވޮޓްގެ ސޯލާ ޕެނަލްގެ ޕްރޮޖެކްޓް

21 މެގަވޮޓްގެ ސޯލާ ޕެނަލްގެ ޕްރޮޖެކްޓް މަސައްކަތް ކުރާނެ ބަޔަކު ހޯދަނީ

ލޮޓް 1 ގައި ހިމެނެނީ 10 މެގަވޮޓް ފްލޯޓިންގ ސޯލާ ޕީވީ އައްޑު ސިޓީ ގައި ގާއިމް ކުރުމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 މެއި 2020 | ހުކުރު 14:32
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފުލެޓްތަކުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްފައި - އިއާދަކުރަނިވ ހަކަތަ ބޭނުން ކުރަން ފެށުމަކީ ސަރުކާރުގެ އަމާޒެއް އަދި އެކަމަށް ގިނަ ޕްރޮޖެކްޓްތަކެއް ވަނީ ރާވާފައި

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފުލެޓްތަކުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްފައި - އިއާދަކުރަނިވ ހަކަތަ ބޭނުން ކުރަން ފެށުމަކީ ސަރުކާރުގެ އަމާޒެއް އަދި އެކަމަށް ގިނަ ޕްރޮޖެކްޓްތަކެއް ވަނީ ރާވާފައި

ޑިޒައިން، ބިލްޑް، ފައިނޭންސް، އޯން، އޮޕަރޭޓް، ޓްރާންސްފަރ އުސޫލުން 21 މެގަވޮޓްގެ ސޯލާ ޕެނަލް ޖަހައިގެން ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފިއެވެ.

"އެކްސެލެރޭޓިންގ ރިނިއުއަބަލް އެނަރޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ" (އެރައިޒް) ޕްރޮޖެކްޓް މީގެ ކުރިން ވެސް އިއުލާނުކުރިއެވެ. އެއީ މާރޗް 5 ގައެވެ. ނަމަވެސް އެކަށީގެންވާ ވަރަށް އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ މުއްދަތު އިތުރުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އައްޑޫ ސިޓީ، ފުވައްމުލަށް ސިޓީ، ކުޅުދުއްފުށި ސިޓީ، ގދ. ތިނަދޫ، ބ. އޭދަފުށި އަދި ޅ. ހިންނަވަރުގައި ޑިޒައިން، ބިލްޑް، ފައިނޭންސް، އޯން، އޮޕަރޭޓް އަދި ޓްރާންސްފަރ އުސޫލުން 21 މެގަވޮޓްގެ ސޯލާ ޕެނަލް ޖަހައިގެން ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ފަރާތެއް ދެވަނަ ފަހަރަށް އިއުލާނުކޮށްފައިވާ ކަމަށެވެ.

މިއީ ކަރަންޓު އުފެއްދުމަށް އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި އިއާދަ ކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ފޯރުކޮށްދޭ ނިޒާމުތައް ގާއިމުކުރުމަށްޓަކައި ވާރލްޑް ބޭންކުގެ އެހީގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓުގެ މަސައްކަތްތައް ވަނީ 2 ލޮޓަކަށް ބަހާލާފައެވެ. ލޮޓް 1 ގައި ހިމެނެނީ 10 މެގަވޮޓް ފްލޯޓިންގ ސޯލާ ޕީވީ އައްޑޫ ސިޓީ ގައި ގާއިމް ކުރުމަށެވެ. އަދި ލޮޓް 2 ގައި ހިމެނެނީ 11 މެގަވޮޓް ލޭންޑް ބޭސްޑް ސޯލާ ޕީވީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ގދ. ތިނަދޫ، ބ. އޭދަފުށި އަދި ޅ. ހިންނަވަރުގައި ގާއިމު ކުރުމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ 21 މެގަވޮޓްގެ ސޯލާ ޕެނަލް ޖަހައިގެން ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރި އިއުލާނުގައިވާ ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށް، މިމަސައްކަތް ކުރުމަށް ޝަރުތު ހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ޕްރީކޮލިފއިވުމަށް ކުރިމަތިލުމުގެ ދަޢުވަތު އަރުވާ ކަމަށެވެ. އަދި ޕްރިކޮލިފައިވުމަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން ލޮޓްތަކަށް ވަކިވަކިން، ނުވަތަ އެއްކޮށްވެސް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށާއި، ޕްރިކޮލިފައިވާން ބޭނުންވާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުޠުތައް ޕްރީކޮލިފިކޭޝަން ޑޮކިއުމަންޓްގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.

މި މަސައްކަތްތަކަށް ޝަރުޠު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައިސީބީ) އުޞޫލުގެ މަތިން، ވަރލްޑް ބޭންކުގެ "ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޮރ އައިޕީއެފް ބްރޮވަރސް" ގެ ޕްރޮކިއުމަންޓް ރެގިއުލޭޝަން ބިޑިންގ ޕްރޮސެސްގެ ދަށުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ޕްރީކޮލިފިކޭޝަން އެޕްލިކޭޝަންތައް ޖުލައި 23 ވާ ބުރާސްފަތި ދުވަހުގެ މެންފުރު 1:00 ގެ ކުރިން ނެޝަނަލް ޓެންޑަރ، މިނިސްޓްރީ އޮފް ފިނޭންސް އަށް ހުށަހަޅަންވާނެ ކަމަށް ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު