Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންވަޔަރަމަންޓް ކޮމެޓީގެ ރިޕޯޓް ފާސްކޮށްފި

އިގްތިޞާދު ނަގަހައްޓާ ދެމެހެއްޓުމަށް، ތިމާވެއްޓާ ރައްޓެހި ގިނަ ކަންތައްތަކެއް ހިމެނި ކޮމެޓީ ރިޕޯޓު މަޖިލީހުން ފާސްކޮށްފި

5 މެއި 2020 | އަންގާރަ 09:37

ރިޕޯޓް ފާސްކުރީ 60 މެމްބަރުންގެ އިއްތިފާގުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 5 މެއި 2020 | އަންގާރަ 09:37
އެންވަޔަރަމަންޓް އެންޑް ކްލައިމޭޓް ޗޭންޖް ކޮމެޓީގެ ބައްދަލުވުމެއްގައި ކޮމެޓީގެ މުގައްރިރު، އަހުމަދު ސަލީމް

އެންވަޔަރަމަންޓް އެންޑް ކްލައިމޭޓް ޗޭންޖް ކޮމެޓީގެ ބައްދަލުވުމެއްގައި ކޮމެޓީގެ މުގައްރިރު، އަހުމަދު ސަލީމް

ކޮވިޑް-19 ރޯގާ އާގުޅިގެން އިންދަޖެހިފައިވާ، ރާއްޖޭގެ އިޤުތިޞާދު ނަގަހައްޓާ ދެމެހެއްޓުމަށްޓަކައި ގިނަ ކަންތައްތަކެއް ހިމަނައި، ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ ރިޕޯޓު ފާސްކޮށްފައިވަނީ 60 މެންބަރުންގެ އިއްތިފާޤުންނެވެ.

Advertisement - newsAdvertisement

މި ރިޕޯޓަކީ، ކޮވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޢާއިލާތަކާއި، ވިޔަފާރިތަކުގެ ޢާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގުރާމު ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު ޢަލީ ޢާޒިމް، 30 މާރޗު 2020 ގައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ތައްޔާރުކުރި ރިޕޯޓެކެވެ.

މިރިޕޯޓުގައި ތިމާވެއްޓަށާއި، އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް އަދި މިފަދަ ކަންކަމަށް އިސްކަމެއް ދީގެން ސަރުކާރުން ހިންގާ ޕްރޮގުރާމުތައް ހިންގާނެ އުޞޫލުތަކެއްގެ ލަފާ ސަރުކާރަށް ދިނުމުގެ ގޮތުން، 25 ކަމެއްގެ މަށްޗަށް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީން ތައްޔާރުކުރި ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

މިރިޕޯޓުގައި ފާހަގަކޮށްފައިވާ މުހިންމު ބައެއް ކަންކަމުގެ ތެރޭގައި، ރާއްޖޭގެ ރަށްތަކުގައި ހަކަތައިގެ ފުދުންތެރިކަން ޙާޞިލުކުރުމަށް އިއާދަކުރަނިވި ހަކަތަ އެފެއްދުމަށް ކުރާ މަސައްކަތް ހަލުވިކޮށް، އަދި ޕީއެސްއައިޕީގެ މަޝްރޫއުތަކުގެ ތެރެއިން އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުމަށް ފައިސާ ބަދަލުކުރެވެންހުރި މަޝްރޫޢުތައް ބަދަލުކުރުން ހިމެނެއެވެ. އަދި ސޯލަރ ޕެނަލް ހަރުކުރުމަށް ބޭނުންވާ މީހުންނަށް ރަށު ފެންވަރުގައި ލުއި ލޯނު ސްކީމެއް ތަޢާރަފު ކުރުން، ކުރިއަށް އޮތް ތިން އަހަރު، ކޮންމެ އަހަރެއްގެ ބަޖެޓުން ކޮންމެ ކައުންސިލަކަށް 1،000،000ރ (އެއް މިލިއަން ރުފިޔާ) ކަނޑައެޅުން ހިމެނެއެވެ،

މީގެއިތުރުން، ސަރުކާރުން މަސްދޯނިތައް ހަދައި، އެ ދޯނިފަހަރު ބާޒާރަށް ނެރެ، ލުއި ލޯނުގެ ގޮތުގައި މަސްވެރިކަންކުރާ ފަރާތްތަކަށް ދޫކުރުމުގެ އިންތިޒާމު ހަމަޖެއްސުން ހިމެނޭއިރު، ބަންނަން ފަށާފައިވާ ނަމަވެސް ކޮންމެވެސް ސަބަބަކާހުރެ މަސައްކަތް ހުއްޓިފައިވާ މަސްދޯނިތައް ނިންމުމުގައި ސަރުކާރު އެހީތެރިކަން ދިނުން ވެސް ހިމެނެއެވެ. އަދި އޮޑިދޯނި ފަހަރު ބަނުމަށް ބޭނުންކުރާ ސާމާނުން ނަގާ ޑިއުޓީ ކުރިއަށް އޮތް 3 އަހަރަށް މަޢާފުކުރުން ހިމެނޭއިރު، މަސް ފިނިކޮށް ބެލެހެއްޓުމަށް ސްޓޯރޭޖް ކެޕޭސިޓީ ރަށްތަކުގައި އިތުރުކުރުން، އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުންވެސް ހިމެނެއެވެ.

ދަނޑުވެރިކަން ފުޅާކުރުމަށް ބިންތައް ކައުންސިލުތަކުން އަވަހަށް ކަނޑައެޅުމަށް އަންގާ، ޝައުޤުވެރުވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ރާއްޖޭގެ އެކި ޞަރަޙައްދުތަކުގައި ހުރި އެސްޓީއޯގެ ފިހާތަކަށް ދަނޑުވެރިކަމުގެ ބާވަތްތައް ފަސޭހައިން ވިއްކޭނެ އިންތިޒާމު ހަމަޖެއްސުން ވެސް ހިމެނެއެވެ. އަދި ގަސްކާނާއާއި، އޯގޭނިކް ބޭސް ރާއްޖެއަށް ބޭނުންވާ މިންވަރަށް އުފެއްދުމުގެ ޕްރޮގުރާމު ފެށުމާއި ކާބޯތަކެއްޗާއި، ފެނާއި ކަރަންޓް އިޞްރާފު ނުކުރުމަށާއި، ތިމާވެށި ޙިމާޔަތްކުރުމާ ގުޅޭގޮތުން ޢާންމުން ހޭލުންތެރިކުރުމުގެ ޕްރޮގުރާމެއް މީޑިއާ މެދުވެރިކޮށް ކަމާބެހޭ ވުޒާރާތަކުންނާއި ޔުޓިލިޓީ ކުންފުނިތަކުން ހިންގުންވެސް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީ ރިޕޯޓުގައި ފާހަގަކުރައްވާފައި ވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2018

ސުޕްރީމް ކޯޓްގެ އަމުރުގެ ބާރު ދެމެހެއްޓުމަށްޓަކައި ހެބިއަސް ކޯޕަސްގެ މައްސަލަ ކްރިމިނަލް ކޯޓަށް ބަލައި ނުގަތް

03 ފެބުރުއަރީ 2018
ސުޕްރީމް ކޯޓްގެ އަމުރުގެ ބާރު ދެމެހެއްޓުމަށްޓަކައި ހެބިއަސް ކޯޕަސްގެ މައްސަލަ ކްރިމިނަލް ކޯޓަށް ބަލައި ނުގަތް
22 ޖެނުއަރީ 2018

އެއްބައިވަންތަަކަމުގެ ސަރުކާރެއް ދެމެހެއްޓުމަށް ގާނޫނު އަސާސީ އިސްލާހު ކުރާނަން: ރައީސް ނަޝީދު

22 ޖެނުއަރީ 2018
އެއްބައިވަންތަަކަމުގެ ސަރުކާރެއް ދެމެހެއްޓުމަށް ގާނޫނު އަސާސީ އިސްލާހު ކުރާނަން: ރައީސް ނަޝީދު
19 ޑިސެމްބަރު 2017

އުމަރު ނަސީރަކީ ޕާޓީ ނިޒާމާ ބީރައްޓެހި ބޭފުޅެއް: މާރިޔާ

19 ޑިސެމްބަރު 2017
އުމަރު ނަސީރަކީ ޕާޓީ ނިޒާމާ ބީރައްޓެހި ބޭފުޅެއް: މާރިޔާ
09 ނޮވެމްބަރު 2017

އަސްތާ ޖަލްސާއަށް ނުވެއްދުމަކީ ޑިމޮކްރަސީއާ ބީރައްޓެހި ފިނޑި އަމަލެއް: ރާއްޖެޓީވީ

09 ނޮވެމްބަރު 2017
އަސްތާ ޖަލްސާއަށް ނުވެއްދުމަކީ ޑިމޮކްރަސީއާ ބީރައްޓެހި ފިނޑި އަމަލެއް: ރާއްޖެޓީވީ
21 އޮކްޓޯބަރު 2017

މެޑަމް ފާތުންގެ ދަތުރުފުޅު ކަވަރު ކުރުމަށް ހުރަސް އެޅުމަކީ ދަށުދަރަޖައިގެ، ޑިމޮކްރަސީއާ ބީރައްޓެހި ކަމެއް: ރާއްޖެޓީވީ

21 އޮކްޓޯބަރު 2017
މެޑަމް ފާތުންގެ ދަތުރުފުޅު ކަވަރު ކުރުމަށް ހުރަސް އެޅުމަކީ ދަށުދަރަޖައިގެ، ޑިމޮކްރަސީއާ ބީރައްޓެހި ކަމެއް: ރާއްޖެޓީވީ
30 ސެޕްޓެމްބަރު 2017

ކައުންސިލަރުން ސަސްޕެންޑް ކުރުމަކީ ޑިމޮކްރަސީއާ ބީރައްޓެހި ޤާނޫނާ ޚިލާފް ޢަމަލެއް: އެމްޑީޕީ

30 ސެޕްޓެމްބަރު 2017
ކައުންސިލަރުން ސަސްޕެންޑް ކުރުމަކީ ޑިމޮކްރަސީއާ ބީރައްޓެހި ޤާނޫނާ ޚިލާފް ޢަމަލެއް: އެމްޑީޕީ
09 ޖޫން 2017

ރާއްޖޭގެ ޓޫރިޒަމް އާ ތިމާވެއްޓާ ހުރި ގުޅުން ސަން ސިޔާމް ކިޔައިދެއްވާ ވީޑިއޯއެއް ވައިރަލް ވެއްޖެ!

09 ޖޫން 2017
ރާއްޖޭގެ ޓޫރިޒަމް އާ ތިމާވެއްޓާ ހުރި ގުޅުން ސަން ސިޔާމް ކިޔައިދެއްވާ ވީޑިއޯއެއް ވައިރަލް ވެއްޖެ!
07 ޖޫން 2017

"ރަހުމަތްތެރިކަމަކީ" މިސަރުކާރާ ބީރައްޓެހި ކަމެއް: އާޒިމް

07 ޖޫން 2017
 "ރަހުމަތްތެރިކަމަކީ" މިސަރުކާރާ ބީރައްޓެހި ކަމެއް: އާޒިމް
22 މެއި 2017

ފަތުރުވެރިކަމުގެ ސިނާއަތް ރައްކާތެރިކޮށް ދެމެހެއްޓުމަށް ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތް ކުރަން ޖެހޭ: މިނިސްޓަރު ތޯރިގް

22 މެއި 2017
ފަތުރުވެރިކަމުގެ ސިނާއަތް ރައްކާތެރިކޮށް ދެމެހެއްޓުމަށް ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތް ކުރަން ޖެހޭ: މިނިސްޓަރު ތޯރިގް
08 އެޕްރީލު 2017

ރައުދާ މަރުވި ރޭގައި އޭނާ ރައްޓެހިވެގެން އުޅުނު ކުއްޖާއާ ހިތްހަމަ ނުޖެހިގެން ވާހަކަދައްކާފައިވޭ: ފުލުހުން

08 އެޕްރީލު 2017
ރައުދާ މަރުވި ރޭގައި އޭނާ ރައްޓެހިވެގެން އުޅުނު ކުއްޖާއާ ހިތްހަމަ ނުޖެހިގެން ވާހަކަދައްކާފައިވޭ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް