Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވިޔަފާރިވެރިންގެ އިރުޝާދު ސަރުކާރުން ބަލައިގަންނާނ

ވިޔަފާރިވެރިންނަކީ ގައުމެއްގެ ތަރައްގީގެ ބޮޑެތި ހިއްސާދާރުން: ރައީސް ނަޝީދު

8 މެއި 2020 | ހުކުރު 07:59

ހުރިހާ ފަރާތްތަކުގެ ހެޔޮލަފާ އިރުޝާދު ބަލައި ގަންނާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 8 މެއި 2020 | ހުކުރު 07:59
ސަރުކާރުން އިރުޝާދުތައް ބަލައި ގަންނާނެ ކަމަށް މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވެފައިވޭ

ސަރުކާރުން އިރުޝާދުތައް ބަލައި ގަންނާނެ ކަމަށް މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވެފައިވޭ

ވިޔަފާރިވެރިންނަކީ ގައުމެއްގެ ތަރައްގީގެ ބޮޑެތި ހިއްސާދާރުން ކަމަށާއި، ވިޔަފާރިވެރިންގެ އަޑު ސަރުކާރުން އަހާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ކޮވިޑް-19 ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއަށް ސަރުކާރުން ޚާއްޞަކުރި ރިލީފް ޕެކޭޖް ކަނޑައެޅުމުގެ ކުރިން މަޓީއާއެކު މަޝްވަރާނުކުރާ ކަމަށް ބުނެ މަޓީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވަނިކޮށްށެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން، މަޓީ އަދި އެހެން ހުރިހާ ފަރާތެއްގެ ވެސް ހެޔޮލަފާ އިރުޝާދު ބަލައި ގަންނާނެ ކަމަށެވެ. ވިޔަފާރިވެރިންނަކީ ގައުމެއްގެ ތަރައްގީގެ ބޮޑެތި ހިއްސާދާރުން ކަމަަށް އެމަނިކުފާނު ވިދާޅުވިއެވެ.

އުފެއްދުންތެރިކަން ނުކުންނާނީ މަސައްކަތްތެރިންނާއި، ވިޔަފާރިވެރިންނާއި އަދި ގުދުރަތީ ވަސީލަތްތައް އެކުވީމަ ކަމަށް ރައީސް ނަޝީދު ސިފަކުރައްވާފައިވެއެވެ.

މިމަހުގެ 6 ވަނަ ދުވަހު މަޓީން ކަންބޮޑުވުންފާޅުކޮށް ނެރިފައިވާ ބަޔާނުގައި ބުނީ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭނެ ގެއްލުމުގެ މައްޗަށް ސަރުކާރުން އެސްޓިމޭޓް ކޮށްފައިވަނީ ހަގީގަތާ އެއްގޮތަށް ނޫން ކަމަށެވެ. ވިޔަފާރި ބަގުރޫޓްވެ، ވަޒީފާތައް ގެއްލެމުންދާކަން ފާހަގަކޮށް މަޓީން ބުނީ މިކަމުން އަރައިގަތުމަށް އެކަށީގެންވާ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ. ނަމަވެސް މިހާތަނަށް އެކަށީގެންވާ ފިޔަވަޅެއް ސަރުކާރުން އަޅާފައިނުވާކަން މަޓީން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން މަޓީން ބުނީ އަވަސް ފިޔަވަޅުތަކެއް ނާޅައިފިކަމުވާނަމަ ޓުއަރިޒަމް ދާއިރާގެ ވިޔަފާރިވެރިން ބަނގުރޫޓުވެ، އެތައް ބައެއްގެ ވަޒީފާ ގެއްލި ކޭޝްފްލޯ މެނޭޖް ކުރުމަށް ދަތިތަކާ ކުރިމަތިލާން ޖެހޭނެކަމަށެވެ. ރިލީފް ޕެކޭޖަށް އަލިއަޅުއްވާ މަޓީން ބުނީ އެހީގެ ޕެކޭޖް ދިނުމުގައި ކަނޑައަޅާފައިވާ ޝަރުތުތަކުގެ ސަބަބުން ދާއިރާގެ ގިނަ ބަޔަކަށް އެ ޕެކޭޖަށް ޝަރުތު ހަމަނުވާތީ އެހީ ނުލިބޭނެ ކަމަށެވެ.

ނަމަވެސް މިމަހުގެ 7 ވަނަ ދުވަހުގެ މެންދުރުފަހު ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޓީން ނެރުނު ބަޔާނާއި ގުޅުވައި ނޫސްވެެރިޔަކު ސުވާލުކުރުމުން ސަމާސާ ރާގަކަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، ޕެކޭޖާއި ބެހޭ ގޮތުން ''މަޓީ ކިޔާ'' ބަޔަކާއި ވާހަކަތަކެއް ދައްކާފައިވާނެ ކަމަށާއި، އެކަމަކު މަޝްވަރާ ނުކުރާ ކަމަށް މަޓީން ބުނުމުން އޭރު ވާހަކަ ދެކެވުނީ ސިފަ ބަދަލުކޮށްގެން ތިބި މަޓީގެ ބޭފުޅުންކަމާއި މެދު ޝައްކު" ކަމަށެވެ.

މަޓީގެ ބަޔާން މިނިސްޓަރ ސިފަ ކުރައްވާފައިވަނީ، ސަރުކާރު "ގައިގައި ކޮޅުފައިން ޖެހުން" ފަދަ ޢަމަލެއްގެ ގޮތުގައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

06 މެއި 2017

ހަ ގައުމެއްގެ އޮބްޒާވަރުން ދަނީ ހަރަކާތްތެރިވަމުން

06 މެއި 2017
ހަ ގައުމެއްގެ އޮބްޒާވަރުން ދަނީ ހަރަކާތްތެރިވަމުން
29 އެޕްރީލު 2017

ތަރައްގީގެ މީޓަރުން ރައީސް ޔާމީނަށް ލިބެނީ ސުމެއް: އަލީ ހުސެއިން

29 އެޕްރީލު 2017
ތަރައްގީގެ މީޓަރުން ރައީސް ޔާމީނަށް ލިބެނީ ސުމެއް: އަލީ ހުސެއިން
24 އެޕްރީލު 2017

ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އޮތް އިމާރާތްކުރުމުގެ ބިލް ތަސްދީގު ކުރައްވައިފި

24 އެޕްރީލު 2017
 ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އޮތް އިމާރާތްކުރުމުގެ ބިލް ތަސްދީގު ކުރައްވައިފި
22 އެޕްރީލު 2017

ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންވަނީ ގެނެސްފަ: ރައީސް ނަޝީދު

22 އެޕްރީލު 2017
ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންވަނީ ގެނެސްފަ: ރައީސް ނަޝީދު
13 އެޕްރީލު 2017

ހަތަރު ގައުމެއްގެ އަސްކަރިއްޔާ ސިފައިން ބައިވެރިވެގެން ހިންގި ޑައިވް ކޯސް ނިންމާލައިފި

13 އެޕްރީލު 2017
ހަތަރު ގައުމެއްގެ އަސްކަރިއްޔާ ސިފައިން ބައިވެރިވެގެން ހިންގި ޑައިވް ކޯސް ނިންމާލައިފި
21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް