Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19: ރިލީފް ފަންޑް

ކޮވިޑް ރިލީފް ފަންޑް: ވިޔަފާރި 764 ފަރާތް، އަމިއްލަ މަސައްކަތްކުރާ 403 ފަރާތަކުން ފޯމު ހުށަހެޅި: ފައްޔާޒު

7 މެއި 2020 | ބުރާސްފަތި 11:57

މިއަދާ ހަމައަށް 38 ފަރާތަކަށް ލޯނު ދީފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 7 މެއި 2020 | ބުރާސްފަތި 11:57
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް: ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީޑިއާތަކަށް މައުލޫމާތު ދެއްވަނީ

އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް: ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީޑިއާތަކަށް މައުލޫމާތު ދެއްވަނީ

ކޮވިޑް-19 ގެ ރިލީފް ފަންޑުގެ އެހީއަށް އެދި، ވިޔަފާރި ހިންގާ 764 ފަރާތަކުންނާއި އަމިއްލަ މަސައްކަތްކުރާ 403 ފަރާތަކާއެކު ޖުމުލަ 1167 ފޯމު ހުށަހަޅާފައިވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓް ފައްޔާޒު ވިދާޅުވީ، ކޮވިޑް-19 ރޯގާ މާލެ ޞަރަަޙައްދުގައި ފެތުރެން ފެށުމާއެކު މާލެ ޞަރަޙައްދު ފުރަބަންދުކުރުމާއި ގުޅިގެން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ހުށަހެޅިފައިވާ އެ އެފޯމުތައް ޕްރޮސެސްކުރަން އުނގަދޫތަކާ ކުރިމަތިވި ކަމަށެވެ. އައި އެސްޑީއެފްސީގެ ބައެއް މުއައްޒަފުން ކަރަންޓީނަށް ނުވަތަ އަމިއްލައަށް އައިސޮލޭޝަނަށް ދާންޖެހުން ފަދަ ކަންކަން ވެސް ކުރިމަތިވި ކަމަށެވެ.

Advertisement - newsAdvertisement

މީގެއިތުރުން ފައްޔާޒު ވިދާޅުވީ، މާލެ ޞަރަޙައްދު ފުރަބަންދުކޮށްފައިވާތީ، ފޯމުތައް ހުށަހަޅާފައިވާ ފަރާތްތަކުގެ އިތުރު މަޢުލޫމާތު ހޯދަން، ނުވަތަ މަޢުލޫމާތު ކަށަވަރުކުރުމަށް، ވަރަށް ބޮޑު ދަތިކަމެއް ދިމާވި ކަމަށެވެ. ނަމަވެސް ފައްޔާޒު ވިދާޅުވީ، އެސްޑީއެފްސީއިން ކަރަންޓީނަށް ނުވަތަ އަމިއްލަ އައިސޮލޭޝަނަށް ދިޔަ ފަރާތްތައް މަސައްކަތަށް ނިކުމެފައިވާތީ، މިހާރު ފޯމުތައް ޕްރޮސެސް ކުރުމުގެ މަސައްކަތް ތަންކޮޅެއް އަވަސްމިނެއްގައި ކުރިއަށްދާ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ، ރިލީފް ފަންޑުގެ ލޯނަށް އެދިފައިވާ 1167 ފަރާތުގެ ތެރެއިން، 38 ފަރާތަކަށް މިއަދާ ހަމައަށް ލޯނު ދޫކޮށްފައިވާކަމަށެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ، މިހާރު މަސައްކަތް ކުރަމުންދަނީ ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ލޯނަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން %90 މަސައްކަތް ނިންމުމަށް ކަމަށެވެ. އަދި މިހާތަނަށް އެދިފައިވާ ލޯނުތަކުގެ ތެރެއިން 53 ލޯނެއް ރިޖެކްޓްކޮށްފައިވާކަމަށާ، އަދި މިހާތަނަށް އެޕްރޫވް ކުރެވިފައިވަނީ 203 ލޯނެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒު ވިދާޅުވީ، މިކަންކަން ކުރުމުގައި ސަރުކާރުން ޢަމާޒުކޮށްފައިވަނީ ޢާމްދަނީ ހުއްޓި ގޮތްހުސްވެފައިވާ މީހުންނަށް ގޮތްތަކެއް ހޯދައި ދިނުމަށް ކަމަށެވެ. އަދި ލޯނުތައް ދޫކުުރުމުގައިވެސް އެންމެބޮޑު އިސްކަމެއްދެނީ މިކަންކަމަށް ބެލުމަށްފަހު ކަމަށާއި އަދި އެންމެ ބޮޑަށް މިކަމުގައި ބަލަމުންދާނީ ކޮވިޑް-19އާ ގުޅިގެން، އޭގެ އަސަރު އެންމެބޮޑަށް ކޮށްފައިވާ ފަރާތްތަަކައް ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

01 ޖޫން 2017

އަޔަލެންޑްގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓްކުރުން އިތުރުވާނެ ކަމަށް އުއްމީދުކުރަން: ރައީސް

01 ޖޫން 2017
އަޔަލެންޑްގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓްކުރުން އިތުރުވާނެ ކަމަށް އުއްމީދުކުރަން: ރައީސް
31 މެއި 2017

އަތޮޅުތަކުން ޓެކްސް ނުދައްކާ 63 ވިޔަފާރިއެއްގެ ނަން ހާމަކޮށްފި

31 މެއި 2017
އަތޮޅުތަކުން ޓެކްސް ނުދައްކާ 63 ވިޔަފާރިއެއްގެ ނަން ހާމަކޮށްފި
27 މެއި 2017

ރަމަޟާން މަހާ ގުޅިގެން އުފެދޭ ކުނި އުކާލުމަކީ ވިޔަފާރިއަކަށް ހަދައިގެން ނުވާނެ: ޝަމާއު

27 މެއި 2017
ރަމަޟާން މަހާ ގުޅިގެން އުފެދޭ ކުނި އުކާލުމަކީ ވިޔަފާރިއަކަށް ހަދައިގެން ނުވާނެ: ޝަމާއު
18 މެއި 2017

އައްޑޫ ރައްޔިތުންނަށް އެހީވުމަށް ރާއްޖެޓީވީން "އައްޑޫރިލީފް ފަންޑް" ހުޅުވައިފި

18 މެއި 2017
އައްޑޫ ރައްޔިތުންނަށް އެހީވުމަށް ރާއްޖެޓީވީން "އައްޑޫރިލީފް ފަންޑް" ހުޅުވައިފި
18 މެއި 2017

ރަމަޟާން މަހުގައި ވިޔަފާރިކުރެވޭނެ ވަގުތުތައް އިކޮނޮމިކް މިނިސްޓްރީ ކަނޑައަޅައިފި

18 މެއި 2017
ރަމަޟާން މަހުގައި ވިޔަފާރިކުރެވޭނެ ވަގުތުތައް އިކޮނޮމިކް މިނިސްޓްރީ ކަނޑައަޅައިފި
22 މާރިޗު 2017

ވިޔަފާރިވެރިންނަށް ފިއްތުމާއި ނުފޫޒް ފޯރުވުން ނިމުމަކަށް އަންނަން ބާކީ އޮތީ ފަސް ދުވަސް: ފާރިސް

22 މާރިޗު 2017
ވިޔަފާރިވެރިންނަށް ފިއްތުމާއި ނުފޫޒް ފޯރުވުން ނިމުމަކަށް އަންނަން ބާކީ އޮތީ ފަސް ދުވަސް: ފާރިސް
21 މާރިޗު 2017

ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު

21 މާރިޗު 2017
ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު
21 މާރިޗު 2017

ސިޔާސީ މަގުސަދު ހާސިލް ކުރުމަށް ވިޔަފާރިތަކަށް ދުއްތުރާ ނުކުރުމަށް އެމްޑީޕީން ގޮވާލައިފި

21 މާރިޗު 2017
ސިޔާސީ މަގުސަދު ހާސިލް ކުރުމަށް ވިޔަފާރިތަކަށް ދުއްތުރާ ނުކުރުމަށް އެމްޑީޕީން ގޮވާލައިފި
07 ފެބުރުއަރީ 2017

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް