Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޒަރޫރީ ތަކެތި ބޭރުން ރުފިޔާއިން ގަނެވޭގޮތަށް ހެދުނ

އެކުވެރި ގައުމުތަކުން ޒަރޫރީ ބޭހައި ކާބޯތަކެތި ދިވެހި ރުފިޔާއިން ގަނެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ލަފާދީފި

6 މެއި 2020 | ބުދަ 10:29

ލޯނުތަކާއި ހިލޭ އެހީ ހޯދުމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 6 މެއި 2020 | ބުދަ 10:29
މަޖިލީހުގެ ގައުމީ ސަލާމަތާއި ޚަރިޖީ ގުޅުންތަކުގެ ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން

މަޖިލީހުގެ ގައުމީ ސަލާމަތާއި ޚަރިޖީ ގުޅުންތަކުގެ ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން

ކޮވިޑް-19 ރޯގާއާ ގުޅިގެން ކުރިމަތިވެފައިވާ އިޤުތިޞާދީ އަޑިގަޑުން އަރައިގަތުމަށާއި ގައުމުގެ އިޤުތިޞާދު ނެގެހެއްޓުމަށް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށްފެންނާތީ، ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމަށް އެދުމަށާއި އަދި މަޝްވަރާތައް ކުރުމަށް ސަރުކާރަށް ލަފާދިނުމަށް، ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމާފައިވާ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި، ކޮވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޢާއިލާތަކާއި ވިޔަފާރިތަކުގެ ޢާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގުރާމް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު ޢަލީ ޢާޒިމް، 30 މާރޗު 2020 ގައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 69 މެންބަރުންގެ އިއްތިފާޤުންނެވެ.

Advertisement - newsAdvertisement

މި ރިޕޯޓުގައި، 6 ހުށަހެޅުމެއް ސަރުކާރަށް ހުށަހަޅާފައިވެއެވެ. އެގޮތުން، ތިން ވަނަ ހުށަހެޅުމެއްގެ ގޮތުގައި ވަނީ، ކޮވިޑް-19 ރޯގާއާ ގުޅިގެން ކުރިމަތިވެފައިވާ، އިޤުތިޞާދީ އަޑިގަޑުން އަރައިގަތުމަށާއި ޤައުމުގެ އިޤުތިޞާދު ނެގެހެއްޓުމަށް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަކަށްވާނެ ކަމަށެވެ. އަދި ރާއްޖެއާ ރަޙުމަތްތެރި އެކުވެރި ޤައުމުތަކުން ބޭހާއި ކާބޯތަކެއްޗާއި އަދިވެސް އެހެނިހެން ޒަރޫރީ ތަކެތި، ދިވެހި ފައިސާއިން ރާއްޖެއަށް ގަނެވޭނެފަދަ އިންތިޒާމު ހަމަޖެއްސޭތޯ އެފަރާތްތަކާއެކު މަޝްވަރާކޮށް، އެކަން ހަމަޖެއްސުމަށް މަސައްކަތް ކުރުމަށް ސަރުކާރަށް ލަފާދީފައި ވެއެވެ.

މީގެއިތުރުން، ރާއްޖެއިން ބޭރުގެ ޤައުމުތަކުންނާއި ބޭރުގެ އަމިއްލަ ޖަމާޢަތްތަކާއި، ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުން ރާއްޖެއަށް ލިބެން ހަމަޖެހިފައިވާ ލޯނާއި ހިލޭ އެހީއާއި އަދިވެސް އެހެނިހެން އެހީތެރިކަން ހޯދުމަށް މަޝްވަރާކުރުމަށްވެސް ކޮމެޓީން ލަފާދީފައި ވެއެވެ. އަދި ރާއްޖެއިން ބޭރުން ނަގާފައިވާ ލޯނުތައް، ޤައުމުގެ އިޤުތިޞާދީ ޙާލަތު ރަނގަޅުވަންދެން ފަސްކޮށްދިނުމަށް ވެސް މަޝްވަރާކުރުމަށް ލަފާދީފައި ވެއެވެ.

ޤަވާއިދާ ޅިލާފަށް އުޅޭ ބިދޭސީންނާ ގުޅޭގޮތުން ކޮމެޓީން ހުށަހަޅާ ކަންތަކެއްވެސް ވެއެވެ. އޭގެ ތެރޭގައި މޮނީޓަރިންގ ނިޒާމު ހަރުދަނާކޮށް، އެމްބަސީތަކާ ވާހަކަދައްކައިގެން ޤަވާއިދާ ޚީލާފަށް އުޅޭ ބިދޭސީން ވީހާވެސް އަވަހަކަށް ފޮނުވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރަށް ލަފާ ދިނުމަށްވެސް ކޮމެޓީގެ ރިޕޯޓުގައި ވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

10 އެޕްރީލު 2018

ގޫތާގެ ރައްޔިތުންނަށް ދިވެހިން ފޯރުކޮށްދިން އެހީ އިން ކާބޯތަކެތި ފޯރުކޮށްދީފި!

10 އެޕްރީލު 2018
ގޫތާގެ ރައްޔިތުންނަށް ދިވެހިން ފޯރުކޮށްދިން އެހީ އިން ކާބޯތަކެތި ފޯރުކޮށްދީފި!
14 މާރިޗު 2018

އަދީބުގެ އިލްތިމާސް: ޔާމީން ނޫން ސަރުކާރުގެ އެންމެނަކީ އަޅުގަނޑުގެ އެކުވެރިން، ރިޔާ ދަށު ނުވެ އަވަހަށް ނުކުންނަވާ

14 މާރިޗު 2018
އަދީބުގެ އިލްތިމާސް: ޔާމީން ނޫން ސަރުކާރުގެ އެންމެނަކީ އަޅުގަނޑުގެ އެކުވެރިން، ރިޔާ ދަށު ނުވެ އަވަހަށް ނުކުންނަވާ
22 ފެބުރުއަރީ 2018

ގައުމުތަކުން ނެރޭ ބަޔާންތަކަކީ ބޭކާރު އެއްޗެއްގެ ގޮތުގައި ސަރުކާރުން ސިފަކޮށްފި

22 ފެބުރުއަރީ 2018
ގައުމުތަކުން ނެރޭ ބަޔާންތަކަކީ ބޭކާރު އެއްޗެއްގެ ގޮތުގައި ސަރުކާރުން ސިފަކޮށްފި
30 ޑިސެމްބަރު 2017

އިންޑިއާއާއި ރާއްޖޭގެ އަސްކަރިއްޔާގެ "އެކުވެރިން" ތަމްރީނުތައް ނިންމާލައިފި

30 ޑިސެމްބަރު 2017
އިންޑިއާއާއި ރާއްޖޭގެ އަސްކަރިއްޔާގެ "އެކުވެރިން" ތަމްރީނުތައް ނިންމާލައިފި
27 ޑިސެމްބަރު 2017

ޤައުމީ ރޫހާއި އެކުވެރިކަން ކުރިއަށް ނެރުއްވުމަކީ ކޮންމެ ރައްޔިތެއްގެ ވާޖިބެއް: ރައީސް ޔާމީން

27 ޑިސެމްބަރު 2017
ޤައުމީ ރޫހާއި އެކުވެރިކަން ކުރިއަށް ނެރުއްވުމަކީ ކޮންމެ ރައްޔިތެއްގެ ވާޖިބެއް: ރައީސް ޔާމީން
26 ޑިސެމްބަރު 2017

ވާދަވެރި ސިޔާސީ ފަރާތްތައް ވަނީ އެކުވެރިކަމުގެ ކަމަރަކުން ބަނދެވިފައި: ރައީސް ނަޝީދު

26 ޑިސެމްބަރު 2017
ވާދަވެރި ސިޔާސީ ފަރާތްތައް ވަނީ އެކުވެރިކަމުގެ ކަމަރަކުން ބަނދެވިފައި: ރައީސް ނަޝީދު
24 ޑިސެމްބަރު 2017

އިންޑިއާ އަކީ އަޅުގަނޑުމެންނާއި އެންމެ ގާތް ޤައުމު، އެންމެ ގާތް އެކުވެރިޔާ: ރައީސް ޔާމީން

24 ޑިސެމްބަރު 2017
އިންޑިއާ އަކީ އަޅުގަނޑުމެންނާއި އެންމެ ގާތް ޤައުމު، އެންމެ ގާތް އެކުވެރިޔާ: ރައީސް ޔާމީން
22 ޑިސެމްބަރު 2017

ބޭރުގެ ގައުމުތަކުން ރާއްޖެއަށް އިތުބާރު ނުކުރަނީ މި ސަރުކާރުން ހާރިޖީ ސިޔާސަތު ގެންގުޅޭ ގޮތުން: ކެރަފާ ނަސީމް

22 ޑިސެމްބަރު 2017
ބޭރުގެ ގައުމުތަކުން ރާއްޖެއަށް އިތުބާރު ނުކުރަނީ މި ސަރުކާރުން ހާރިޖީ ސިޔާސަތު ގެންގުޅޭ ގޮތުން: ކެރަފާ ނަސީމް
24 މެއި 2017

ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓްގެ ހަވާސާގައި ގައުމުތަކުން އިސްވެރިންނާ ރައީސް ޔާމީން ބައްދަލު ކުރައްވައިފި

24 މެއި 2017
ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓްގެ ހަވާސާގައި ގައުމުތަކުން އިސްވެރިންނާ ރައީސް ޔާމީން ބައްދަލު ކުރައްވައިފި
18 އެޕްރީލު 2017

މުއްތޮލިބުގެ ނަސޭހަތް، ސަން ސިޔާމަށް - އެކުވެރިން ކަތިލެވޭއިރު ބަލަން ނުހުރޭ

18 އެޕްރީލު 2017
މުއްތޮލިބުގެ ނަސޭހަތް، ސަން ސިޔާމަށް - އެކުވެރިން ކަތިލެވޭއިރު ބަލަން ނުހުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް