Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަންގެ ކުޅުންތެރިން ޕޮޒިޓިވްވުން

ޖަރުމަންގެ ދެ ޑިވިޝަނުން 10 ކުޅުންތެރިއަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

ޖަރުމަންގެ ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގެ ހުރިހާ ކުޅުންތެރިން ވަނީ ކޮވިޑް-19 އަށް ޓެސްޓު ކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 4 މެއި 2020 | ހޯމަ 19:44
ދާދި ފަހުން ބަޔާން މިއުނިކުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

ދާދި ފަހުން ބަޔާން މިއުނިކުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

ޖަރުމަންގެ ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުން 10 ކުޅުންތެރިއަކު ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެއްޖެ އެވެ.

ޖަރުމަނުގައި ފުޓްބޯޅަ މެޗުތައް މެދުކަނޑާލީ މާޗު މަހު 13 ވަނަ ދުވަހު އެވެ. އެކަމަކު ޖަރުމަން ކްލަބުތަކުން މިހާރު އަންނަނީ ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ.

މި މަހުގެ ނުވަވަނަ ދުވަހު ޖަރުމަން ލީގު އަލުން ފަށަން ޖަރުމަންގެ ފުޓްބޯޅަ ފެޑެރޭޝަނުން މަސައްކަތް ކުރަމުން އައި ނަމަވެސް، ޖަރުމަންގެ ޗާންސެލާ އެންޖެލާ މާކެލް ވަނީ ކުޅިވަރުތައް އަލުން ފަށާނެ ތާރީޚެއް ކަނޑައެޅުން ހޯމަ ދުވަހަށް ފަސްކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ޖަރުމަން ލީގު ދެން ފަށާނީ މި މަހުގެ 16 ނުވަތަ 23 ވަނަ ދުވަހު އެވެ.

ޖަރުމަންގެ ފުޓްބޯޅަ ފެޑެރޭޝަނުން ގަބޫލުކުރާ ގޮތުގައި ހުރިހާ ކްލަބަކުން ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ފަހު އަލުން ފުޓްބޯޅަ ސީޒަން ފަށަން ސަރުކާރުން ދެކޮޅު ނުހަދާނެ އެވެ. އެހެންކަމުން ޖަރުމަންގެ ދެ ޑިވިޝަނުން 1،724 ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓު ކުރިއިރު، 10 ކުޅުންތެރިއަކު ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. މީގެ ކުރިން ކޮލޯންގެ ތިން ކުޅުންތެރިއަކުވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެކަމަކު ޖިސްމާނީ ގައިދުރުކަމުގެ ގަވާއިދުގެ ދަށުން އެ ކްލަބުން އަދިވެސް އަންނަނީ ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ.

ޖަރުމަންގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި ހުރިހާ ކުޅުންތެރިން މިހާރު އައިސޮލޭޝަނަށް ލާފައިވާ ކަމަށެޗެ.

ރިޕޯޓުތައް ބުނާ ގޮތުން ޖަރުމަން ލީގު އަލުން ފަށާނީ ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅޭ ގޮތަށެވެ. ސަބަބަކީ ގިނަ އަދަދެއްގެ މީހުން އެއްވެ އުޅޭ ގޮތަށް ކުރިއަށްގެންދާ ބޮޑެތި ހަރަކާތްތައް އޮގަސްޓް 31 އަށް ޖަރުމަން ސަރުކާރުން މަނާކޮށްފައި އޮތުމުންނެވެ.

ޖަރުމަން ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ޖޫން މަހުގެ 30 ގެ ކުރިން ފުޓްބޯޅަ ސީޒަން ފުރިހަމަކުރަން އަމާޒުހިފާފައެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2020

ފިއޮރެންޓީނާގެ އިތުރު ދެ ކުޅުންތެރިއަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

14 މާރިޗު 2020
ފިއޮރެންޓީނާގެ އިތުރު ދެ ކުޅުންތެރިއަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
13 މާރިޗު 2020

ފިއޮރެންޓީނާގެ ފޯވާޑް ޑޫޝަން ވްލާހޮވިޗް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

13 މާރިޗު 2020
ފިއޮރެންޓީނާގެ ފޯވާޑް ޑޫޝަން ވްލާހޮވިޗް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
13 މާރިޗު 2020

ޗެލްސީގެ ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

13 މާރިޗު 2020
ޗެލްސީގެ ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
12 މާރިޗު 2020

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

12 މާރިޗު 2020
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
12 މާރިޗު 2020

ސަމްޕްޑޯރިއާގެ ފޯވާޑް މަނޯލޯ ގަބިއަޑިނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

12 މާރިޗު 2020
ސަމްޕްޑޯރިއާގެ ފޯވާޑް މަނޯލޯ ގަބިއަޑިނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
11 މާރިޗު 2020

ޔުވެންޓަސްގެ ޑިފެންޑަރު ރުގާނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

11 މާރިޗު 2020
ޔުވެންޓަސްގެ ޑިފެންޑަރު ރުގާނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
03 އޮކްޓޯބަރު 2018

އީގަލްސްގެ ބޭރު ދެކުޅުންތެރިއަކު ދޫކޮށްލައިފި

03 އޮކްޓޯބަރު 2018
އީގަލްސްގެ ބޭރު ދެކުޅުންތެރިއަކު ދޫކޮށްލައިފި
18 ޖޫން 2018

ބުނާގޮތް ނުހަދައިގެން ކްރޮއޭޝިއާގެ ކުޅުންތެރިއަކު ރަށަށް ފޮނުވާލަން ނިންމައިފި

18 ޖޫން 2018
ބުނާގޮތް ނުހަދައިގެން ކްރޮއޭޝިއާގެ ކުޅުންތެރިއަކު ރަށަށް ފޮނުވާލަން ނިންމައިފި
26 ޖުލައި 2017

ސްޕެއިން ކޯޗަކާއި ފުރަތަމަ ޑިވިޝަނުގެ ނުވަ ކުޅުންތެރިއަކު ތިނަދޫއަށް

26 ޖުލައި 2017
ސްޕެއިން ކޯޗަކާއި ފުރަތަމަ ޑިވިޝަނުގެ ނުވަ ކުޅުންތެރިއަކު ތިނަދޫއަށް
21 މާރިޗު 2017

ޕާކިސްތާން ކްރިކެޓް ޓީމުގެ ފަސް ކުޅުންތެރިއަކު ސަސްޕެންޑްކޮށްފި

21 މާރިޗު 2017
ޕާކިސްތާން ކްރިކެޓް ޓީމުގެ ފަސް ކުޅުންތެރިއަކު ސަސްޕެންޑްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު