Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ނަޝީދު

އެއްބައިވަންތަަކަމުގެ ސަރުކާރެއް ދެމެހެއްޓުމަށް ގާނޫނު އަސާސީ އިސްލާހު ކުރާނަން: ރައީސް ނަޝީދު

އެއް ކެނޑިޑޭޓް ހޮވޭ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ބޮޑު އަޣްލަބިއްޔަތެއް އޮންނާނެ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2018 | ހޯމަ 06:54
ހޯމަ ދުވަހު ކޮލަމްބޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ

ހޯމަ ދުވަހު ކޮލަމްބޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ

ގިނަ ޕާޓީތައް ހިމެނޭ އިއްތިހާދުގެ ސަރުކާރުތައް ރޫޅިގެންދަނީ ގާނޫނީ ފަރުވާއެއް ނެތުމުން ކަމަށާއި އެހެންކަމުން، އިއްތިހާދުގެ ސަރުކާރެއް ކާމިޔާބުކުރަން ގާނޫނު އަސާސީއަށް އިސްލާހު ގެންނަންޖެހޭ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގްވާމީ މީޑިއާތަކާއެކު ސްރީ ލަންކާގައި ހޯމަ ދުވަހު ރައީސް ނަޝީދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ރާއްޖެއެމްވީ" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ގުޅިފައި އޮންނަ ސަރުކާރެއް ކާމިޔާބުކުރަން ގާނޫނު އަސާސީއަށް އިސްލާހު ގެންނަންޖެހޭ ކަމަށާއި އިއްތިހާދު ރޫޅޭ ވަގުތު ސަރުކާރު ވެސް ރޫޅެންޖެހޭނެ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހަމައެކަނި މަޝްވަރާ ކުރަނީ އެއް ކެނޑިޑޭޓަކާގުޅޭ ގޮތުން ނޫން ކަމަށާއި، އިއްތިހާދެއްގެ ސަރުކާރެއް ހިފަހެއްޓޭނެ ގޮތަކާމެދު ވެސް މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިފަހަރު އަޅުގަނޑުމެން ނިކުންނައިރު ނިކުންނާނީ ގާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލުގެ އިސްލާހާއި ވެސް އެކުގައި،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އިއްތިހާދުގެ ސަރުކާރެއް ރޫޅިގެން ދިއުމަށް ޖާގަނުދޭންވީ ކަމަށާއި އިއްތިހާދު ރޫޅިގެންދަނީ އެކަމަށް ގާނޫނީ ފަރުވާއެއް ނެތުމުން ކަމަށެވެ.

"އިންތިހާބަށް މި އަންނަނީ އިއްތިހާދަކުން، ރައްޔިތުން ވޯޓް ދެނީ އިއްތިހާދަކަށް، އެހެން ނަމަވެސް ސަރުކާރަށް ވަޑައިގެންފައި މި އިއްތިހާދު ރޫޅި ދަނީ، ދިޔައީމާ ސަރުކާރެއް ނުރޫޅޭ، އަޅުގަނޑަށް ހިޔެއް ނުވޭ އެއީ ގާނޫނީ ގޮތުންވެސް އަދި އާންމު އާދައިގެ ވިސްނުމުން ވެސް ދެކޮޅުޖެހޭ ވާހަކައެއް ހެންނެއް، އަޅުގަނޑުމެން ދެކޭ ގޮތުގައި މި އިސްލާހު ގެނެވިގެން އެ ބަދަލު ގެނެވޭނީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ ކެނޑިޑޭޓް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ދުވަހު ގާނޫނު އަސާސީއަށް ބަދަލު ގެންނަންޖެހޭނެ ކަމަށާއި، އެ ދުވަހު އުފެދޭ ސަރުކާރު ދިފާއި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ "މާބޮޑު" އަޣްލަބިއްޔަތެއް އޮންނާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، އެ ދެ ބޭފުޅުން ވެސް އިންތިޚާބު ބޮއިކަޓް ކުރައްވަން ބޭނުންފުޅުނުވާ ކަމަށެވެ. ރިޔާސީ އިންތިހާބުގައި އެއް ކެނޑިޑޭޓަކު ނެރެން އެއްބަސްވެފައިވާކަން ފާހަގަކުރެއްވި އެވެ.

ރައީސް ނަޝީދު، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ ކޯލިޝަނަކާއެކުގައެވެ. ނަމަވެސް، ސަރުކާރުގެ ފުރަތަމަ އަހަރުތެރޭގައި އެ ކޯލިޝަން ރޫޅުނެވެ. ހަމައެގޮތަށް، ރައީސް އަބްދުﷲ ޔާމީން ވެސް، 2013 ގެ އިންތިހާބު ކާމިޔާބު ކުރެއްވީ ކޯލިޝަނަކާއެކުގަ އެވެ. އެހެން ނަމަވެސް، ރައީސް ޔާމީންގެ ސަރުކާރަށް ވެސް ދެ އަހަރު ނުވަނީސް ކޯލިޝަން ވަނީ ރޫޅިފައެވެ.

ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ އިންތިހާބުތަކުގައި މިހާތަނަށް ވައްކަން ކުރެވިފައިހުރީ 10-15 އިންސައްތަ ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެކަން އެއަށްވުރެ ބޮޑަށް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން މޮޅުވާން މިޖެހެނީ އެހެންވީމާ 70-80 ޕަސެންޓް، އެ ޕަސެންޓް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހޯދާނަން، ތެދަށް ކެނޑީމައި މޮޅުވާ ވަރަށް އަޅުގަނޑުމެން އިރާދަކުރެވިއްޔާ މޮޅުވާނަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން، ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވެވޭނެ ފުރުސަތު ހޯއްދަވައި ދެއްވުމަށް އެދި، އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލައިގައި މިއަހަރުގެ މާޗް މަހުގެ ތެރޭގައި އދ. އިން ގޮތެއް ނިންމާނެ ކަމަށެވެ.

ޕްރެސް ކޮންފަރެންސްގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ

އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އދ. އިން ހޯއްދަވައި ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި، އދ. ގެ ނިންމުން ވެގެންދާނީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ތަބާވާންޖެހޭނެ ނިންމުމަކަށް ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ފަރާތުން 2016 ވަނަ އަހަރުގެ އޮކްޓޯބަރުގައި އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކޮމެޓިއަށް އެ މައްސަލަ ހުށަހަޅާފައި ވަނީ، މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާ (އައިސީސީޕީއާރް)ގެ ދަށުންނެވެ. އެގޮތުން އެ މައްސަލައިގައި ވަނީ، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގުތައް ބަޔާންކޮށްފައިވާ އައިސީސީޕީއާރް 25 ވަނަ މާއްދާއާއި، 28 ވަނަ މާއްދާގެ އިތުރުން 22 ވަނަ މާއްދާއާ ދިވެހި ސަރުކާރުން ޚިލާފުވެފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އދ. އިން ނިންމާ ގޮތަށް ރައީސް ޔާމީން އަމަލުނުކުރައްވަފާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެފަދަ ހާލަތެއްގައި ގުޅިފައިވާ ޕާޓީތަކުން އެއް ކެނޑިޑޭޓް ނެރެގެން ރައީސް ޔާމީން ބަލިކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ވާދަކުރެއްވުމުގެ ފުރުސަތު ނުދެއްވައި، ގާނޫނާ ޚިލާފަށް އިންތިހާބު ބާއްވަން ރައީސް ޔާމީން މަސައްކަތް ކުރައްވާނަމަ، ފަސޭހަކަމާއެކު އެފަދަ އިންތިހާބެއް ބޭއްވިޔަ ނުދެއްވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބު ބޮއިކަޓް ނުކުރައްވަވާނެ ކަމަށާއި ޑިމޮކްރަސީއަށް ދިވެހި ރައްޔިތުން ކުރަމުންދާ އުންމީދު ގެއްލިގެންދިޔަ ނުދެއްވާނެ ކަމަށެވެ. ގާނޫނީ ވެރިކަމަަކަށާއި ރައްޔިތުން އިޚްތިޔާރުކުރާ ވެރިޔަކު ހޮވުމުގެ ހައްގު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

07 ފެބުރުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު