Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ރާއްޖޭގެ ހާލަތު

މަނަދޫން ޕޮޒިޓިވްވި 80 އަހަރުގެ މީހާގެ ތިން ވަނަ ސާމްޕަލް ޕޮޒިޓިވް

އަންހެން މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން އެނގުނީ މެއި 1 ގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 6 މެއި 2020 | ބުދަ 03:17
ލެބޯޓްރީގައި ޓެސްޓްތައް ހަދަނީ

ލެބޯޓްރީގައި ޓެސްޓްތައް ހަދަނީ

މި މަހުގެ 1 ވަނަ ދުވަހު ނ. މަނަދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި 80 އަހަރުގެ އުމުރުން ދުވަސްވީ އަންހެން މީހާގެ ތިން ވަނަ ސާމްޕަލް ޕޮޒިޓިވް ކަމަށް ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

މެއި 1 ގައި ނ. އަތޮޅު ހޮސްޕިޓަލުން "ރާއްޖެއެމްވީ" އަށް މަޢުލޫމާތު ދެމުން ބުނީ، އެރަށުން 80 އަހަރުގެ އަންހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އޭނާ ރަށުން ޑޮކްޓަރަށް ދެއްކީ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުގައި ކަމަށެވެ. އަދި އޭރު އޭނާއަކީ ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ފަރުވާދިން ބަލިމީހެއް ނޫންކަންވެސް ފާހަގަ ކޮށްފައިވެއެވެ.

އޭގެ އިތުރުން، ބަލި މީހާގެ ޙާލު ބޮޑުވެގެން ބުރާސްފަތި ދުވަހުގެރޭ އޭނާ މާލެ ގެނެވިފައިވާއިރު، ހުން ހުރުމާއެކު އައިޖީއެމްއެޗުން ކޮވިޑް-19 އަށް ޓެސްޓް ކުރި ކަމަށާއި، ޕޮޒިޓިވްވިކަން އެނގިފައިވަނީ ހުކުރު ދުވަހުގެ ހަވީރު ކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ.

އެއީ އެމީހާގެ ފުރަތަމަ ޓެސްޓެވެ. އެ ޓެސްޓަށް ޕޮޒިޓިވްވި ނަމަވެސް ފަހުން ހެދި ޓެސްޓްގެ ނަތީޖާ ވަނީ ނެގެޓިވްވެފައެވެ. އޭގެފަހުން ސާމްޕަލެއް ނަގާފައިވާއިރު އެ ސާމްޕަލްގެ ނަތީޖާ ޕޮޒިޓިވްކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި މިމީހާއަށް މިހާރު ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުންދާ ކަމަށް އެޗްޕީއޭގެ އެޕީޑިއޮމޮލޮޖިސްޓް ޑޮކްޓަރ އިބްރާހީމް އަފްޒަލް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން މަނަދޫން އެމީހާ އާ ކޮންޓެކްޓްވި މީހުންގެ ސާމްޕަލްތައް ނަގާ ޓެސްޓް ކޮށްފައިވާއިރު އެޓެސްޓްތަކުގެ ނަތީޖާ ނެގެޓިވްކަމަށް މަނަދޫގައި ހުންނަ ނ އަތޮޅު ހޮސްޕިޓަލުން މަޢުލޫމާތުދެ އެވެ. އަންހެން މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ނ އަތޮޅު ހޮސްޕިޓަލްގެ 17 ސްޓާފަކު ވަނީ އައިސޮލޭޝަންގަ އެވެ. އަދި މަނަދޫ ވަނީ މޮނިޓަރިންގެ ޙާލަތުގައެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު