Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތިމާވެއްޓާއި އިއާދަކުރަނި ހަކަތައަށް އިސްކަން ދިނު

އިގްތިޞާދު ނަގަހައްޓާ ދެމެހެއްޓުމަށް، ތިމާވެއްޓާ ރައްޓެހި ގިނަ ކަންތައްތަކެއް ކޮމެޓީގެ ރިޕޯޓްގައި ހިމަނައިފި

ޕީއެސްއައިޕީގެ މަޝްރޫއުތަކުގެ ތެރެއިން އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުމަށް ފައިސާ ބަދަލުކުރެވެންހުރި މަޝްރޫއުތައް ބަދަލުކުރުން.

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 5 މެއި 2020 | އަންގާރަ 12:11
ހޯރަފުށި ދާއިރާގެ މެމްބަރު އަދި އެންވަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ މުގައްރިރު އަހުމަދު ސަލީމް

ހޯރަފުށި ދާއިރާގެ މެމްބަރު އަދި އެންވަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ މުގައްރިރު އަހުމަދު ސަލީމް

ކޮވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ހިންގާ ޕްރޮގްރާމްތައް ހިންގާނެ އުސޫލްތަކެއްގެ ލަފާ ސަރުކާރަށް ދިނުމާގުޅޭ ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި މި ރިޕޯޓް ހުށަހަޅުއްވާ ދެއްވީ، މިރިޕޯޓް ތައްޔާރު ކުރި، އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ މުގައްރިރު، ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އެވެ.

Advertisement - newsAdvertisement

މި ރިޕޯޓަކީ، ކޮވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް، 30 މާރޗު 2020 ގައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ތައްޔާރުކުރި ރިޕޯޓެކެވެ. އަދި މިރިޕޯޓުގައި ތިމާވެއްޓަށާއި، އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް އަދި މިފަދަ ކަންކަމަށް އިސްކަމެއް ދީގެން ސަރުކާރުން ހިންގާ ޕްރޮގްރާމްތައް ހިންގާނެ އުސޫލްތަކެއްގެ ލަފާ ސަރުކާރަށް ދިނުމުގެ ގޮތުން، 25 ކަމެއްގެ މަށްޗަށް އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީން ތައްޔާރުކުރި ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.

ސަރުކާރުން ހިންގަން ނިންމާފައިވާ ޕްރޮގްރާމްތައް ތަންފީޒު ކުރުމުގައި އިސްކަން ދިނުމަށް ކޮމެޓީން ލަފާ ދީފައިވާ ކަންކަމުގެ ހުލާސާ:

1. ރާއްޖޭގެ ރަށްތަކުގައި ހަކަތައިގެ ފުދުން ތެރިކަން ހާސިލްކުރުމަށް އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ކުރާ މަސައްކަތް ހަލުވިކޮށް، އަދި ޕީއެސްއައިޕީގެ މަޝްރޫއުތަކުގެ ތެރެއިން އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުމަށް ފައިސާ ބަދަލުކުރެވެންހުރި މަޝްރޫއުތައް ބަދަލުކުރުން.

2. ދަތުރުފަތުރުގެ ނިޒާމް ތެލަށް އެކަނި ބަރޯސާވުން ކުޑަކުރުމަށް އުޅަނދުފަހަރުގެ ފަރުމާއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.

3. އިއާދަކުރަނިވި ހަކަތަ އުފައްދައި، އެއިން ވިޔަފާރި ކުރުމަށް ބޭނުންވާ އަމިއްލަ ފަރާތްތަކަށް އެފުރުސަތު މިހާރުން މިހާރަށް ހުޅުވާލުން.

4. ސޯލަރ ޕެނަލް ހަރުކުރުމަށް ބޭނުންވާ މީހުންނަށް ރަށު ފެންވަރުގައި ލުއި ލޯނު ސްކީމެއް ތައާރފް ކުރުން، ކުރިއަށް އޮތް ތިން އަހަރު، ކޮންމެ އަހަރެއްގެ ބަޖެޓުން ކޮންމެ ކައުންސިލަކަށް 1،000،000ރ (އެއް މިލިއަން ރުފިޔާ) ކަނޑައެޅުން.

5. ތަރައްގީގެ މަޝްރޫއުތަކުގައި ހަކަތަ ބޭނުންވާ މިންވަރު ބަލައި، އެމަޝްރޫއުތަކުގެ ބަޖެޓް ހަދާއިރު، އިއާދަކުރަނިވި ހަކަތަ ހިމެނުމަށް ބަޖެޓްކުރުން.

6. ދަތުރުފަތުރުކުރުމަށާއި މަސްވެރިކަމަށް، ބޭނުންވާ ތެޔޮ، އެންމެ ކުޑަމިނުން އެއް އަހަރު ދުވަހަށް ރައްކާކުރެވޭނެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުން.

7. ޔުނިލިޓީ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށް އެޅޭނެ ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި، އެކުންފުނިތަކުގެ ޚަރަދު ކުޑަކުރުން.

8. ކަރަންޓް ބިލްތައް ކުޑަކުރުމުގެ ގޮތުން ސްޓެލްކޯގެ ހިންގުމުގެ ނިޒާމް މޮނީޓަރކުރުން.

9. ސަރުކާރުން މަސްދޯނިތައް ހަދައި، އެ ދޯނިފަހަރު ބާޒާރަށްނެރެ، ލުއި ލޯނުގެ ގޮތުގައި މަސްވެރިކަންކުރާ ފަރާތްތަކަށް ދޫކުރުމުގެ އިންތިޒާމު ހަމަޖެއްސުން.

10. މަސް ފިނިކޮށް ބެލެހެއްޓުމަށް ސްޓޯރޭޖް ކެޕޭސިޓީ ރަށްތަކުގައި އިތުރުކުރުން، އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުން.

11. މަސް ގަންނަ ކުންފުނިތަކަށް ދިމާވެފައިވާ މައްސަލަތަކަކީ ކޮބައިތޯބަލައި، ކުންފުނިތަކުގެ ގާބިލުކަން އިތުރުކުރުން.

12. ބަންނަން ފަށާފައިވާ، ނަމަވެސް ކޮންމެވެސް ސަބަބަކާހުރެ މަސައްކަތް ހުއްޓިފައިވާ މަސްދޯނިތައް ނިންމުމުގައި ސަރުކާރު އެހީތެރިކަން ދިނުން.

13. އޮޑިދޯނި ފަހަރު ބަނުމަށް ބޭނުންކުރާ ސާމާނުން ނަގާ ޑިއުޓީ ކުރިއަށް އޮތް 3 އަހަރަށް މައާފްކުރުން

14. ދަނޑުވެރިކަމުގެ އުފެއްދުންތައް ސަރުކާރުން ގަންނަން ނިންމިފަދައިން ރަށްރަށުގައި ބާނާ ފަރުމަސް ސަރުކާރުން ގަނެވޭނެ ގޮތެއް ހެދުން.

15. ދަނޑުވެރިކަން ފުޅާކުރުމަށް ބިންތައް ކައުންސިލްތަކުން އަވަހަށް ކަނޑައެޅުމަށް އަންގާ، ޝައުގުވެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން

16. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އެސްޓީއޯގެ ފިހާތަކަށް ދަނޑުވެރިކަމުގެ ބާވަތްތައް ފަސޭހައިން ވިއްކޭނެ އިންތިޒާމު ހަމަޖެއްސުން.

17. ވަރުވާއަށް ދޫކޮށްފައިވާ ރަށްތަކުގައި، ދަނޑުވެރިކާމާއި ކުކުޅު ގެންގުޅުންފަދަ މަސައްކަތްތައް ހިންގުމަށް ބާރުއަޅާ އެހީތެރިވުން.

18. ކޮންމެ 5 އައިލާއަކަށް ބަނބުކެޔޮ ގަހެއްގެ ނިސްބަތުން ބަނބުކެޔޮ ހެއްދުމުގެ ޕްރޮގްރާމެއް ކައުންސިލްތަކުން މިއަހަރުގެ ތެރޭގައި ފުރިހަމަކުރުން.

19. ދެ ލައްކަ ރުއް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރިހަމަކުރުން.

20. ދިރިއުޅުމަށް ގޯތި ދޫކުރުމުގައި "ހޯމް ގާޑްން" ހެއްދުމަށް ގަވައިދުގައި ހިމެނުން.

21. ގަސްކާނާއާއި އޯގޭނިކް ބޭސް ރާއްޖެއަށް ބޭނުންވާ މިންވަރަށް އުފެއްދުމުގެ ޕްރޮގްރާމް ފެށުން.

22. ފަޅުގޮވާން ކުރުމަށް ހިތްވަރުދީ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ތަމްރީނާއި، ވަސީލަތްތައް ފަހިކޮށްދިނުން.

23. ސަރުކާރުގެ އިމާރާތްްތަކުގެ ބަހައްޓާފައިވާ ވާރޭފެން ތާނގީތަކުގެ ހާލަތު ދެނެގަނެ، ފެން ނަގާ ރައްކާކުރެވޭނެ ހާލަތަކަށް އެތަކެތި އަވަހަށް ގެނައުން.

24. ސަރުކާރުން ގައިޑްލައިނެއް ކަނޑައަޅާ، އެއާއެއްގޮތްވާ ގޮތުގެ މަތިން ހިމާޔަތް ކުރެވިފައިވާ ތަންތައް ބެލެހެއްޓުން ކައުންސިލްތަކާ ހަވާލުކުރުން.

25. ކާބޯތަކެއްޗާއި، ފެނާއި ކަރަންޓް އިސްރާފް ނުކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް މީޑިއާ މެދުވެރިކޮށް ކަމާބެހޭ ވުޒާރާތަކުންނާއި ޔުޓިލިޓީ ކުންފުނިތަކުން ހިންގުން.

މި ރިޕޯޓަށް ބަހުސް ކުރެއްވި މެމްބަރުން ވަނީ މިއީ ވަރަށް ބޮޑު ދިރާސާތަކެއް ކުރެވިފައިވާ ރިޕޯޓެއްކަމަށް ފާހަގަކުރެވޭ ކަމަށެވެ. އަދި އެ ރިޕޯޓްގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ބަހުސްކުރެއްވި ގިނަ މެމްބަރުން ތާއީދު ކުރެއްވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސުޕްރީމް ކޯޓްގެ އަމުރުގެ ބާރު ދެމެހެއްޓުމަށްޓަކައި ހެބިއަސް ކޯޕަސްގެ މައްސަލަ ކްރިމިނަލް ކޯޓަށް ބަލައި ނުގަތް

ސުޕްރީމް ކޯޓްގެ އަމުރުގެ ބާރު ދެމެހެއްޓުމަށްޓަކައި ހެބިއަސް ކޯޕަސްގެ މައްސަލަ ކްރިމިނަލް ކޯޓަށް ބަލައި ނުގަތް

03 ފެބުރުއަރީ 2018
އެއްބައިވަންތަަކަމުގެ ސަރުކާރެއް ދެމެހެއްޓުމަށް ގާނޫނު އަސާސީ އިސްލާހު ކުރާނަން: ރައީސް ނަޝީދު

އެއްބައިވަންތަަކަމުގެ ސަރުކާރެއް ދެމެހެއްޓުމަށް ގާނޫނު އަސާސީ އިސްލާހު ކުރާނަން: ރައީސް ނަޝީދު

22 ޖެނުއަރީ 2018
އުމަރު ނަސީރަކީ ޕާޓީ ނިޒާމާ ބީރައްޓެހި ބޭފުޅެއް: މާރިޔާ

އުމަރު ނަސީރަކީ ޕާޓީ ނިޒާމާ ބީރައްޓެހި ބޭފުޅެއް: މާރިޔާ

19 ޑިސެމްބަރު 2017
އަސްތާ ޖަލްސާއަށް ނުވެއްދުމަކީ ޑިމޮކްރަސީއާ ބީރައްޓެހި ފިނޑި އަމަލެއް: ރާއްޖެޓީވީ

އަސްތާ ޖަލްސާއަށް ނުވެއްދުމަކީ ޑިމޮކްރަސީއާ ބީރައްޓެހި ފިނޑި އަމަލެއް: ރާއްޖެޓީވީ

09 ނޮވެމްބަރު 2017
މެޑަމް ފާތުންގެ ދަތުރުފުޅު ކަވަރު ކުރުމަށް ހުރަސް އެޅުމަކީ ދަށުދަރަޖައިގެ، ޑިމޮކްރަސީއާ ބީރައްޓެހި ކަމެއް: ރާއްޖެޓީވީ

މެޑަމް ފާތުންގެ ދަތުރުފުޅު ކަވަރު ކުރުމަށް ހުރަސް އެޅުމަކީ ދަށުދަރަޖައިގެ، ޑިމޮކްރަސީއާ ބީރައްޓެހި ކަމެއް: ރާއްޖެޓީވީ

21 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު