Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19: މާލެއިން ބޭރުވާއިރު ސަމާލުވުން

ރަށްރަށަށް އަވަސް އަރުވާލައިގެން ދަތުރުކުރުން: އާޚިރުގައި ނިކުންނަ ނަތީޖާ މާ ގޯސްވާނެ

8 މެއި 2020 | ހުކުރު 03:58

އެކި ސަބަބުތަކާހުރެ އަތޮޅުތެރޭގެ ވަރަށް ގިނަ ފަރާތްތައް މާލޭގައި ތާށިވެފަ އެބަތިބި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 8 މެއި 2020 | ހުކުރު 03:58
މާލޭގައި ތާށިވެފައި މީހުން ރަށަށް ގެންދިއުމުގައި މޯލްޑިވިއަންގެ ހިއްސާ ވަރަށް ބޮޑު

މާލޭގައި ތާށިވެފައި މީހުން ރަށަށް ގެންދިއުމުގައި މޯލްޑިވިއަންގެ ހިއްސާ ވަރަށް ބޮޑު

ރަށަރަށަށް އަވަސް އަރުވާލައިގެން ދަތުރުކުމުން ނިކުންނަ ނަތީޖާ މާ ގޯސްވާނެކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މާލެސިޓީ ފުރަބަންދުކޮށް، ކޮމިއުނިޓީ ސްޕްރެޑްއެއް އޮތްކަމަށް ޞިއްޙީ މާހިރުން ބުނެފައިވާ ދަނޑިވަޅެއްގައި ބުރާސްފަތި ދުވަހުގެ ރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް-19 ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް ވިދާޅުވީ އަވަސް އަރުވާލައިގެން ރަށްރަށަށް ދަތުރުކުރުމުން ނިކުންނަ ނަތީޖާ ގޯސްވެދާނެކަމަށެވެ. މަބްރޫކް ވިދާޅުވީ ކޮމިއުނިޓީ ސްޕްރެޑެއް އޮތް ތަނަކުން ރަށްރަށަށް ފުރާާއިރު ބަލަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރިކަމަށާއި ރަށްރަށުގައި ކަރަންޓީން ކުރުމަށްފަހު އެފަރާތްތައް މޮނިޓަރ ކުރެވޭނެ ރަނގަޅު އިންތިޒާމްތަކެއް ހުރިތޯ ބަލަންޖެހޭކަމަށެވެ.

Advertisement - newsAdvertisement

މަބްރޫކް ވިދާޅުވީ މާލެއިން ގިނަ ބަޔަކު ފުރާއިރު، ހަމަހަމަކަމާއި އެކު މިކަން ކުރެވޭނެ އިންތިޒާމުތަކެއް ހަމަޖައްސަން ޖެހޭކަމަށެވެ. އެގޮތުން އެންމެ ގިނައިން މީހުން ގެންދެވޭނެ ޢަދަދަކާ މީހުން ދިއުމުގެ ސަބަބުން ރަށަށް އޮތީ ކިހާވަރެއްގެ ނުރައްކަލެއްތޯ ބަލަންޖެހޭކަމަށެވެ. މަބްރޫކް ވިދާޅުވީ ރަށްރަށް ދިއުމުގެ އިންތިޒާމުތައް ހަމަޖައްސާއިރު ލަސްތަކެއް އުޅޭނެކަމަށާއި އެންމެ އިސްކަމެއް ދޭ އެއް ކަމަކީ ރާއްޖޭގައި ބަލި ފެތުރޭ މިންވަރު ކޮންޓްރޯލްކުރުންކަމަށެވެ. އަދި އެއްފަހާރާ އެއްވަގުތެއްގައި މީހުން ބަދަލުކުރުމަށް މަސައްކަތް ކުރުމަަކީ އޭގެ ސަބަބުން މުޅި ރާއްޖެއަށް މި ބަލި ފެތުރުމުގެ ނުރައްކާ ބޮޑުވެދާނެ ކަމަކަށް ވާތީ އެންއީއޯސީން މޮނިޓަރ ކުރެވޭ މިންވަރަށް މީހުން ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މަބްރޫކް ވިދާޅުވީ މިހާރު އެންމެ އިސްކަމެއް ދެނީ ވަގުތީގޮތުން މާލެ އައިސް ތިބި މީހުންނަށްކަމަށެވެ. އަދި އޭގެތެރެއިންވެސް އެންމެ މުހިންމީ ބޭސްފަރުވާއަށް އައިސް ތިބި ފަރާތްތަކަށް އަނބުރާ ރަށަށް ފޮނުވާލުންކަމަށެވެ. އަދި އެކިއެކި ބޭނުމަށް މާލެއަށް އައިސް ހުންނާނެ ތަނެއް ނެތި ތިބި މީހުންނާއި ރިސޯޓުތަކުން އައިސް ރަށަށް ނުދެވި ތާށިވެފައިތިބި މީހުންނަށްވެސް އިސްކަންދެއްވާނެ ކަމަށެވެ.

މަބްރޫކް މިހެން ވިދާޅުވެފައިވާއިރު، ރާއްޖެއިން ކޮވިޑް-19 ގެ ކޮމިއުނިޓީ ސްޕްރެޑެއް ފެނިފައިވާ މި ޙާލަތުގައި މާލެއިން ބޭރަށް ދިއުމަކީ ކޮށްގެން ވާނެ ކަމެއް ނޫންކަމަށް ހެލްތު މިނިސްޓަރ ޢާބްދުﷲ އަމީން ވަނީ މީގެކުރިން ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

19 މެއި 2017

އަވަސް ހައްލެއް ލިބޭނީ ސަރުކާރުން އައްޑޫ ސިޓީ ކައުންސިލް މެދުވެރިވެގެން މަސައްކަތް ކުރުމުން:ހަސަން ލަތީފް

19 މެއި 2017
އަވަސް ހައްލެއް ލިބޭނީ ސަރުކާރުން އައްޑޫ ސިޓީ ކައުންސިލް މެދުވެރިވެގެން މަސައްކަތް ކުރުމުން:ހަސަން ލަތީފް
05 މެއި 2017

އިންތިހާބުގައި ސަލާމަތީކަންކަން ފުލުހުން ރަށްރަށަށް ފުރައިފި

05 މެއި 2017
އިންތިހާބުގައި ސަލާމަތީކަންކަން ފުލުހުން ރަށްރަށަށް ފުރައިފި
03 މެއި 2017

ނޫސްވެރިންނާ މެދު ލާއިންސާނީ ޖަރީމާތައް ހިންގާ ފަރާތްތަކުގެ ތަޙްޤީޤު އަވަސްކުރުމަށް އެޗްއާރުސީއެމް އިން ގޮވާލައިފި

03 މެއި 2017
ނޫސްވެރިންނާ މެދު ލާއިންސާނީ ޖަރީމާތައް ހިންގާ ފަރާތްތަކުގެ ތަޙްޤީޤު އަވަސްކުރުމަށް އެޗްއާރުސީއެމް އިން ގޮވާލައިފި
15 މާރިޗު 2017

ރައްޔިތުންގެ އިތުބާރާ އެކު އޭޑީކޭ ހޮސްޕިޓަލަށް 30 އަހަރު: ވަރަށް އަވަސް މުސްތަޤުބަލެއްގައި ބައިނަލްއަޤުވާމީ ހޮސްޕިޓަލަކަށް ހަދަނީ

15 މާރިޗު 2017
ރައްޔިތުންގެ އިތުބާރާ އެކު އޭޑީކޭ ހޮސްޕިޓަލަށް 30 އަހަރު: ވަރަށް އަވަސް މުސްތަޤުބަލެއްގައި ބައިނަލްއަޤުވާމީ ހޮސްޕިޓަލަކަށް ހަދަނީ
15 މާރިޗު 2017

ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު

15 މާރިޗު 2017
ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު
14 މާރިޗު 2017

މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

14 މާރިޗު 2017
މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި
12 މާރިޗު 2017

ސްނައިޕަރުގެ މައްސަލަ އަވަސް ކޮށްދިނުމަށް ލަންކާއިން ދިވެހި ސަރުކާރުގައި އެދިއްޖެ

12 މާރިޗު 2017
ސްނައިޕަރުގެ މައްސަލަ އަވަސް ކޮށްދިނުމަށް ލަންކާއިން ދިވެހި ސަރުކާރުގައި އެދިއްޖެ
08 މާރިޗު 2017

ރީ-ރެޖިސްޓްރޭޝަން ފޯމު މޮބައިލް ސްޓޭޝަންތަކަށް ހުށަހެޅުމުގެ ސުންގަޑި އަވަސްކޮށްފި

08 މާރިޗު 2017
ރީ-ރެޖިސްޓްރޭޝަން ފޯމު މޮބައިލް ސްޓޭޝަންތަކަށް ހުށަހެޅުމުގެ ސުންގަޑި އަވަސްކޮށްފި
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް