Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް

ރަށްރަށުގައި އުޅޭ ބިދޭސީންގެ ދަފްތަރެއް ރަށު ކައުންސިލްތަކުން އެކުލަވާލާ އެލްޖީއޭއަށް ފޮނުވުމަށް ހުށަހަޅައިފި

ކޮމިޓީން މައިގަނޑު 4 ކަމަކަށް ހުށަހެޅުންތައް ހުށަހަޅާފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 5 މެއި 2020 | އަންގާރަ 13:12
ބިދޭސީން ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތްކުރަނީ

ބިދޭސީން ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތްކުރަނީ

ކޮންމެ ރަށެއްގެ ރަށު ކައުންސިލަކުންވެސް އެ ރަށެއްގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ ދަފްތަރެއް އެ ބިދޭސީއަކު މަސައްކަތް ކުރަމުންދާ ދާއިރާ ސާފުވާނެގޮތަށް އެކުލަވާލާ އެލް.ޖީ.އޭއަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ހުށަހަޅައިފި އެވެ.

އެކޮމިޓީން މިގޮތަށް ހުށަހަޅާފައިވަނީ ކޮވިޑް -19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޢާއިލާތަކާއި ވިޔަފާރިތަކުގެ ޢާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ އެކޮމިޓީން ދިރާސާކޮށް ނިންމުމަށްފަހު ހުށަހެޅި ރިޕޯޓުގައެވެ. މިރިޕޯޓް އަންގާރަ ދުވަހުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. އެއީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 54 މެންބަރުންގެ ވޯޓުންނެވެ.

Advertisement - newsAdvertisement

މިރިޕޯޓުގައި ކޮމިޓީން މައިގަނޑު 4 ކަމަކަށް ހުށަހެޅުންތައް ހުށަހަޅާފައި ވެއެވެ. އަދި އެއާގުޅިގެން ކޮމިޓީއަށް ފާހަގަކުރެވިފައިވާ 6 ކަމެއްވެސް ވަނީ ފާހަގަކޮށްފައެވެ.

ކޮމިޓީން ހުށަހަޅާފައިވާ އެއް ކަމަކީ ލާމަރުކަޒީ ޤާނޫނަށް އެންމެ ފަހުން ގެނެވުނު އިޞްލާޙުގެ ދަށުން ކައުންސިލްތަކަށް ލިބިފައިވާ ބާރުތަކާ ގުޅޭގޮތުން ކައުންސިލްތަކަށް އެލް.ޖީ.އޭއިން ލަފާ ދިނުމަށްފަހު ވީހާވެސް އަވަހަކަށް ކައުންސިލްތަކުގެ މަސައްކަތްތައް ފަށައިގަތުމެވެ. އަދި އެކިއެކި އިޤްތިސާދީ މަސައްކަތްތައް ކުރުމަށް ދޫކޮށްފައިވާ ބިންތައް އެ ބިންތައް ދޫކޮށްފައިވާ ބޭނުމަށް ބޭނުން ކުރަމުންނުދާނަމަ އެފަދަ ފަރާތްތަކާއެކު ހަދާފައިވާ އެއްބަސްވުން ބާޠިލުކުރުމަށްވެސް ވަނީ ހުށަހަޅާފައެވެ.

މީގެއިތުރުން ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ޙާލަތުގައި އިޖްތިމާޢީ ގައިދުރުކަމަށް އިސްކަންދީގެން ކައުންސިލްގެ ބައްދަލުވުންތައް ބާއްވައި، ކައުންސިލްގެ އެހެނިހެން މަސައްކަތްތައް ކުރެވޭނެ އިންތިޒާމު ކައުންސިލްތަކުގައި ހަމަޖެހިފައިވާކަން އެލް.ޖީއޭ.އިން ކަށަވަރުކުރުމަށްވެސް ކޮމިޓީންވަނީ ހުށަހަޅާފަ އެވެ.

ކޮވިޑް- 19ގެ ސަބަބުން ދިމާވެފައިވާ ޙާލަތުގައި އެތައް ރައްޔިތުންނަކަށް ނަފުސާނީގޮތުން އަސަރުކޮށްފައިވާއިރު، އެފަދަ ފަރާތްތަކުގެ ތެރެއިން ކައުންސެލިން ބޭނުންވާ ފަރާތްތަކަށް ރަށުގައި ތިބެގެން އެޚިދުމަތް ހޯދޭނެ އިންތިޒާމު ހަމަޖެހިފައިވާކަން އަތޮޅު ހޮސްޕިޓަލްތަކާ ގުޅިގެން ކައުންސިލްތަކުން ކަށަވަރުކުރުމަށްވެސް ކޮމިޓީ ރިޕޯޓްގައި ހުށަހަޅާފައިވެ އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށާއި، ދަނޑުވެރިންނާއި، ރިސޯޓުތަކާއި، ގެސްޓް ހައުސްތަކާއި، މަސްވެރިންނަށް ތަފާތު ސްކީމްތަކުގެ ތެރެއިން ލޯނާއި، ފައިސާ ދޫކުރުމަށް ސަރުކާރުން ނިންމަވާފައިވުމާއި ގުޅިގެން ކޮމިޓީން ހުށަހަޅާފައިވަނީ ރަށްރަށުގެ އަމިއްލަ ވިޔަފާރިތަކަށް ކޮށްފައިވާ ނުރަނގަޅު އަސަރުތައް ކައުންސިލްތައް މެދުވެރިކޮށް އެލް.ޖީ.އޭއިން ހޯދުމަށެވެ. އަދި އެ ފަރާތްތަކަށް ލޯނު ނަގައިގެން ނުވަތަ އެނޫންވެސް ގޮތަކުން ލިބިފައިވާ ގެއްލުންތަކުން އަރައިގަނެވޭނެ ގޮތް ހަމަޖައްސައިދިނުމުގެ ގޮތުން ސަރުކާރުން މި ދަނޑިވަޅުގައި ތަފާތު ސްކީމްތަކުގެ ދަށުން ދެމުންގެންދާ ފައިސާ ހޯދުމަށްއެދި ހުށަހެޅޭނެ ފަސޭހަ އިންތިޒާމުތަކެއް ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ލިބިފައިވާކަން ކަށަވަރުކުރުމަށެވެ.

ކޮވިޑް-19އާ ގުޅިގެން ވަޒީފާ ގެއްލޭ މުވައްޒަފުންގެ ފަރާތުން ހުށަހަޅާ މައްސަލަތައް ބެލުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ދަށުން ހިންގަމުންދާ ލޭބަރ ރިލޭޝަންސް އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ކޮމިޓީން ހުށަހަޅާފައިވަނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލުން އެ ރަށެއްގައި ރަށްވެހިވެފައިވާ ރައްޔިތުންގެ ތެރެއިން ވަޒީފާ ގެއްލިފައިވާ މީހުންގެ ތަފާސްހިސާބެއް ހަދައި އެލް.ޖީ.އޭއާ ހިއްސާކުރުމަށެވެ. އަދި ވަޒީފާ ގެއްލޭ ފަރާތްތަކަށް ސަރުކާރުން ދިނުމަށް ނިންމާފައިވާ ޢިނާޔަތްތަކުގެ މަޢުލޫމާތުތަކަށް ރަށްރަށުގައި އުޅޭ މީހުން އަހުލުވެރި ވެފައިވާކަން ކަށަވަރުކުރުމާއެކު މި ފައިސާ ހޯދުމަށް އެދި ހުށަހެޅޭނެ ފަސޭހަ އިންތިޒާމުތަކެއް ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ހަމަޖެހިފައިވާކަން ކަށަވަރުކުރުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް

ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
 ބެހެއްޓީ އާރަށުގެ ބަންގަލޯއެއްގައި، ބޭނުން މީހަކާއި ބޭނުން އިރަކު ގުޅޭ: ރައީސް ޔާމީން

ބެހެއްޓީ އާރަށުގެ ބަންގަލޯއެއްގައި، ބޭނުން މީހަކާއި ބޭނުން އިރަކު ގުޅޭ: ރައީސް ޔާމީން

21 ފެބުރުއަރީ 2017
ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި

ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި

21 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު