Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އަށް ވެކްސިނެއް ހޯދުން

ކޮވިޑް-19 އަށް ވެކްސިނެއް ހޯދިއްޖެ ކަމަށް އިޓަލީގެ ސައިންސްވެރިންތަކެއް ބުނެފި

މީދަލަށް ޖަހައިގެން ހެދި ޓެސްޓުތައް ވަނީ ކާމިޔާބުވެފައި

އަމަން ހަލީމް
އަމަން ހަލީމް | 7 މެއި 2020 | ބުރާސްފަތި 01:03
ކޮވިޑް-19 ޖެހިފައިވާ ބަލި މީހަކަށް އިޓަލީވިލާތުގައި ފަރުވާދެނީ

ކޮވިޑް-19 ޖެހިފައިވާ ބަލި މީހަކަށް އިޓަލީވިލާތުގައި ފަރުވާދެނީ

ކޮވިޑް-19 އަށް ވެކްސިނެއް ހޯދިއްޖެ ކަމަށް އިޓަލީވިލާތުގެ ސައިންސްވެރިންގެ ޓީމަކުން ހާމަކޮށްފި އެވެ.

މި ވެކްސިން ކާމިޔާބުތޯ ބެލުމަށް މީދަލަށް ޖަހައިގެން ކުރި ޓެސްޓުތަކުގައި، އިންސާނުންގެ ހަށިގަނޑުން ނައްތާލެވޭ އެންޓިބޮޑީސް އުފެދުނު ކަމަށް މި ވެކްސިން އުފެއްދި ޓާކިސް ކުންފުންޏާ ހަވާލާދީ އިންޑިޕެންޑެންޓް ގައި ރިޕޯޓްކޮށްފައި ވެއެވެ. މި ޓެސްޓުތައް ހަދާފައިވަނީ، ގައިންގަޔަށް އަރާ ބަލިތަކަށް ހާއްސަ ރޯމްގެ ލަޒާރޯ ސްޕްލަންޒީނީ ހޮސްޕިޓަލުގެ އެވެ.

މިކަމާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން ޓާކިސް ކުންފުނީގެ ސީއީއޯ ލުއީޖީ އައުރީޗިއޯ ބުނީ، މި ވަގުތު ވެކްސިނެއް އުފެއްދުމަށް އިޓަލީވިލާތުގައި ކުރާ މަސައްކަތުގައި އެންމެ ކުރި ހޯދާފައިވަނީ އެ ކުންފުނިން ކަމަށެވެ. އަދި މިއީ ދުނިޔޭގައި މިހާތަނަށް މި ވައިރަހަށް ފަރުވާކުރަން އުފެއްދި ވެކްސިންތަކުގެ ތެރެއިން، ވައިރަސްގެ ބާރު ކަނޑުވާލާ ހަމައެކަނި ވެކްސިންކަމަށް ގަބޫލުކުރާ ކަމަށް އޭނާ ބުނެފައި ވެއެވެ.

އިންސާނުންގެ ގަޔަށް ޖަހައިގެން ޓެސްޓު ކުރުމުގެ މަރުހަލާއާ ގުޅިގެން އައުރީޗިއޯ ބުނީ، ހޫނު މޫސުން ނިމުމަކަށް އައުމުން (ސެޕްޓެމްބަރު މަހު) ހިއުމަން ޓްރައަލްސް ފަށާނެ ކަމަށެވެ. މި ވެކްސިން ކާމިޔާބުވާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް އޭނާ ބުންޏެވެ.

ވެކްސިންގެ އެއް ޑޯޒަށް ފަހު، ވައިރަސް ނައްތާލާ އެންޓިބޮޑީޒް އުފެދުނެވެ. ޓެސްޓިންގގެ ދެން އޮތް މަރުހަލާއަކީ، އެންޓިބޮޑީޒްތައް ދިފާއީ ނިޒާމުގައި ހުންނަނީ ކިހާ ދުވަހަކަށްތޯ ބެލުމެވެ.

ކޮވިޑް-19 ޖެހެން މެދުވެރިވާ ޖަރާސީމު ނައްތާލަން ވެކްސިނެއް ހޯދަން ކުރާ މަސައްކަތުގައި ކާމިޔާބު ލިބޭނީ އިތުރު ފަރާތްތަކުގެ އެހީއާއެކު ކަމަށް އައުރީޗިއޯ ބުންޏެވެ. އަދި މި ނުރައްކާތެރި ބައްޔަށް ޝިފާއެއް ހޯދުމަށް ކުރާ މަސައްކަތަށް އެހީވުމަށް އޭނާ ވަނީ ގޮވާލާފަ އެވެ.

އިތުރަށް ކިޔާލަން

18 މެއި 2020

ދެ މަސް ދުވަސް ފަހުން އިޓަލީގެ ފިހާރަތަކާއި ރެސްޓޯރެންޓްތައް ހުޅުވާލައިފި

18 މެއި 2020
ދެ މަސް ދުވަސް ފަހުން އިޓަލީގެ ފިހާރަތަކާއި ރެސްޓޯރެންޓްތައް ހުޅުވާލައިފި
16 މެއި 2020

ޖޫން މަހުގެ 3 ވަނަ ދުވަހުން ފެށިގެން އިޓަލީގެ ބޯޑަރު ހުޅުވާލަނީ

16 މެއި 2020
ޖޫން މަހުގެ 3 ވަނަ ދުވަހުން ފެށިގެން އިޓަލީގެ ބޯޑަރު ހުޅުވާލަނީ
16 މެއި 2020

މިއަހަރުގެ ނިޔަލަށް ކާމިޔާބު ވެކްސިނެއް ހޯދޭނެކަމަށް ބެލެވޭ 14 ކެނޑިޑޭޓެއް އެބަތިބި: ޓްރަމްޕް

16 މެއި 2020
މިއަހަރުގެ ނިޔަލަށް ކާމިޔާބު ވެކްސިނެއް ހޯދޭނެކަމަށް ބެލެވޭ 14 ކެނޑިޑޭޓެއް އެބަތިބި: ޓްރަމްޕް
04 މެއި 2020

ޗައިނާއިން ކޮވިޑް19 ރިޕޯޓްކުރުމުގެ ކުރިން ފްރާންސުން ނެގި ސާމްޕަލެއްގެ ނަތީޖާ ޕޮޒިޓިވް!

04 މެއި 2020
ޗައިނާއިން ކޮވިޑް19 ރިޕޯޓްކުރުމުގެ ކުރިން ފްރާންސުން ނެގި ސާމްޕަލެއްގެ ނަތީޖާ ޕޮޒިޓިވް!
03 މެއި 2020

ރަޝިއާގައި ހިފެހެއްޓުމެއް ނެތި ކޮވިޑް19 ފެތުރެނީ!

03 މެއި 2020
ރަޝިއާގައި ހިފެހެއްޓުމެއް ނެތި ކޮވިޑް19 ފެތުރެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު